ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ "އަމާން އުދަރެސް" ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓުތަކުގެ މަސައްކަތް މިހާރު އޮތީ ފިނިޝިން މަރުހަލާގައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން އެޅުނީ ކިތައް ޝީޓް ކަމެއް ސީދާ ދަންނަވަން ދަތި ކަމަށެވެ.

ޕްލޭނިން މިނިސްޓަރު އަސްލަމް މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ނަމަވެސް އެ މަޝްރޫއު ކުރިއަށް ދަނީ ރަނގަޅަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

" ކޮންކްރީޓް މަސައްކަތް ނިމި އޭގެ ތެރެއިން ބައެއް އިމާރާތްތަކުގެ ފިނިޝިން މަސައްކަތް ވެސް އެބަ ކުރިއަށްދޭ،" އަސްލަމް ވިދާޅުވިއެވެ.

ހުޅުމާލޭގައި ކުރިއަށްދާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން މިވަގުތު އެންމެ ބޮޑު ދެ މަޝްރޫއު ހިންގަމުން ދަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ. ކޮންމެ ކުންފުންޏަކުން 2،000 ފްލެޓު އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. މިއީ ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ބެލުމުގެ ދަށުން ހިނގާ ދެ މަޝްރޫއެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓް އަޅަނީ އިންޑިއާގެ އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއެއް ދިވެހި ސަރުކާރަށް ދީގެންނެވެ.

އަމާން އުދަރެސް މަޝްރޫއުގެ ދަށުން ހެދި ފްލެޓަކުން، ނަމޫނާ ކޮޓަރިއެއް.-- ފޮޓޯ: ރައީސް އޮފީސް

މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ.

މި ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.

މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެއެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އޭގެ ތެރެއިން ބައެއް ފްލެޓުތައް ނިންމައި ދިރިއުޅެވޭ ވަރު ކުރުމެވެ. މި ދައުރު ނިމުމުގެ ކުރިން އެ ހުރިހާ ފްލެޓެއްގެ މަސައްކަތް ނުނިމުނަސް، ފްލެޓު ލިބޭ މީހުންނަށް ލިޔުން ދޭނެއެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ހަދާ ހުރިހާ ފްލެޓުތައް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ ފަހުކޮޅާއި 2025 ގެ ފަހުކޮޅެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރައްޔިތުމީހާ

    ދިވެހި ރައްޔިތުންނޭ މި ފްލެޓް ތަކުގެ ހުވަފެން ނުދެކޭ..... ތިޔަ ތަންތަންވަނީ މިހާރު ބަހާ ހުސްކޮށްލާފަ. ތެދެއް ނިކަން ރަނގަޅު ފެންވަރުގަ ތަނަވަސް ތަންތަން ތިޔައީ. އެކަމަކު އަހަރުމެންނަށް/ދެރަނިކަމެތި ދެކޮޅު ނުޖެހޭ މީހާއަށް ތިޔަތަންތަން ނުލިބޭނެ. ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނެތް. ސަރުކާރުގެ ބޮޑެތިންނާއި އަދި އެމީހުންނާއި ގުޅުންހުރި ފަރާތްތަކަށް ތިޔަ ތަންތަން ދީ ނިންމައިފި. އޭގެ ބައެއްމީހުން ތަންތަނަށޤ ފަރުނީޗަރުވެސް ބޭރުން އޯޑަރު އެބަކުރޭ. ރިޔާސީ އިންތިޙާބުގެ ކުރިން ތިޔަތަނަށް މީހުން ވަންނާނެ. ދެން އެމީހުން ވަނުމަށް ފަހު ލާހިކެންނު އެމީހުން ނެރޭކަށެއް ވެސް. އެކަން އިނގޭނެ މިހާރު ދިވެހި ރައްޔިތުންނަށް.

    16
    1
  2. އިބިލީސް

    ކަލޯ ދޮގުހަދަން ވެސް ކެރޭ ގޮލައެއް ދޯ. ފްލެޓްތަކުގެެ މަސައްކަތް ފެންނާނެ ސެކަންޑްފޭސް އަށް އަރާލީމަ. ކޮންކްރީޓް މަސައްކަތް ނިމުނު އެންމެ އިމާރާތެއްވެސް ނެތް. 3 އިމާރަތް ފިޔަވައި ދެން ހުރި އިމާރަތްތަށް ހުރީ 3 ވަރަކަށް ޝީޓް އެޅިފައި.

    15
  3. އަލީ

    ލަދެއްނުގަނޭ ދޯކަލޭކޮތަރުކޮށްޓޭކިޔާގޮވިއިރު މިހާރުތިމަޑުކޮއްގެން ތިއިންރޫމްގަހުރީ 3 ފޫޓްފުޅާމިންގެބެޑެއް 2 ފޫޓް ފުޅާމިނުގެއަލަމާރިއެއް ބާކީހުރީ އޭނަގެސައިޒް
    2 ފޫޓް ތީކާޅުކޮއްޓެއް ކާޅުގުރޫޕުންހެދި ތިތަނުގެ ފޮޓޯތައްނަގާފަވެސްހުރީ ބަލާ މީހުނައްނޭގޭގޮތައް ބައެއް ފެއްނަގޮތައް ބަލާމީހުންގެ ތެރޭގިނަވާނެ ރައްރަޝުގަ ދިރިއުޅޭ ފާޓީތަކުގެމީހުންވެސް މިސަރުކާރުނޭގޭނުފެއްނަބައެއް މާލެއަތޮޅަކުނުއުޅޭނެ މިއީތިންފާޖެހިސަރުކާރެއް ފަހަރި ބުރުމާ ދިގު30

  4. ސޯލޭ

    ޓިޔަ އުދަރެހުގެ ނަމޫނާ ކޮޓަރިއެކޭ އަލަމްގިރި ކޮޓަރިއެކޭ ނެތް ތަފާތެއް އެވަރު ބަލައިގެންތަ ނަމޫނާ ހަދާލާފަ ތިހުރީ ނަމޫނާ ހަދަން ސޯލިހުވަރެއް ނެތް

    13
  5. ގދ.ހަވަރު ތިނަދޫ ބިގަރު ކައުންސިލްގެ ރައީސް ޕްރޮފެސަރު ޑޮކްޓަރު އަލްއުސްތާޒު މޭޔަރު ރޯނުއެދުރު ސައުދު އަލީ

    ގދ.ތިނަދޫގައި މި ބިގަރުކައުންސިލުން އަޅަމުންދާ 2000 ފުލެޓު ނިމުމަކާއި ކައިރުވަމުން ދާވަހަކައާއި ފުލެޓުތަށް ބައްލަވާލެއްވުމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުންނަވާ ފޮޓޯތަކަކާއި ތިނަދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 900 ބަންޑާރަ ގޯތީގެ ފޮޓޯތަކެއް ރައީސް އޮފީހަށް ފުނުވާ އެ ފޮޓޯތަށް އާންމުކޮއްދިނުމަށް މިބިގަރު ކައުންސިލުންވާނީ ރައީސް އޮފީހުގައި އެދިފައެވެ. ސާބަހޭ ރައީސް އޮފީސް ސާބަހޭ އިބޫ ތިނަދޫ ރައްޔިތުން މިތިބީ އިބޫއާއިއެކު

    10
    1
    • ރައީސް އޮފީސް

      ގދ.ހަވަރު ތިނަދޫ ބިގަރު ކައުންސިލްގެ ރައީސް ޕްރޮފެސަރު ޑޮކްޓަރު އަލްއުސްތާޒު މޭޔަރު ރޯނުއެދުރު ސައުދު އަލީ އެދިލެއްވި ގޮތަށް ވީހާވެސް އަވަހަކަށް އެފޮޓޯތަށް ނޫސްތަކުގައި އާންމުކޮއްދެއްވާނެކަމުގައި ދަންނަވަމެވެ. ޢެކަމަކު ރައީސް އޮފީސް މީހުންނަށްވެސް އެގޭ ބޭފުޅާ ރޯނުއެދުރު ސައުދު އަލީ ކިތެންމެ ވަރަކަށް ސޯލިހުއަށް ސަނާކިޔަސް ބޭފުޅާ ބުނާގޮތް ހަދާނެބަކަޔަކު ހަވަރު ތިނަދޫގައި ނެތްކަން. ރައީސް އޮފީސް މީބުންނަށް ވެސް އެގޭ ތިއީ ޖާނުން ބޮޑަސް ސިކުނޑީގައި އެއްވެސް ތެތްކަމެއް ނެތް ބޯހަރު ރޯނުއެދުރެއްކަން ޝުކުރިއްޔާ ޖާނުން ބޮޑު ކުޑަ ސިކުނޑީގެ ވެރިޔާ ނުވިމޭޔަރު ސައުދު އަލީ

      10
  6. ހަނޫމާން

    ނިމެނީ ނިމެނީ އަންނަނީ އަންނަނީ ނިމެނީ ނިމެނީ އަންނަނީ އަންނަނީ ނިމެނީ ނިމެނީ އަންނަނީ އަންނަނީ

    10
  7. ބޮޑުވަރު

    މި ހީވަނީ މީނަގެ ތަރިކަ މުދާ ހެން. ބޭނުން އަގެއްގަ ބެނުން ބަޔަކަށް ދޭން. ޔާމީން އެޅި ތަން ތަނުގެ އަގު ޖަވާހިރަށްވުރެ ބޮޑު ކޮށްފައި.މިމީހުން އަޅާ ތަންތަން ނުއަގުގައި ރައްޓެހިންނަށް ބެހީމާ އެވީތަ. މިވެރިންގެ ނިމުން އިރާދަ ކުރެއްވިއްޔާ ހިތިވާނެ.

  8. ސިނިޔާ

    ކާރީގަ ހުރި ބެޑުގަ އޮތަސް މިފަހަރަކު ވޯޓެނުދޭނަން

  9. ޑައެލޯގް

    ކަލޭމެން ތިޔަފްލެތްދިނަސް ވޯތެއްނުދޭނަމެވެ. ސަބަބަކީ ތިޔަފްލެޓްގެ ބޮޑުބައި ކޮށްފައިވަނީ ޔާމީނެވެ. ތިޔަބިން ހިއްކައި މަގުތައްހަދައި ފެނާކަރަންޓާއި އަދި ތިޔަޢިމާރާތްތަށްވެސް ފަށާފައިވަނީ ޔާމީނެވެ.

  10. އހ

    ޝީޓްތައް އަޅާ ނުނިމެނީސް ފިނިޝިން ނިމެނީ ދުނިޔޭގެ ވޯލްޑް ރެކޯޑަށް އަރާނެ ހަމަ ޔަގީނުން މިސަރުކާރުގެ ތިޕްރޮޖެކްޓް

  11. ސޮމަދު

    ނަނާ ހުފެން ދުށީމޭ.ޔާންޓެ އެޅި ވިނަރެސް ފުލެޓްތަށްވެސް ކާލާފަ ބޮޑު އަގުގަ ހަދާނި ގޮތެއް ނެތިގެން ތިއުޅެނި.ދެ ފަހަރު ދޭއެއްޗެކިޔަނި އެއްފަހަރު ލިސްޓް ނެރެނީ ނެރެނީ.މިހާރު އެންމެ އަތުން ބުކިން ފީ ނަގާފަ.ފުލެޓް ނުލިބޭ މީހުންނަށް އެޑްމިނެސްޓޭސަން ފީ ކަޑާ ދޭނިޔެ ކިޔަނި.ނިކަމެތި ރައްޔިތު މީހާއަތުން 1ރުފިޔާ ވެސް ލިބެން އޮތިއްޔާވާނެ ކާލަން.ވަޓް އިޒް ދިސް؟

  12. އަހްމަދު

    ތިގޮތައް ފިނިސިން މަސައްކަތް ކުރަމުންދާ ސިފައިންނާ ޕޮލިހުންގެ ފްލެޓްތައް ފިނިސިން މަސައްކަތްކުރާތާ ކިތައްއަހަރުތޯ މިހާރު ކޮރަޕްޓްބަޔަކުއައިސް އެތަނުގަވެސް އެމީހުންނައް ބޭނުންވާ ޕެންޓްހައުސްހަދާ އެތަނައްނުވަދެވިގެން ތެޅިފޮޅެނީ ސަރުކާރުބަދަލުވެދާނެތީ ސަރުކާރުބަދަލުވެއްޖިއްޔާ ކިހިނެއްވާނެބާ؟

  13. ޖ

    މިތާކު ނެތޭ މިސަރުކާރުން އެޅި ފުލަޓެއް މިސަރުކާރުން ކޮންއިރަކުތަ ފުލެޓު އެޅީ

  14. ގިރި

    ފުރަތަމަ ފޮޓޯގަ ހާދަ އަލަމް ގިރި ރޫމް އާ ވައްތަރޭ!