ތިން ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެދައިންތިހާބު (ބައި-އިލެކްޝަން) އިންތިހަބާކާއި ނުލާ ޕީޕީއެމް އިން ކަމިޔާބުކޮށްފިއެވެ.

އަންނަ ޖޫން 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެދައިންތިހާބަށް ހުޅުވާލި 10 ރަށުގެ ތެރެއިން ށ. މާއުނގޫދޫ އާއި ރ. މީދޫގެ އިތުރުން ގދ ވާދޫގެ އިންތިހާބު ޕީޕީއެމް އަށް ވަނީ ކާމިޔާބު ކޮށްފައެވެ.

ޕީޕީއެމް އިން ބުނީ، އެ ތން ރަށުގެ މެދައިންތިހާބު ކާމިޔާބު ކުރެވުނީ އިދިކޮޅު ޕީޕީއެމް އާއި ވާދަކުރާނެ ކެންޑިޑޭޓެއްނުވެގެން ކަމަށެވެ.

އެގޮތުން ށ. މާއުނގޫދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ހޮވިފައިވަނީ ޢާއިޝަތު ޙަނީފާ އެވެ. އަދި ރ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ހޮވިފައިވަނީ ވަސީމާ އިބްރާހީމެވެ.

މީގެ އިތުރުން ގދ. ވާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ހޮވުނު ލިއުޝާ އިބްރާހީމް އަކީވެސް ޕީޕީއެމް މެންބަރެއް ކަމަށްވެސް ޕީޕީއެމް އިން ވަނީ ބުނެފައެެވެ. ލިއުޝާ އިބްރާހީމްވެސް އިންތިހާބުވީ ވާދަކުރާނެ އެހެން ކެނޑިޑޭޓަކު ގދ. ވާދޫގައި ނެތުމުން ކަަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން މެދައިންތިހާބަށް ހުޅުވާލި 10 ރަށުގެ ތެރެއިން ފ. ބިލެތްދޫއަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައެެއް ނުވެއެވެ.

ނަމަވެސް ބާކީއޮތް 6 ރަށަށްވެސް ޕީޕީއެމްގެ ކެނޑިޑޭޓުން ވާދަކުރާނެއެވެ.

ގާނޫނުގައި ކުރިން އޮތް ގޮތުން އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފި ނަމަ، 60 ދުވަހުގެ ތެރޭގައި އަލުން އިންތިހާބު ބާއްވަން ޖެހެ އެވެ.

ގާނޫނަށް މިހާރު ގެނެސްފައިވާ ބަދަލާއެކު އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބު ބާއްވަން ޖެހޭނީ އަހަރަކު އެއް ފަހަރެވެ.

އަންހެނުންގެ ކޮމެޓީ އަށް މެމްބަރުން މަދުވެއްޖެ ނަމަ، ގާނޫނުގައި ކުރިން އޮންނަ ގޮތުގެ މަތީން އިންތިހާބުތައް ބާއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    ސަރުކާރު ބާރުގެ ބޭނުންނުކޮށް ދައުލަތުގެ ހަޒާނާ ބޭނުންނުކޮށް އެއްހަމައަކުން ވާދަކޮށްފިނަމަ ޕީޕީއެމް ކާމިޔާބުކުރާނެއެވެ. އެވާހަކަ އަންނިވެސް ބުނެފައިވެއެވެ. އަންނި ބުނީ އިބޫ އެއްވެސް ވަރަކަށް ދައުލަތުގެ ހަޒާނާއާއި ބާރުގެ ބޭނުންނުކުރާނަމަ ޕްރައިމަރީގައި އަންނި ކާމިޔާބުކުރީހެވެ.

    6
    2