ގދ.ތިނަދޫގެ އިސްލާމީ މަރުކަޒު ސަރަހައްދުގައި ދީނާ ހިލާފު އެއްވެސް ކަމެއް ހިންގާފައެއް ނުވާނެ ކަމަށާއި އިސްލާމީ ހުރިހާ މުއްސަސާއެއްގެ ޙުުރުމަތް ހިފަހައްޓަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަމިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ތިނަދޫގެ ބަރާސިލް އަވަށު މީހުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ޝަހީމް ވިދާޅުވީ ސިޔާސީ މަޤްޞަދެއްގައި ޕީޕީއެމްގެ ދެ ޖިންސުގެ ސަޕޯޓަރުންނާ އެކު ފޮޓޯ ނެންގެވި ކަމަށްބުނެ އިދިކޮޅު ފަރާތްތަކުންނާއި ބައެއް ދީނީ ޢީލްމުވެރިން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ރައްދުދެއްވަވާ ޝަހީމް ވިދާޅުވީ، ތިނަދޫގައި އިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒަކީ އަދި މިސްކިތަކަށް ނުވެ ހުރި ތަނެއް ކަމަށާއި އެކަމަކު ވެސް އެތަނުގައި ސިޔާސީ ހަރަކާތެއް ނުހިންގަވާ ކަމަށެވެ.
އަދި އެވާހަކަތައް އެގޮތަށް ދައްކަވަނީ ބަޔަކަށް ހަޖަމް ނުވެގެން ކަމަށްވެސް ޝަހީމްވަނީ ސިފަކުރައްވާފައެވެ. އަދި އެހައިބަތު ހުރި ބިނާ ދުށުމަށް އެވާހަކަތައް އެގޮތަށް ފެތުރި ފަރާތްތަކަށް ނުކުޅެދުނު ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
"އެހައިބަތުން ފުރިގެންވާ ބިނާ މުޅި ދުނިޔެއަށް ފެނިއްޖެ. އެކަން ބަޔަކަށް ހަޖަމެއް ނުވި. އެ މީހުން ބުނަމުން ދިޔައީ އަހަރެމެން މިސްކިތެއްގެ ހުރުމަތް ކަނޑާލައިފިއޭ. އަޅުގަނޑު ދަންނަވާނީ އެއީ އަދި މިސްކިތަކަށް ނުވެ ހުރި ތަނެކޭ. އަޅުގަނޑުމެން އަދި އެތާ އެތެރެއަކަށް ވެސް ނުވަންނަމުއޭ އިއްޔެގަ. އަޅުގަނޑުމެން ފޮޓޯއެއް ނެގީ އެތާނގެ ބޭރުގެ ސިޑި މަތީގައޭ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަކީ ދީނީ ކަންކަމަށް ލޯބި ކުރައްވާ ސަރުކާރެއް ކަމަށާއި މިވެރިކަމުގައި ދީނީ އެއްވެސް މުއްސަސާއެއްގެ ނުވަތަ ބިނާއެއްގެވެސް ޙުރުމަތް ނުކަނޑާނެ ކަމަށެވެ. އި މި ސަރުކާރުން އިސްލާމީ ޝިއާރެއްގެ ހުރުމަތެއް ކަނޑައެއް ނުލާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޝަހީމް ވިދާޅުވީ އިސްލާމްވީ ރިވެތި އަޚްލާޤް ޤާއިމް ކުރުމަށް މިސަރުކާރުން މަސައްކަތް ކުރައްވާ ކަމަށާއި އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރީ ކޮންބައެއްކަން ދިވެހި ރައްޔިތުން ދެނެގަންނާނެ ކަމަށެވެ.
"އިސްލާމީ ޔުނިވާސިޓީވެސް ރާއްޖޭގައި ގާއިމް ކުރީމާ އެމީހުން ކަންބޮޑުވި، ކުއްލިއްޔާ ދުވަސްވަރު ކުއްލިއްޔާ ބަންދުކުރަންވެސް އުޅުނު، އެއީ ޓެރަރިސްޓުން އުފައްދާ ތަންތަން ކަމުގައި ދެކިގެން، އެކަމަކު އިސްލާމީ ތައުލީމު ދިނުމަކީ މިގައުމުގެ މުސްތަގު ބަލަށްޓަކައި ކުރަން ޖެހޭ ކަމެއް." ޝަހީމް ވިދާޅުވި އެވެ.
ޝަހީމް މިހާރު ކެންޕެއިން ދަތުރުފުޅުގައި މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިހާރު ތިނަދުއަށް ކުރައްވާ ދަތުރުފުޅުގައި އެރަށު މީހުންގެ ޙާލު ބެއްލެވުމަށް "ހިތާ ހިތަށް" ގޭގެޔަށް ދިއުމަށްވަނީ ނިންމަވާފައެވެ.
އެއީ ކޮންޗެއް އިސްލާމީ ތައުލީމަކީ.ތައުލީމު ވާނީ ތައުލީމަކަށް ނު
ކޮންޗެއް. ކެކެކެކެކެ
އިސްލާމީ ތައުލީމޭ ކިޔައިގެން އުޅުނީ ދެ ގައުމު.ޕާކިސްތާނާ ސައުދީން
ކިޔާނެ އެއްޗެއް ކިޔާށެވެ. ކުރެވުނު ކަމެއް ކުރެވިއްޖެއެވެ. ފޮޓޯތައް އެ ހުރީ ފެންނާށެވެ. އެކަމެއް ބަދަލެއް ނުކުރެވޭނެ އެވެ. ސިޔާސީ ކަންކަން ނުދަންނަ ބަޔަކު ވެރިކަމާ އުޅެންޏާ ތިކަހަލަ ކިތަންމެ ބޮނޑިއެއް ބޯނެއެވެ. މެނިފެސްޓޯއެއް ނެތި ރިޔާސީ އިންތިޚާބެއްގެ "ކެމްޕެއިން" ކުރަން އުޅޭ އުޅުމުން، ސިޔާސީ ކަންކަން ރޯފިލާފައި ހުރި މިންވަރު ހާމަވެއެވެ.
ސާބަހޭ އަޅުގަނޑުމެންގެ ލޮބުވެތި އުސްތާޒް
ރަނގަޅު ތިމަންޒަރު ކިތަންމެ ރަނގަޅަކަށްވެސް ދައްކައިދީފި މިސްކިތުހަރިއްމަ ތެރޭގައޮ އަންހެންވރެިންނާއި އެކު ޝެއިހު
ސާބަހޭ ޑރ. ޝަހީމް. ﷲއިރާދަކުރެއްވިއްޔާ މިފަހަރު ކާމިޔާބުވާނެ ބޮޑު ތަފާތަކުން.
މިސްކިތަކަށް ވަނީ ކިހިނެއް ވީމަ. އެތަނަކަށް ޕާރކެކޭ ކިޔަންވީނު. ރަނިންމޭޓު ލަގަބު ލިބުނު ހިސާބުން ދުނިޔެ ރަންވެ ދީން ގުއިވެފަ.
އަސްލުވެސް
ތިޔަކަން ކުރަން ޕާކިސްތާނު އަފްގާނިސްތާނަށް ވަޑައިގަންނަވާ
ތިހެން ބުނެވިދާނެ. ޢެކަމަކު ފޮޓޯއިން ފެންނައިރު އެކަކަށްވެސް ނޭނގޭނެ. ތިބޭފުޅާއަށް ކިތަންމެ ގަދަރެއް ކުރިޔަސް ބުނެވޭނީ ތިއަމަލު ހަޑިއޭ. ކަޑައޭ. ޢިސްލާމީ މިންގަނޑަކަށް ނުފެތޭ.
މަ ގަދަރު ކުރަނީ މަހާތުމާ ގާނދީ އަށް.މި މީހުން ނަކީ ދުނިޔެ ފަސާދަބކުރާ ބައެއް.ހެޔޮ ނުވާނެބމި މީހުންނަށް ގަދަރު ކުރަން
ވ ދެރަވޭ ތިކަހަލަ ސިޔާސީ ކަންކަމަށް ދީންވައްދާތީ
ފޮޓޯގައެންމެމައްސަލައެއްއުޅެނީއެއީފޮޓޯގަމާމީހުންގިނައީ