ކޮރަޕްޝަންގެ މައްސަލަތައް ނުވަތަ ތުހުމަތުތައް ބަލަން އައު ޔުނިޓެއް ހަދަނީކަމަށް ބުނެ ބައެއް މީޑިޔާތަކުން ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމުގައި އޭސީސީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ޕީއެންސީގެ ފަރާތުން އެ ކޮމިޝަނުގެ މެންބަރުންނާއި އިއްޔެ ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގެ ތެރެއިން "ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ފާހަގަކުރާ ކޮރަޕްޝަންގެ މައްސަލަތައް ނުވަތަ ތުހުމަތުތައް ބަލަން ޔުނިޓެއް ހަދަނީކަމަށް" ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށް އޭސީސީން މިއަދު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްގެ ފަރާތުން އޭސީސީގެ މެންބަރުންނާއި ބައްދަލުކުރެއްވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާތީ އެކަންތައްތައް ބަލައިދިނުމަށް އެދިކަމަށް އެކޮމިޝަނުން ބުނެއެވެ.

މި ބައްދަލުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ ކަންކަން މެނޭޖްކުރާ މުވައްޒަފުން ކުރިއްސުރެ މެއިންސްޓްރީމް މީޑިއާތަކާއި، ސޯޝަލް މީޑިއާގައި ހުންނަ ކޮރަޕްޝަނާއި ގުޅޭ މައްސަލަތަކާއި، ކުރެވޭ ތުހުމަތުތައް ދަނީ ބަލައި މޮނިޓަރކޮށް، ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުގެ މަސްޢޫލިއްޔަތު އަދާކުރަމުންނެވެ. އަދި ކޮމިޝަނުގެ މުވައްޒަފުންވެސް ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ގެންނައިރު، އިންތިޚާބުތަކާއި ދިމާކޮށް ފުޅާދާއިރާއެއްގައި މިދެންނެވި މަސައްކަތް ކުރެވޭ ކަމަށް އެކޮމިޝަނުން ބުނެއެވެ.

މީގެއިތުރުން އެކި މަންސަތަކުގައި އެކިފަރާތްތަކާމެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށްވެސް މައްސަލަތައް ބަލަމުންގެންދާ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެފަދަ ކަންކަން ބެލުމަށް އައު ޔުނިޓެއް ހަދަން އޭސީސީން މަސައްކަތްކުރަނީ ނޫންކަމުގައި އޭސީސީން ވަނީ ބުނެފައެވެ.

ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުން އިއްޔެ އޭސީސީ އާއި ބައްދަލުކޮށް، ކޮރަޕްޝަންގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހްގީގު ކުރަމުން ނުދާކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮވިޑް

    ކޮންޔުނިޓެއް؟ އެއްކަމެއް ކުރާކަށް ވެސް ނުކެރޭނެ . ކަމެއް ކުރަން ތިޔަ ކޮމިޝަން އިން ނުކުނާއިރަށް މިސަރުކާރުގެ ވެރިން ނޫން ބަޔަކު ތި މަޅީގަ ނުޖެހޭނެ. ދެން ކޮމެޓީ ކީއްކުރަން މަގުމައްޗަށް ނުކުންނަންވެސް ލަދުން ތި ތިބެނީ ރައްޔަތުން ގެ ފައިސާ ކައިގެން.

  2. މައިސާމއސ

    ހަދާފަ ހުރި ޔުނިޓުތައް މަސައްކަތް ނުކރާތީ މަސައްކަތް ކުރޭތޯ ބަލަން އިތުރު ޔުނިތެއް ހެދުމުގެ ބޭނުމެއް ނެތް ބަންގާޅީން ވަގަށް ވަދެ މަރުވީމަ އިމިގްރޭޝަނަށް ޙަވާލުކރަން އެބަ ފޮނުވާ ގާނޫނު ތަބްދީގު ކޮށްފަ ތަންފީޒެއް ނުކުރެވޭ ތަންފީޒު ކުރުމުގަ އެންމެ ބޭމިސާލު އެއްތަނަކީ އިކޮނޮމިކް މިނިސްތަރީއެވެ.

  3. އާދަނާ

    ނުވެސްހަދާނޭ، ތިތާވެސް ތިބީހުސް ކޮރޮޕްޓުވެފަވާމީހުންވިއްޔަ، ސޯސަލްމީޑިޔާގަ ގޮނައިން ދެކެވެނީ ހަގީގަތުގަ ސަރުކާރުން ކުރަމުންދާ ކަރޮޕްޝަނުގެވާހަކަވިއްޔަ، އެފަދަކަންކަން ބެލޭނީވެސް އެފަދަކަންކަމުން އެއްކިބާވެފަވާބަޔަކަށްދޯ!

  4. ހުސޭނުބޭ

    އެންމެ ފުރަތަމަ ބަލަންވީ އޭސީސީގެ ކަރަޕްޝަން.

  5. އަޙުމަދު

    ކަރަޕްޝަން އޮފީހުގައި މަސައްކަތް ކުރާ ފަރާތްތަކުން ވަކި ބަޔަކަށް ޓާގެޓްކޮށްގެން މައްސަލަ ބަލާކަމަށް ވާނަމަ އެއީ ކަރަޕްޝަން ގެ ޢަމަލަކަށް ނުވާނެތޯ؟ ޔުނިޓުތަށް ހަދާ ފަހުމް ނާމާތަކުގައި ސޮއިކޮށް ޚަބަރު ހެދިޔަސް ކުރާ މަސައްކަތުގެ ނަތީޖާ ނުފެންނަ ކަމަށް ވާނަމަ ދައުލަތުގެ ފައިސާ ބޭކާރު ވަނީ ނޫންތޯއެވެ. ފައިތިލައަށް ވުރެ ބޮޑު ބޫޓަކަށް އަރައިގަނެ ހިގަން ަ އުޅުމާއި ފައިތިލައަށް ވުރެ ކުޑަ ބޫޓަކަށް އަރައިގަން ހިގަން އުޅުމަކީ ތަފާތު ދެ ތަޖުރިބާ އެއް.

  6. އއ

    އުވާލަންޖެހޭ ތަނެއް.!!!!އެއްވެސް ކަމެއްނުކޮއް މުސާރަކާބައެއް. !!! ވަރައްމަދުކަމެއް ކުޑަކޮއްވެސް ބަލާނީ. 8 މަސް 10 މަސް ކޮއްފަ ތިމައްސަލަ ލިބިއްޖެ ކަމުގަ ބުނޭ. މީ އަމިއްލަ ތަޖުރިބާ!!!!

  7. އއ

    2008 ގެތރޭގަ އުފެދުނު އެންޓިކޮރެޕްޝަން ކޮމިޝަން އަކީ ދިވެހިރާއްޖޭގަ ހެދިބޮޑުވަމުން އައިސް އައިސް ހުރި ކޮރަޕްޝަންގެ ގަސްތަކައް އިތުރައް ގަސްކާނާ އަޅާ ކޮއްމެދުވަހަކު ފެންދީ އެގަސްތައް ހެއްދިބައެއް..!!! މިހާރު 15 އަހަރު ވަންދެން ކަރެޕްޝަން ދިރުވި މީހުންނައް ޝަރަފުވެރިކަމުގެ އިނާމު ހައްގުވާނެ. މިހާރުމިވަނީ މިމީހުންގެ ހީވާގި މަސައްކަތުނގެ ނަތީޖާ މުޅި ދިވެހިރާއްޖެ އައް ފަތުރާފަ. !!! މިލަދުކުޑަ ހުތުރު މީހުން މަގުމަތިން ނުފެންނަނަމަ ލޮލައް ފަސޭހަވާނެ.!!!

  8. އއ

    ވަގުންނާ ޕޮލިހުންނާ އެއީ ރައްޓެހިން !!!!!!. ކޮރެޕްޓްމީހުންނާ އެންޓިކޮރަޕްޝަނާ މީ އެކައްޗެއް.!!!!!! އޭސީސީގަ އެތިބީ ދިވެހިރާއްޖޭގަ މިވަގުތުތިބި އެއްމެ ކޮރެޕްޓް އެއްމެ ލަދުކުޑަމީހުން.!!!!! މިދެބައިވެސް ގޯސްވަނީ ވެރިންނަކީ ކޮރަޕްޓް ވަގުން ކަމުގަވާތީ.!!!