ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 07 ވަނަ ދުވަހު ވެއްޓުނު ފަހުން ފުރަތަމަ ފަހަރަށް އެދުވަހާއި ހަމައަށް ނައިބު ރައީސް ކަމުގައި ހުންނެވި ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާ ބައްދަލު ވެއްޖެއެވެ.

ރައީސް ނަޝީދާއި ރައީސް ޑރ.ވަހީދު ބައްދަލުވީ ރާއްޖެއަށް ސައުދީން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީ އިއްޔެ ދެއްވި ރޯދަ ވީއްލުމަކުންނެވެ. ރޯދަ ވިއްލުމުގައި ނަޝީދާ، ވަހީދު އިންނެވީ ކައިކައިރީގައެވެ. ނަމަވެސް ދެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކާއި ވާހަކަ ދެއްކެވި ކަމެއް ކަށަވަރެއް ނުވެއެވެ.

ރައީސް ނަޝީދާ، ރައީސް ވަހީދު ރޯދަ ވިއްލުމުގައި ބައިވެރިވި ފޮޓޯ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އާއްމު ކުރުމުން ވަރަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އެފޮޓޯ ދައުރު ކުރަމުންނެވެ. ފޮޓޯއަށް ކޮމެންޓް ކުރި ގިނަ މީހުން ބުނާ ގޮތުގައި ދެބޭފުޅުންގެ މޫނުން ފެންނަ މަންޒަރަށް ބަލާއިރު ދެބޭފުޅުންގެ މެދުގައި މިހާރު ސިޔާސީ ދެކޮޅުވެރިކަމެއް ނެތްކަން ސާބިތުވެއެވެ. ނަމަވެސް އަނެއްބަޔަކު ބުނާ ގޮތުގައި ސިޔާސީ މީހުންނަކީ މިއީއެވެ. ހިތުގައި ކޮންމެ އެއްޗެއް އޮތްނަމަވެސް ބޭރުފުށުން ފެންނާނީ އެހެން މަންޒަރެކެވެ.

ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވަން މަޖުބޫރުވީ ބަޣާވާތަކުން ކަމަށާއި އެބަޣާވާތުގައި އެންމެ އިސްކޮށް ހުންނެވީ އެމަނިކުފާނުގެ ނައިބު ރައީސް، ރައީސް ވަހީދު ކަމަށް ރައީސް ނަޝީދު އެތައް ފަހަރަކު ވިދާޅުވެފައި ވެއެވެ.

ބަޣާވާތުގެ ބޮޑެތި ތުހުމަތުތަކާއި، އަދި ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ރައީސް ވަހީދުގެ ސަރުކާރަށް އެތައް ޕްރެޝަރެއް ކުރުމަށްފަހު ދެބޭފުޅުން ފުރަތަމަ ވަޑައިގެންނެވި ރަސްމިއްޔާތަކީ 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ބަހުސް އެވެ. އެބަހުސް ނިންމާލުމަށްފަހު ކެންޑިޑޭޓުން ސަލާމް ކުރަން މަޑުކުރި ނަމަވެސް ރައީސް ނަޝީދު ވަނީ އޭރު ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އާއި ސަލާމް ކުރުމަށްފަހު އެހެން ކެންޑިޑޭޓަކާއި ސަލާމް ނުކުރައްވައި ވަޑައިގެންފައެވެ.

އޭގެފަހުން ރައީސް ނަޝީދާ، ރައީސް ވަހީދު އެއްހަފްލާއެއްގައި ބައްދަލުވެފައެއް ނުވެއެވެ. ނަމަވެސް ރައީސް ވަހީދު ވަރަށް ގިނައިން ސަރުކާރުގެ ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވެއެވެ. މިދިޔަ އަހަރު އޮތް ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ވެސް ރައީސް ވަހީދު ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ދިވެހި ބަދަވިން

    ކޮބާ އިބޫ ހުވާކުރިތާވެސް ތި ދޭތި ތިވައްތަރަށް ތެޅުުނު. އަހަރެމެން ރައްޔިތުން ގުނބޯ ހައްދައިގެން ބަޢާވާތޭކިޔާ މަގުތަކުގަ ގަންހިންގީ...

    33
    1
    • Anonymous

      ސިޔާސީ އަކީ މީ ބޮޑު ގޭމެއް!

      12
  2. އިބްރާ

    ޝައިތާނާ އޭނާގެ ސައިޒަށް ކުޑަވީއެވެ. ރ ވަޙީދުގެ ޢިލްމާއި ޙިކުމަތާއި ދިވެހި ވަންތަކަން ދެމެހެއްޓުމަށް އޮތް ޢަޒުމަށްޓަކައި އުފާކުރަން. ބޮޑާކަމުގެ ކަންފުޅެއްވެސް ނެތެއްނޫންތޯއެވެ؟

    18
    1
  3. ހިނގާދަމާ

    ގާސިމް އަންނި ގާސިމް އަންނި ހިނގާ މަމެންނާއި އެކު ދާން މަމެން ދޫދޭނީ މިހާރު މިއޮތް ބަނޑު އަކިރި ސަރުކާރު ނަގާ އެއްލާލާފައޭ މަމެން މިކަމުގައި ވަރުބަލި ނުވާނަމޭ ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިމާޔަތާއި ނަސްރާއި ކަލާންގެ ދެއްވާންދޭންވެ ހިނގާ ބަހީ އާދޭ އެކީގައި ގާސިމް އަންނި ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ....

    3
    9
  4. ޙޮބޭ

    ނަޝީދުގެ އަގެއްނެތް! އެއީ ސޮހަލެއް! ރައްޔިތުން މިހާރު ނަޝީދަކަށް އިތުބާރެއް ނުކުރޭ! އޭނާ ކޮށްފާނެ ކޮންމެފަދަކްމެއް ވެސް. އެހުންނެވީ ވެރިކަމުގެ އަވައިގައިޖެހި މުޅިން ބުއްދި ގޯސްވެފައި. އިބޫގެ ހަރުދަނާކަން ރައްޔިތުން ބަލައިގެންފި. ވެރިޔަކަށް އިސްވަންވާނީ ހަރުދަނާ ޞަފުޞިއްޔަތުން. ނަޝީދުގެ އެއްވެސް ހަރުދަނާކަމެއްނެތް އެއީސޮހަލެއް. ޢޭނާގެ ފަހަތުން އުޅެނީ ދެތިން ،،ކުރަނގި،،

    11
    8
  5. Anonymous

    ސިޔާސީ މީހުންނަކީ ދައުލަތުގެ މާއްލިއްޔަތު ލޫޓުވާ އެމީހުންގެ ޖީބަަށްލާ ސިޔާސީ ވަފާތެރި ކެހިވެރިން !

    17
    2
  6. ވިސްނާތި

    ޕީޕީއެމް ވެސް އަރަންވީ ގާސިމް އިބްރާހިމް ފަހަތަށް ދެން ޔާމީން ސަލާމަތެއް ނުވާނެއޭ ސަލާމަތްވި ނަމަވެސް ދެން ކެމްޕެއިން ކުރަން ވަގުތެއް ވެސް ނެތޭ ހަގީގަތުގައި މިހާރު ޔާމީން ތަހައްމަލް ކުރަމުން ދާ ޖަލު ހުކުމް ތަކަކީ އެއީ ޕީޕީއެމް އާންމު މެމްބަރުންގެ ބަހާއި ދެކޮޅަށް ބޮޑު ވަގަކަށް ނައިބްރައީސް ކަން ދޭން ޔާމީން އަމިއްލަ އަށް އުޅުމާއި ރަށުތެރޭގައި އުޅުނު ބަނޑުއަކިރިއަކަށް މަޖްލީހުގެ ރައީސް ކަން ދިނުމާއި ގުޅިގެންނޭ ޑރ. ޖަމީލު ނުޖެހޭ ނަގާ އެއްލާލާން ނުޖެހޭނެއޭ އެއީ ގަބޫލުުކުރެވޭނެ ކަމެއް ނޫނޭ ގާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން ބޮޑު ވަގަކު ނައިބް ރައީސަކަށް ޔާމީން ލުމުން އޭގެ ހިތި އަސަރު މިއަދު އެކުރަނީ ޔާމީނަށް އެކަން ދަންނަން ޖެހޭނެއޭ ޕީޕީއެމް އިން އިސްލާމް ދީނުގެ އުސޫލު ތައް ގަބޫލު ނުކޮށް މުޝްރިކުންގެ ގޮތް ތައް ކުރިއަށް ނެރެގެން މުސްލިމް ގައުމެއްގައި ގަދަ ބާރުން ވެރިކަން ކުރެވޭނެ ކަމަށް ހީކުރުމުން އޭގެ ހިތި އަސަރު މިކުރަނީ އަދި ވެސް މިއަސަރު ކުރާނީ ބޮޑޭ މިއަސަރު ދެމިގެންދާނެ ކުރިއަށް އޮތް ދިހަ އަހަރަށް ޕީޕީއެމް އިން ރައީސް ޔާމީން ސަލާމަތް ކޮށްގެން ރިޔާސީ ކެންޑިޑޭޓަކަށް ހަދަން އުޅެގެން އެކަން ވާނީ މުތުލަގަށް ނާކާމިޔާބޭ މިކަން ކަން ކާމިޔާބު ކުރެވޭނީ ސުލްހަ އިސްކޮށްގެން ގާސިމް އާއި ޕީޕީއެމް ގުޅިގެން މިފަހަރު އެއްވެސް ޝަރުތެއް ނެތި ގާސިމް އަށް ޕީޕީއެމް އިން ތާއީދު ކޮށްގެންނޭ އެނޫން އެއްވެސް ގޮތެއް މީގައި ނޯންނާނެއޭ...

    3
    7
  7. ާއަޖއިބު

    އަސްލުކާޅަކީ ނަޝީދު.

    24
    4
    • Anonymous

      ލާދީނީމީހާއަކީ ލާދީނީ ބޮޑު ކާޅު

  8. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ދުނިޔޭ ގެ ކަންތައްތައް ދާނީ، "ތޮށަލި ދުޅަ ޔަށޭ" ބުނާ އަޑު އިވެއެވެ. "އެއް ވަތު މަތިން އަނެއް ވަތު ދަށުން" ނެވެ. ދިރިއުޅުމު ގެ ކަންކަމަކީ ފާޑެއްގެ ކަމެކެވެ.

  9. Anonymous

    މިސިޔާސީ މީހުންނަކީ މުޅިން އެއްބަޔެއް ދެ ޓީމް ކުޅެނީ ދަޑުގައި ތިއްބަސް ދަޑުބޭރުގައި ތިއްބަސް މީ މުޅިން އެއްބަޔެއް މިމީހުންގެ ޓާގެޓަކީ ދައުލަތުގެ މާލިއްޔަތު މިމީހުންގެ ޖީބަށް ވެއްދުން މީ ވަފާތެރި ކެހިވެރިން !

    9
    1
  10. ބާގީ

    މީ އަސްލު ސިފަ އަކީ. ޑްރާމާ ކުޅެނީ ރައްޔިތުންނަށް ދައްކަން.

  11. ޙާދިސާބޭބެ

    މިރޯދަމަހު މައާފުކުރުމަކީ ވަރަށް ރަންގަޅުކަމެއް!

    3
    1
  12. މޮޔަމީހާ

    ސިޔާސީ މީހުން ރުޅި އަޢިމަ ކިޔާނެ ކާޅު، . ސިޔާސީމީހުންގެ އަމި އްލަ އެދުން ފު އްދަން ޖެހޭހާ ގުޢިވަޅު ގެ މަތި ނަގާނެ، ތީ އާކަމެ އްނޫން،

  13. ހެހެހ

    މިވަގުތު ތި ކެނެރީގެ މީހާ ކުރާނެ ހުރިހާކަމެއް ، ވެރިކަން ހޯދާހިތުން ހުކުރެއްވެސް ކޮށްދީފާނެ ، އެކަމަކު ދިވެހިން ވިސްނާތި ، މި ނަޝީދުބުނެގެން 2018 ގަ މުޅިޤައުމު ރައްޔިތުން މީނައާއި މީނަގެ މީހުނަށް ދިން ، އަދި ބޮޑު މަޖިލިސްއެއްވެސްދިން ، އެކަމަކު ވީކަމެއް ޚަރާން ، މިއަދު ނުކުމެ ސަރުކާރުކުއްވެރިކުރީމަ މީނަ ޒިންމާވާން ނުޖެހެޔޭ މިކިޔަނީ ،

  14. އަސްއަދު

    މުނާފިގުންގެ ސިފަ މިހާރު ތިވީ ސިޔާސީ މީހުންގެ ސިފައަށް. ތި މީހުނަސް ކިޔާން އެންމެ ރަގަޅި ހަމަ މުނާާފިގުން. ދެން މުނާފިގުންނަށް ރޯދަ ވީއްލުން ދީގެން ލިބޭނެ ފައިދާއެއް ނޯންނާނެ. ތިހިރަ އަންނި ތީ ފިރިހެން ކުޅިއަސް ތާއީދު ކުރި މީހެއް.

  15. ތުއްތުނާ

    ތިޔަހެންތިއްބާފެނުނީމާ ވަރަށްއުފާވެއްޖެ. މާނަކީ ނަޝީދަށް ތާއީދުކުރަނީއެއްނޫން. ވަހީދުއަށް ކާޅަށް ކުކުޅަށްގޮވިމީހާކަމުންނާއި މައުމޫނަށް ހެއްދެވި ނުހެއްދެވިއެއްޗެއްސަށް ގޮވިމީހާކަމުން ވަރަށްފޫހި..

  16. Anonymous

    މިރާއްޖޭގެ އެންމެ ބޮޑު ހަށިވިއްކާ ބަޑިއަކީ އަންނި. މިފަހަރު ޕާޓީން ބޭރުކޮށްލީމަ ބާޣީންނޭ ކިޔާ ހުރިހާ މީހުން ޣާޒީންނަށްވެ ހަށިވިއްކަންދިޔަ. ނަމަވެސް އެތިކޮޅު ކުޑަކަމުން އެމީހުންވެސް މީނާ ބަލައިނުގަތް. ވެރިކަމާހެދި އަމިއްލަ އާޢިލާއަށްވެސް ހަށިވިއްކަފާނެ.

  17. ޓިނު އަދުރޭ

    މި މީހުންނަކަށް ނޫން ގެއްލުންވީ .ދެމީހުންނަށްވެސް މި މީހުން ކުޅުނު ގޭމްގައި ފައިދާވި . ހުރިހާ ގެއްލުމެއްވީ ރައްޔިތުންނަށް . ވަޙީދު ވެރިކަމުގައިވެސް އަދީބު ރައްތައް ވިއްކީ ނާޒިމް ދެން ހުރި އެއްޗިހި ވިއްކީ . ނަޝީދުވެރިކަމުގައިވެސް އެއާޕޯޓްއާ ނާދީ ހުރި ބިމާ އޯޑިއޯންގެ ބިން އިންޑިޔާ އަށް ވިއްކާ ރައްޓެހިންނަށާއި ޕާޓީ މީހުންނަށް ރިސޯޓް ހަދަން ރައްތައް ދިނީ . މިމީހުންގެ މައިންބަފައިންގެ ތަނެއް ނޫން އެހެންވީމަ މި ދެމީހުން އެކަކު އަނެކަކަށް ރުޅިއަންނަން ޖެހޭ ސަބަބެއް ނެތް

  18. ދިވެހިދަރި

    ކުރިން ބާގީއަކަށްވެފަމިހާރުބާގީއަކަށްނުވަނީތޯ ގާނޫނުގައިވާފަދައިން ވެރިކަމުގަހުންނަފަރާތެއް
    އިސްތިއުފާދެއްވައިފިނަމަ އިސްތުއުފާދެއްވިބޭފުޅާގެ ނައިބަކަށްހުންނަވާފަރާތަކުން ވެރިކަމާހަވާލުވެލައްވާ ވެރިކަންކުރައްވަންޖެހޭހައިސިއްޔަތުން ވެރިކަންކުރައްވަންފެއްޓެވުމުން
    ބަގީއެއްކަމަށްހަދާ އެބޭފުޅާގެއަގުވައްޓާލުމަށް ކުރެއްވިކަންތަށް އިހުސާސްކުރެވޭނަމަ ލަދުހަޔާތް
    ހުންނަމަ ވަހީދާއެއްމޭޒަކަށްނޫން އެއްދިމާއަށްމޫނު އަނބުރަންވެސް ލަދުގަތީސް