މިއަހަރުގެ ސެޕްޓެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ރިޔާސީ އިންތިހާބު، ވެރިކަން ކުރާ އެމްޑީޕީއަށް ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ، ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މިސަރުކާރުގެ 4 އަހަރާއި ބައިގެ ތެރޭގައި، ނުރަނގަޅު ކަންކަން ރަނގަޅު ކުރުމަށްޓަކައި ބައްދަލުވުންތަކުގެ އިތުރުން، މެސެޖުންނާއި ސިޓީގެ ޒަރިއްޔާއިން ވެސް ލަފާ އޭނާ އަރުވާފައިވާ ކަމަށެވެ. އަދި ސަރުކާރުން ނުކޮށް ދޫކޮށްލެވިގެންދާ ސިޔާސަތުތައް ހިންގުމަށް އެސްޓީއޯއިން އިސްނަގާ ވާނީ ކުރެވިފައި ކަމަށް އަމްރު ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރު ހިންގުމުގެ ވައްޓަފާޅިއަށް އެއްވެސް ބަދަލެއް ނައުމުގެ ނަތީޖާއަކީ ވެރިކަމާ، ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣްލަބިއްޔަތު އޮވެ 5 އަހަރުގެ ވެރިކަމެއް ނިމޭއިރު، ކޯލިޝަނަކާ ނުލާ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ގަބޫލު ކުރެވުމާއި، ބައި-އިލެކްޝަންތަކުގައި މުޅި ސަރުކާރުގެ ބަޖެޓް ހުސްވާ ވަރަށް ހަރަދުކޮށް، މަތި މައްޗަށް ކުއްލިޔަކަށް ޕްރޮޖެކްޓްތައް ހިންގަން ފަށަން ޖެހުމާ ރަށު އެންމެންނަށް ސަރުކާރު ކުންފުނިން ވަޒީފާ ދޭން ޖެހުމަކީ ސަރުކާރަށް ރައްޔިތުން ތާއީދު ނުކުރާކަން ދޭހަވާ އަލިގަދަ ހެއްކެއް ކަމަށް އަމްރު ވިދާޅުވިއެވެ.

"ރައްޔިތުން މިޕާޓީއަށް ކުރި އިތުބާރު މިވަގުތު ގެއްލިގެން ގޮސްފައިވާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު މި ޕާޓީއަށް ގެއްލުމުގެ ފުރުސަތު ބޮޑު. އެމްޑީޕީއަށް ވަފާތެރި އެރައް ބައެއް ޕާޓީއާއި މިއަދު ފެއަށް ޖެހިފައިވަނީ ޕާޓީގެ ސިޔާސަތު އޮޅިގެނެއް ނޫން. ނުވަތަ ގަބޫލު ނުކުރެވޭތީއެއް ނޫން" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، އޭނާ ވެސް އިހުލާސްތެރިކަމާއި އެކީ ހެޔޮ ނިޔަތުގައި މަސައްކަތް ކުރީ، އެސިޔާސަތުތައް ކުރިއަރުވާ ތަންފީޒު ކުރަން ކަމަށެވެ. ނަމަވެސް މިއަދު އެހެން ގޮތެއް ހިޔާރު ކުރަން ޖެހުނީ ގިނަ ފަހަރުތަކެއް މަތިން އިސްލާހުގެ މަގަށް ކަންކަން ގެންނަން ކުރި މަސައްކަތަަށް އިޖާބައެއް، ތަރުހީބެއް އަދި އެއްބާރުލުމެއް ނުލިބުމުން ކަމަށެވެ.

އެމްޑީޕީގެ ސިޔާސަތާ ދެކޮޅަށް މަސައްކަތް ކުރުމަކީ ކުރާނެ ކަމެއް ނޫން ކަމަށާއި އެހެން ކަމުން އެމްޑީޕީން ދެކޭ ތަސައްވަރާ އެއްގޮތަށް ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ދެމިހުންނާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. 7 ފެބް

    ތިވާހަކަ ދައްކަން އެންމެ ރަނގަޅު މީހުންތީ؟؟؟

    2
    1
  2. ޟިމހގޖ

    ހަމަގައިމުވެސް ރަށުރައްޔިތުންނަށް ވަޒީފާލިބުމުން ނުހަނު އުފާވޭ

    1
    3
  3. އަހްމަދު

    ﷲގެ އިރާދަފުޅުން އެމްޑީފީއަކަށް ވެރިކަމަކަށް ނާދެވޭނެ!

    • ޛހޖ

      އައްނި ނޫން ކޮއްމެ މީހެއްވެސް އޯކޭ

  4. ޑައެލޯގް

    އިބޫއަކީ އެއްވެސް ތައުލީމެއްނެތްމީހެކެވެ. އަދި ދައުލަތުގެ ހިންގުމުގެ ތަޖުރިބާއެއްވެސް ނެތްމީހެކެވެ. ދެން ޖަލުން ބަޔަކު ނެރެންވެގެން އިންޑިޔާއާއި ދިވެހިންގެބަޔަކު ޔާމީނަކީ ވަގެކޭކިޔައި އިންތިހާބުވެސް ގަނެލީއެވެ. ވިމާ މިކަމުގައި ދިވެހިރައްޔަތުން ވިސްނަންވީއެވެ. އިބޫދެއްކި އެއްވާހަކައެއްވެސް ދިމާނުވެއެވެ. ޒީރޯޓޮލަރެންސް، ސްޓިކާނުޖެހުން، ޖޫރިމަނާނުކުރުން 3 ބާރުވަކިކުރުން، ކޯޓުތަކަށް ނުފޫޒުނުފޯރުވުން މިއީ ހައްތަހާވެސް ދެއްކިވާހަކައެވެ.

  5. ލަދުކުޑަ

    ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތެއްނުން އެމްޑީޕީ އޭ ކިޔަންވެސް. ކަލެއަށް ތިއޮތީ އިނތިޚާބަކާ ނުލާވެސް ރައީސްކަންލިބިފައި. ގާސިމް ހޮވުނީމަ ބޮޑުވައި އިގިއްޔަށް ބަޑި ދިމާކޮށްފަ ހަަ މިހާރު އިސްތިއފާދޭށޭ ބުނެ ގާސިމް ދުރުކޮށްފަ ރައީސްކަމަށް އައުމުގެ ސިއްރު އެޖެންޑާގެ ވާހަކަ ގާސިމްއަށް ނޭނގޭދޯ؟