ތ. މަޑިފުށީ ސްކޫލްގައި ޓީޗަރުން ހަމަނުވެގެން ސްކޫލްގެ ބެލެނިވެރިން މުޒާހަރާ އަށް ނުކުމެއްޖެއެވެ.

މަޑިފުށީ ސްކޫލުގައި ޓީޗަރުން ހަމަ ނުވާތާ މިހާރު ދެ އަހަރުވެފައިވާ އިރު ބެލެނިވެރިން ދަނީ ކެނޑިނޭޅި އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ނަމަވެސް މިހާތަނަށް އައިއިރު މިކަމަށް ހައްލެއް ލިބިފައިނުވާކަން އެ ސްކޫލުގެ ބެލެނެވެރިން ވަނީ ބުނެފައެވެ. އެހެންކަމުން އެންމެ ފަހުން މުޒާހަރާއަށް ނުކުންނަން މަޖުބޫރުވީ ކަމަށްވެއެވެ.

މަޑިފުށީ ކައުންސިލް މެމްބަރު ހައްވާ ނަޒްލާ ވިދާޅުވީ އެ ރަށު ސްކޫލްގެ ބެލެނިވެރިން މިއަދު މުޒާހަރާ އަށް ނުކުތީ އެމީހުންގެ ޝަކުވާތަކަށް ހައްލެއް ނުލިބި ދެ އަހަރު ފާއިތުވެގެން ދިއުމުން ކަމަށެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި އެ ރަށު ސްކޫލްގައި ޓީޗަރުން ހަމަނުވެގެން ބެލެނިވެރިންގެ ޝަކުވާ ވަނީ ގިނަވެފައެވެ. ސްކޫލުން އެމީހުންގެ ޝަކުވާތައް އަޑު އެހި ނަމަވެސް އެކަމަށް އެދެވޭ ހައްލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޒާހަރާ ކުރަނީ ސްކޫލްގެ ކަންތައްތައް ހަމަޔަކަށް ނޭޅިގެން، ދެން ސްކޫލްގެ ޓީޗަރުން ހަމަނުވާތީ އާއި ޓީޗަރުން ދާއިމީނުވެ ހުރި މައްސަލަތަކާއި ސްކޫލްގެ އެކިއެކި ކަންތައްތަކުގައި ދަރިވަރުންގެ ހައްގުތައް ގެއްލޭތީ. ބެލެނިވެރިން އަޑު އުފުލާތާ މިހާރު ދެ އަހަރު ވެދާނެ. މީގެ ކުރިންވެސް މުޒާހަރާއެއް ބޭއްވި އެކަމަކު ހައްލެއް ނުލިބުނު. މިހާރު ބެލެނިވެރިން ޝަކުވާ އެކުރަނީ ޕްރީ ސްކޫލްގެ އެފްއެސް ކްލާހަށް ޓީޗަރުން ހަމަނުވެގެން." ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން ބެލެނެވެރިންގެ ޝަކުވާތައް އެޑިއުކޭޝަން މިނިސްޓަރަށް ހުށަހެޅިނަމަވެސް މިނިސްޓްރީން ޓީޗަރުން ނެގުމަށް ހުއްދަ ނުދޭ ކަމަށް ސްކޫލުން ބުނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން އަންގަނީ އިތުރު ޓީޗަރުން ނެގުމަށް ފިނޭންސުން ހުއްދަ ނުދޭތީ ޓީޗަރުން ނުނެގޭނެ ކަމެވެ.

" ސްކޫލުން ވިދާޅުވަނީ ސްކޫލުން އެޑިއުކޭޝަނާ ގުޅައިގެން ކުރިޔަށް ގެންދާ ކަމަށް. އެކަމަކު އެޑިއުކޭޝަނުން ކުރަންޖެހޭ ބައެއް ކަންތައްތައް ނުކުރާކަމަށް ސްކޫލުން ބުނަނީ." ނަޒްލާ ވިދާޅުވިއެވެ.

މަޑިފުށީ ސްކޫލަކީ ޒަމާނީ ފެންވަރަށް ހަދާފައިވާ ސްކޫލެއް ނަމަވެސް އެ ސްކޫލުގެ ދަށް ގްރޭޑްތަކަށް ކިޔަވައިދޭ ޓީޗަރުން މަދުވެ ގުރުއާން ކިޔަވައިދޭންވެސް އަންނަނީ އިނގިރޭސި ޓީޗަރެއް ކަމަށާއި ބައެއް މާއްދާތައް ކިޔަވައިދޭނެ ޓީޗަރަކު ނުވާ ކަމަށް ބެލެނިވެރިން ދަނީ ބުނަމުންނެވެ.

ފިޝަރީޒް ސައިންސް ކިޔަވައިދޭ ޓީޗަރަކު ވެސް ނެތްކަން ފާހަގަކުރަމުން ބެލެނިވެރިން ބުނީ ދާއިމީ ނުވާ ވެސް އެތައް ޓީޗަރުންނެއް އެބަތިބި ކަމަށެވެ. އެހެންވެ ފިޝަރީޒް ސައިންސް ކިޔަވާ ދަރިވަރުން ސްކޫލަށް ވެސް ނުގެންދެއެވެ. އަދި ކިޔަވައިދޭ ދަންފަޅި ނިމުމުން، ބެެލެނިވެރިން ވަނީ މުޒާހަރާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަސަން ކުރުސިީ

    ތި ސްކޫލު ނުވާޅެ ރަގަޅަ. ހުސް ވަގުން ތިބިިީ ތަނެއް ތިއު. ސްކޫލު ބަޖެޓް ވަގަށް ކަން ބައެއް ރަގަޅަ ނުވާޅެ.

  2. ދެރަ

    ހުރިހާ ތަނެއްގެ ވެސް ހާލަތު. ޓީޗަރުން ވިހައިގެން ޗުއްޓީ ނެގީމަ ވަގުތީ މީހެއް ނަގަންވެސް އެހާ ދުވަސް. އެޑިއުކޭޝަނުން ހުއްދަ ނުދެނީ އޭ ބުނަނީ. ވަގުތީ ނަގަންވެސް މިހާރު ހުއްދަ ގޯދަން ޖެހެ އޭ.. ސްކޫލެްގެ ސްޕެޝަލް ނީޑް ކުދިންގެ 4 ޓީޗަރުން ތިބެންޖެހޭ ތަނަކަށް 2ޓީޗަރުން ތިބެފަ އެކަކު ލީވް ނެގީމަ ވިސްބާކިޔެވުން ކުރިއަށް ގެންދާނެ ގޮތެއް.

  3. ކަމަނަ

    މާކުރަތު ސްކޫލުގެ ހާލު އަދި މާގޯސް، ދަރިވަރުން ނަކާ އަޅައެއް ނުލާ. ކޮންމެ ދުވަހަކު ކެއުމުގެ ހަފުލާތައް. މިކަމަށް މުވައްޒަފުން އުޅެން ޖެހުމުން ރަސްމީ މަސައްކަތެއް ނުކުރެވޭ. ޜަމަޟާންމަހު ސްކޫލުގެ ރަސްމީ ގަޑިއަކީ، ހެނދުނު 8:00 ން ރޭގަނޑު 12:00އަށް. ޢެނޫން ދުވަސްތަކުގައި ހެނދުނު 6:40 ން ޜޭގަނޑު 12:00 ށް. ޜަސްމީ ގަޑި.

  4. މަޑި

    ތީ ވަރަށް ކާޑަ ޕްރިންސިޕަލް އެއް ހުންނަ ސްކޫލެއް
    . ޢެ ދައިތަ ބަދަލުކޮށްލީމަ ވެސް ތިތަން ދުއްވާގަންނާނެ