ކ. ދޫނިދޫގައި ހަދާފައި އޮތް މިނީ ފުޓްބޯޅަ ދަނޑު ތަރައްގީކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ލައިފިއެވެ.

ފުލުހުން ވިދާޅުވީ، އެތަނުން ދޭ ބީއޯކިއުއާ އެއްގޮތަށް އެ ދަނޑު ތަރައްގީކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ކުރިއަށް އޮތް މޭއި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 11:20 ގައި ދޫނިދޫގައި އޮންނާނެ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، ދޫނިދޫގެ މިނީ ފުޓްބަޅަ ދަނޑު ތަރައްގީ ކުރަން ހުޅުވާލި ބީލަމުގައި ބައިވެރިވެވޭނީ އެކަމަށް ރަޖިސްޓްރީވާ ފަރާތްތަކަށް ކަމަށެވެ. ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކަށް ފުލުހުންގެ މެއިލް ނުވަތަ [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެހި ރައްޔިތުން

    ތިޔަ މަސައްކަތްވެސް ދެން ހުރި ފުލުހުންގެ އެހެނިހެން ހުރިހައި މަސައްކަތެއްވެސް، މާލިއްޔަތު ގަވައިދުގެ ތެރެއިން ކަމަށް ދައްކާ، ތިޔަ ބީލަން ވިން ކުރާނީ ފުލުހުންގެ ކޮއޯޕޮރޭޓިވް ސޮސައިޓީ ކަމުގައިވާ ޕޮލް.ކޯ.އެވެ. ޕޮލް ކޯ އަކީ ފުލުހުންނަށް ލިބޭހާ ފައިސާއެއް ބަންޑު އަޅައިގެން ހުންނަ ސޮސައިޓީއެކެވެ. އާންމު ރައްޔިޔުންގެ ވިޔަފާރިތަށް ތިޔައިގެ ބީލަމަކުން ދުވަހަކު ކުރި ނާރައެވެ.