ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ކޮރަޕްޝަނަށް ވުރެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހިންގި ކޮރަޕްޝަން ދެގުނަވެއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާން (ގިޓާ) ވިދާޅުވެއްޖެއެވެ.

ޝިޔާން އަކީ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރެކެވެ. ނަމަވެސް އޭނާ ތާއިދު ކުރައްވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ.

ޝިޔާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ދެގުނަ ވައްކަން ހިންގައިފި ކަމަށެވެ. "ރަނގަޅަށް ވަކިވަކިން ދިމަދިމާ ބަލާލީމަ ފެންނަން މިއޮތީ ރައީސް ޔާމީންގެ ވެރިކަމަށްވުރެ މިވެރިކަމުގައި ހިންގި ކޮރަޕްޝަން ދެގުނަ ވެއްޖެކަން. އެސްއޯއީތަކުން ދެގުނަ ވައްކަން ހިންގައިފިކަން." ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތައް ގެއްލުނު ފައިސާ އިން އެންމެ ލޯލާރިއެއް ވެސް އަނބުރާ ނުހޯދި ރައީސް ސޯލިހް ފެއިލްވެފައިވާތަން އެބަފެންނަ ކަމަށެވެ.

ނަޝީދަށް ތާއިދު ކުރާ މަޖިލިސް މެންބަރުން އަންނަނީ ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅިވަމުންނެވެ. ކުރީ ސަރުކާރުގައި ދައުލަތައް ގެއްލުނު ފައިސާ އިން އެންމެ ލޯލާރިއެއް ވެސް ނުހޯދުނު ކަމަށް ޝިޔާން ވިދާޅުވިއިރު ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ދުވަހު އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަން ވެސް ވަނީ ހަތަރު ވަރަކަށް އަހަރު ފަހުން އެއްވެސް ނަތީޖާއެއް ނުނެރެވިގެން އުވާލާފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުވާލީ އެކޮމިޝަނުން ތަހްގީގު ކުރި މައްސަލަތަކުގެ ނުނިމި އޮތް ތަހްގީގުތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް އެތަހްގީގުތައް އޭސީސީ އިން ވެސް އެދެވޭ ގޮތެއްގައި ކުރިއަށް ނުގެންދާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑައެލޯގް

    އިބޫވަނީ އެމްއެމްޕީއާރުސީ، ޑީއާރުޕީ، އެމްޑީއެން، އަދާލަތުގައި ވަގެއްހުރިއްޔާ ގެނެސްފައެވެ. އަދި ޓެކުހަށްރެކޭމީހުނާއި( ރީކޯމޫސަ) ބޮޑެތި މުޖުރިމުން ( އަދީބު) ދީނަށްފުރައްސާރަކުރާމީހުން
    ( އެމްޑީއެން، އުތެމަ)އަށް ހިމާޔަތްދީފައެވެ. އެވަރުގެ މީހެއް މިބުނަނީ ޒީރޯޓޮލަރެންސެވެ. އެއްވެސް ތައުލީމެއް ނެތްތާގައި ސަރުކާރުގެ ހިނގުމުގެ ތަޖުރިބާއެއްވެސްނެތް ޅޮސްގަހެއް ރައީސްއޮފީހަށްލައިގެންވާނެއެތިމިވަނީއެވެ.

    8
    2
  2. ޗަކަ މަރީނާ

    ކޮބާ ސީލެވިއްޖެ އަދި ކަލޭމެއްގެ އަގައިން ތިޔަންވުރެވެސް ހުތުރު ވާހަކަ ނިކުންނާނެ ދެއް ލަލަލަލަ

    6
    1
  3. ފަކުރުނިމުން

    ހ. ދޫވެހި އެކަނި ވެސް އެހަދަނީ ދޮގެއްކަމަށް ފުދޭ.