ދިވެހީންގެ އެހީއާއެކު ފަލަސްތީނުގައި މިސްކިތެއް އަޅަން ނިންމައިފި އެވެ.

މިއީ އިންސާނީ އެހީ ދިނުމަށް މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ގެ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

އައިއޭސީން ބުނީ މިއީ އެ ޖަމިއްޔާއިން ހިންގާ ތަޖްރީގެ ޕްރޮޖެކްޓްގެ ތެރެއިން ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ. ތަޖްރީގެ ތެރެއިން ހަަތަރު މިސްކިތެއް އެޅުމަށް ނިންމާފައިވާ އިރު އޭގެ ތެރެއިން އެއް މިސްކިތަކީ ފަލަސްތީނުގައި އަޅާ މިސްކިތެކެވެ.

ނަމަވެސް އެ މިސްކިތް އަޅަނީ ފަލަސްތީނުގެ ކޮން ސަރަހައްދެއްގައި ކަމެއް އައިއޭސީން ހާމައެއް ނުކުރެއެވެ.

އައިއޭސީން ބުނީ ފަލަސްތީނުގައި އަޅަން ނިންމާފައި ވަނީ ތިން ފަންގިފިލާގެ މިސްކިތެއް ކަމަށެވެ މިއީ ޖާގައިގެ ގޮތުން ތަނަވަސް ހިތްގައިމު މިސްކިތަކަށް ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ހިނގާ ރަމަޟާން މަސް ނިމުމުގެ ކުރިން މި ހަތަރު މިސްކިތަށް ފަންޑްލިބި މަސައްކަތް ފެށުން" އައިއޭސީން ބުނެ އެވެ.

އައިއޭސީން ބުނީ މިސްކިތް އެޅުމަށް އެހީވެދޭން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އިސްލާމިކް ބޭންކް އެކައުންޓް 7770000062742 [އެކައުންޓް ނަން: ސަދަގާ ޖަރިއްޔާ] މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރެފްރީ

    ވަރަށްރަނގަޅު. ނަމަކަށްކިޔަންވާނީ މަސްޖިދުލްމަހަލްދީބު

    21
  2. Anonymous

    ތިއީ މަސްޖިދުލްއަޤްޞާ ތަޅާލަންވެގެން ރާވާ މަކަރުވެރި ރޭވުމެއް. ތި މިސްކިތް އަޅާފަ، މަސްޖިދުލްއަޤްޞާ ތަޅާލާނެ. ދެން ފަލަސްޠީނު މީހުންގެ ގާތުގައި ޔަހޫދީން ބުނާނެ: ދިވެހިން އަޅައިދިން މިސްކިތަށް ދާށޭ ކަލޭމެން ނަމާދުކުރަން. މިހާރު މަސްޖިދުލްއަޤްޞާ ނެތެއް ނޫންހޭ.