ޗައިނާ ސަފީރު ވާންގ ލިޒިންގ ހިތް ލ،އަތޮޅުގެ ގުދުރަތީ ރީތިކަމުން އަތުލައިގެންފި އެވެ. މިދިޔަ އާދިއްތަ ދުވަހުގެ އިރު އަރައިގެން ދިޔައީ ލ.އަތޮޅަށް އުފާވެރި ދުވަހެއްގެ ގޮތުގަ އެވެ. ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ގައުމު ކަމަށްވާ ޗައިނާ އިން ދިވެހިރާއްޖެ އަށް ކަނަޑައަޅުއްވާފައިވާ ސަފީރަށް ކައްދޫ އެއާޕޯޓުން މަރުހަބާ ދެންނެވީ ލ.އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ އެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އިގްތިސާދު ތަމްސީލް ކުރާ ޗައިނާގެ ސަފީރުގެ ދަތުރުފުޅުގައި ލ.އަތޮޅުގެ ކައުންސިލްތަކާއި ގައުމީ ޔުނިވަރސިޓީ އަދި މާންދޫ މަސްފެކްޓަރީގެ އިތުރުން ދަނޑުވެރިކަމުގެ ދަނޑުތަކަށް ޒިޔާރަތް ކުރައްވާފައި ވެއެވެ.

ޗައިނާގެ ނުފޫޒު ގަދަ ސަފީރު ލާމަށް ކުރެއްވި އެއްދުވަހުގެ ދަތުރުފުޅު އެކަމަނާގެ ޓްރީޓަރ ހޭންޑަލްގައި ބަޔާންކޮށްދީފައިވާއިރު، ދަތުރުފުޅާ ގުޅޭ ގޮތުން ދެ ޓްވީޓެއް އެކަމަނާ ކުރައްވާފައި ވެއެވެ. މިގޮތުން ލ.އަތޮޅުގައި ހުންނަވައިގެން ކުރެއްވި ޓްވީޓްގައި ލ.އަތޮޅުގެ ގުދުރަތީ ރީތި ކަމަށް ތައުރީފް ކުރައްވާފައި ވެއެވެ. އަދި އަތޮޅު އިދާރާތަކުގެ މުވައްޒަފުންގެ ރަހްމަތްތެރި ކަން ފާހަގަ ކުރައްވާފައި ވެއެވެ.

އެކަމަނާގެ ޓްވީޓްގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ލ.އަތޮޅުގައި ގާއިމްކޮށްފައިވާ ރާއްޖޭގެ އެންމެ ދިގު މަގު ލ.ލިންކް ރޯޑްގެ ސަބަބުން އެސަރައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިންތިހާއަށް ފަސޭހަ ވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ލ.އަތޮޅު ދަތުރުފުޅު ނިންމާލުމަށް ފަހު ސަފީރު ވާންގ ކުރެއްވި ޓްވީޓްގައި ލ.ގަމުގެ ދަނޑުތަކަށް ޒިޔާރަތް ކުރައްވާ ނަންގަވާފައިވާ ފޮޓޯތައް ހިއްސާ ކުރައްވާ ވިދާޅުވެފައި ވަނީ ގިނަ ލޯބި ހަދާތަކެއް ލ.އަތޮޅުން ލިއްބައިދީފައިވާ ކަމަށެވެ.

ރާއްޖޭގެ އެންމެބޮޑު ރަށް ލ.އަތޮޅު ގަމާއި ގުޅިފައިވާ މާންދު އާއި ކައްދޫގެ އިތުރުން ފޮނަދޫގެ ގުދުރަތީ ރީތި ހިތްގަައިމް މަންޒަރުތަކާއި މެހްމާންދާރީން އެކަމަނާގެ ގިތް ފަތަހަކޮށްފި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެދެސެ

    ލިންކްރޯޑް ވަރަށް ކޮލިޓީ. އަޅުގަނޑުވެސް ދެފަހަރަކު ލާމަށް ދިޔައިން.
    ދެން ލާމަށް ބޭނުންވަނީ ތަންކޮޅޭއް ދުރުދުރުގައި 15ވަރަކަށް ރޫމްގެ ގެސްޓްހައުސް ނުވަތަ ވިލާތަކެއް.
    ޗައިނާއިން އެފަދަ އެހީއެއް ހޯދުމަށް އެދި ކައުންސިލުން މަސައްކަތްތަކެއް ފެށުން ރަނގަޅު. އެއިރުން އަހަރަކު ތަނެއް ހެދުނަސް ކުރިޔަށްދާނެ.

    ޗައިނާ މަސައްކަތުގެ ކޮލިޓީއަށް ހަމަ ތައުރީފްކުރާހާ ޗާލު.

    10
  2. މެނޫ

    ތިޔައީ ޔާމީން އެޅި މަގެއް. އެކަމަކު ވޯޓު އިބޫ އަށް. މިވާގޮތެއް ނޭގުނު.

    2
    1