ރާއްޖޭގައި ޑިޖިޓަލް ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން ބޮޑު އީދާ ދިމާކޮށް ބޮޑު ޑޭޓާ ޕެކް ތަކެއް ތައާރަފް ކޮށްފިއެވެ.
ދިރާގުން ބޮޑު އިދާއި ދިމާކޮށް ތައާރަފްކޮށްފައި ވަނީ ދެ ޕެކެވެ. އެއީ 250 ރުފިޔާއަށް ފަސް ޖީބީ ލިބޭ ޑޭޓާ ޕެކް އަކަާއި، 350 ރުފިޔާއަށް 10 ޖީބީ ލިބޭ ޑާޓާ ޕެކްއެކެވެ.
އެ ކުންފުނިން ބުނީ، މި ޑާޓާ ޕެކްތައް މިއަދުން ފެށިގެން މި މަހުގެ 20 ގެ ނިޔަލަށް ނެގޭނެ ކަމަށެވެ. އަދި މި ޑޭޓާ ޕެކްތައް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުން، ޝޭރާ އަދި ދިރާގު އައު ޕްރީޕެއިޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ނެގޭނެއެވެ.
އަދި ދިރާގު ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް މި ޑޭޓާ ޕެކްތައް މި މަހުގެ ނިޔަލަށް ބޭނުން ކުރެއްވޭނެއެވެ. އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ޕެކްއެކްޓީވޭޓް ކުރައްވާ ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ބޭނުން ކުރެއްވޭނެއެވެ.
މި ޑޭޓާ ޕެކްތައް ނެގުމަށް ދިރާގު އެޕް ބޭނުން ކުރެއްވޭނެއެވެ. އަދި #5*6*123* އަށް ގުޅައިގެން ނުވަތަ ADD(space)Keyword ޖެއްސެވުމަށް ފަހު 343 އަށް އެސްއެމްއެސް ކޮށްގެންވެސް މި ޑޭޓާ ޕެކްތައް ނެގޭނެއެވެ.
ބޭނުމެއްނޫ ، ސަބަބަކީ އެއްމަސް ދުވަހަށް ނުލިބޭތީ.....
10 ދުވަހަކަށް ވޯތެއްނޫން... 5ޖީބީ 250ރއަކަށް.. އަދި 10ޖީބީ 350 އަކަށް..
ތިއަށް ކިޔަނީ ޖެއްސުންކުރުން
ދިރާގަކީ މީހުން ފެލަންއުޅޭ ބައެއް...