އެމްްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ފަރާތުން ސ.މަރަދޫ ސްކޫލްގެ ދަރިވަރުންނަށް ފަޔަރ ސޭފްޓީއާއި އަދި ޓީމް އެކްޓިވިޓީސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ހެޑްކްއޯޓަރޒްގައި އިއްޔެ ކުރިއަށްދިޔަ މިސެޝަންގައި ސ.މަރަދޫ ސްކޫލްގެ 43 ކަބްސްކައުޓުންނާއި 40 ލިޓްލް މެއިޑުން ބައިވެރިއެވެ.

މިގޮތުން ކުރިއަށްގެންދިިޔަ ފަޔަރ ސޭފްޓީ ސެޝަންގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ އިތުރުން ފަޔަރ ބްލޭންކެޓާއި ފަޔަރ އެކްސްޓިންގުއިޝަރ ބޭނުން ކުރާނެ ގޮތްތައް ހިމެނެއެވެ. މީގެ އިތުރުން ދަރިވަރުންގެ މެދުގައި އެކުވެރި ރޫހެއްގައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތުގެ އެކިއެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސ.މަރަދޫ ސްކޫލްގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ފަޔަރ ސޭފްޓީ އަދި ޓީމް އެކްޓިވިޓީސް ސެޝަން ނަންގަވާ ދެއްވާފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނެވެ.