ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އެރަށު ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނަކީ އިއްޔެ މީހަކު އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރާ އުމުރުން 41 އަހަރު ގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ހައްޔަރުކުރި އެ މީހާ އަތުން ފެނިފައިވެއެވެ.

މި މައްސަލަ މިހާރު އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.

ފަހަކަށް އައިސް ބޮޑެތި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް އެފަދަ އޮޕަރޭޝަންތަކުގައި ހައްޔަރު ކުރާ މީހުންގެ މައްޗަށް ކުށް ސާބިތުނުވެ މިނިވަންވާތީ އާއްމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންބެ

    މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ރ.އިނގުރައިދޫ ސަނީސައިޑް މުޞްޠަފާ ޢަލިމަނިކު ޑްރަގު ވިޔަފާރި ކުރާ ކަމުގެ އަޑުތައް ފެތުރިފައިވާތާ މިހާރު ކިތަންމެ އަހަރެއް ވެއްޖެ. މީގެ އެތައް އަހަރެއް ކުރިން އިނގުރައިދޫ ރައޫފުބެ ދޯނިން މުޞްޠަފާ ގެނައި ކުޑަ ފޮށިގަނޑެއްގައި ވެސް އޮތީ މާލޭ މަގު ހެދުމަށް އެދުވަސްވަރު ބޭނުންކުރި އެޅިގަލަކާ ޑްރަގު ކޮތަޅެއް. އެމައްސަލަ ވެސް ތަޅުވަތަޅުވާފައި ދޫކޮށްލީ. މުޞްޠަފާ ގެ ޢާންމު ދިރިއުޅުމުގައި ކޮންމެ ރެޔަކު ކަހަލަ ގޮތަކަށް ރަށުގެ އެކި މީސްމީހުން ގާތަށް ނަގުދު ފައިސާ ދީގެން، ޓްރާންސްފަރ ހެދުމަށް ދާކަމަށްވޭ! ސުވާލަކީ ކޮންތާކުން އެވަރަށް ހޯދާ ފައިސާއެއް ތޯ؟ އަދި މީގެ އެކަކު އިނގުރައިދޫ ޞިއްޙީ މަރުކަޒުގެ އިރުމަތިން ހުންނަ ގެއެއް ގައި އެބައުޅޭ. އޭނާ އަކީ ވެސް މިތުހުމަތުތައް ކުރެވޭ ( ކުރިން އިނދެ ވަރިކޮށްފައިވާ 2 އަންހެނުން އަތުން ފައިސާ ހޯދައިގެން) އުޅޭ މީހެއް. އެ 2 އަންހެނުންގެ މައިގަނޑު މަސައްކަތަކީ އެކި މީހުންނަށް ސަލާމް ޖަހައިގެން މި ފިރިހެނާ އަށް ދޭނެ ލާރި ހޯދުން. މުޞްޠަފާމެން ކަހަލަ މީހުން މުޖުތަމަޢުއަށް ދޫކޮށްލާފައި ބައިތިއްބައިގެން އެތަނެއް ރަނގަޅުވާނެ ބާ!