ޕްރައިމަރީ ހެލްތް ކެއާރ އަށް ފަރުވާ ކުޑަ ކުރެވިއްޖެ ކަމަށާއި، ހަމައެކަނި ބަލިވުމުން ނޫނީ ސިއްހަތާ މެދު ވިސްނާ ނުލުމަކީ ގިނަމިހުންގެ މިހާރުގެ އާދަ ކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޕްރައިމަރީ ހެލްތުކެއަރ އާލާކޮށް ހަރުދަނާކުރުން ފެށުމުގެ ހަފުލާގައި ހެލްތް މިނިސްޓަރ ނަސީމް ވިދާޅުވީ، ރައީސް ސޯލިހްގެ ދުރު ވިސްނުންފުޅާއެކު ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމު ކުރެވިފައިވާ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް އަދި މިތަންތާނުގައި މަސައްކަތް ކުރާ ސިއްހީ ޚިދުމަތްތެރިންގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނޭ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު އައު ދިރުމެއް ގެނައުމަށް މަސައްކަތް މި ފެށި ނިޒާމަކީ އައު ނިޒާމެއް ނޫން. އަޅުގަނޑާ އަދި ތިބޭފުޅުންގެތެރެއިން ވަރަށްގިނަ ބޭފުޅުންނަށް އެނގިވަދާއިގަންނަވާނޭ ފަދައިން އަދި ތަޖްރިބާކޮށް ހަނދާނުގައި ހުންނާނޭ ފަދައިން، ރައްޔިތުންގެ ސިއްހީ ޙާލަތު ބަލާ ސިއްހީގޮތުން ދޭންޖެހޭ ލަފާއާއި އިރުޝާދު ދިނުމަށް ހެލްތު ވޯރކަރުން ކުރީގައި ގޭގެއަށް ގޮސް ސީދާ ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރި. ޞިއްހީ ހުރިހާ ކަމެއްގައިވެސް، ރައްޔިތުން ލަފާ ހޯދަމުން އައީ އެބޭފުޅުންގެ ފަރާތުން". ނަސީމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭން ބަލިތައް ކޮންޓްރޯލްކޮށް އަދި ބައެއް ބަލިތައް ނައްތާލުމުގެ އެންމެ ބުރަ އެންމެ އަސާސީ މަސައްކަތްތައް ކުރީ އެ އުސޫލުން ކުރި މަސައްކަތުން ކަމަށެވެ. އަދި ސިއްހީ މަރުކަޒުތައް ބިނާ ކުރެވި ގިނަ ހިދުމަތްތައް ރައްޔިތުން މަރުކަޒަށް އައިސްގެން ހޯދާގޮތަށް ބަދަލުވެ، ޕްރައިމަރީ ހެލްތު ކެއަރ އަށް އިހުމާލުވެ ފަރުވާ ކުޑަކުރެވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، ސިއްހީ މައުލޫމާތާ ދުރާލާ ބަލިތަކުން ރައްކާތެރިވުމުގެ ވިސްނުމާ މަޑުމަޑުން ދުރުވެ ސިއްހީ ގޮތުން ނޭދެވޭ އާދަތަކަށް ހުށަހެޅިގެން ދިއުން ކަަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިިނިސްޓަރ ވިދާޅުވީ، ސަރުކާރުން ނިންމާފައިވަނީ، ޕްރައިމަރީ ހެލްތުކެއަރގެ ނިޒާމު އަލުން ދިރުވާ އާލާކުރުމުގެ މަސައްކަތަށް ހާއްސަ އިސްކަމެއް އަވަހަށް އެކަން ފެށުން ކަމަށެވެ.

އެގޮތުން ފ. އަތޮޅުގެ 18 އަހަރުން މަތީގެ ރައްޔިތުންގެ %80 އަށް ވުރެ ގިނަ ރައްޔިތުންގެ މައުލޫމާތު އެއްކުރެވި އެމީހުންގެ ސިއްހީ ޙާލަތު ދެނެގަނެވި، އެފަރާތަތަކަށް ދޭންވާ ލަފާއާއި އިރުޝާދުދީ އަދި ބޭސް ފަރުވާ ދޭންޖެހޭ ފަރާތްތަކާ ފަރުވާ ދޭން ފެށިފައިވާ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ ހަގީގަތުގައިވެސް ވަރަށް ކާމިޔާބުކޮށް ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ. މިކަމަށްތަކައި މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް އަޅުގަޑު ނިހާޔަތަށް ޝުކުރު ދަންނަވަން".

މިނިސްޓަރ ވިދާޅުވީ، މި މަސައްކަތަށް ބޭނުންވާ ސިސްޓަމްތަކާ އައިޓީ ޕްރޮގްރާމްތައް ފަރުމާކޮށް، ފަންނީ ގައިޑަލައިންތަކާ އުސޫލުތަށް އެކަލުވާލާ، މިކަންކަމަށް ސިއްހީ ހިދުމަތްތެރިން ތަމްރީން ކުރެވި، މިހާރު، އަމަލީ މަސައްކަތް ފެށިފައިވާ ކަަމަށެވެ.

"މި އަތޮޅުން މި ދެއްކި ހެޔޮ ނަމޫނާ އަދި ކުރިއަތް އޮތްތާނަގައި އެއްކުރެވޭ އިތުރު މައުލޫމާތާއި ތަޖްރިބާއަށް ރިއާޔަތްކޮށް، ވަރަށް އަވަހަށް މި މޮޑެލްއަށް ހިދުމަތް ދިނުން އެހެން އަތޮޅުތަކުގައި ވެސް ފެށިގެންދާނެ"

މިނިސްޓަރ ވަނީ ޕްރައިމަރީ ހެލްތުކެއަރގެ އުސޫލުތަކުގެ މައްޗަށް ބިންގާއެޅިގެންދެވޭ ހިދުމަތަކީ، ސިއްހީ ހިދުމަތުގެ މުޅި ނިޒާމު ހަރުދަނާކުރުމަށް އޮތް އެންމެ ފަހި މަގުކަމަށް ވިދާޅުވެފައެވެ.

ސިއްހީ ގޮތުން ހޭލުންތެރި، ސިއްހީ ރަނގަޅު އާދަތަކަށް އަހުލުވެރި ޖީލެއް އުފެއްދުމަށް، ސިއްހީ ހާލަތު ދުރާލާ ދެނެގަތުމަށް، ތިމާގެ ވަށައިގެންވާ އެންމެހާ މާހައުލުތަކަކީ ސިއްހީ ގޮތުން އެކަށީގެންވާ މާހައުލުތަކަކަށް ހެދުމަށް، ޕްރައިމަރީ ހެލްތުގެ ގެ ނިޒާމު އެހީތެރިވެދޭނެ.".

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢޭނަ

    ބަލިތަކުން ރައްކާތެރިވެ ތިބެ ދުޅަހެޔޮކޮށް ދިރިއުޅޭ ފުރިހަމަސިއްހަތެއްގާ އުފާވެރި ކަމާއެކު ދިރި އުޅޭބަޔަކަށް ވުން އެއީ ޕްރައިމަރީ ހެލްތް ކެއަރ ގެ އަސާސް ކަމަށް ވީހިދު އެއީ ވަރަށް ގިނަ މަސައްކަތުން ހާސިލު ކުރެވޭނެ ކަން ކަން.

  2. ގެމަނަ

    ސިއްހަތެއްނެތް އަރުޒަލިލް އުމުރު މީހަކު ސިއްހަތޭކީމަ އެބަ ބޮލަށްއެނބުރުން އަރާ ދެންފައިބާ ކުޑަކުދިން ދަށްކާކަހަލަ ވާހަކަނުދަށްކާ.

  3. ޥެޓްރަން

    ކޮވިޑު އުވާލީމަ ސިއްހަތުގެ ވާހަކަދައްކަން އެނގިއްޖެދޯ. ޓެސްޓު ވެކްސިންތަކެއް ކުޑަކުދިންގަޔަށް ޖެހުވި މޭސްތިރި ތީ. މިހާރު އެކުދިން އެއުޅެނީ އެކަމުން އަރާނުގަނެވިގެން. ދެން ތިދައްކަނީ ޢާންމުބަލީގެވާހަކަ އެކަން އޮއްބާލަން.

  4. ގަބުޅިބާދަލާ

    ދައުރު ފެށޭ އިރުއާ ނިމޭ އިރު ތިޔާހެން ފަލަސުރުޚި އާޅާލާފަ ބޭކާރު ޚަރަދު ތަކެއް ދުއްވާލިމާ ޢާއްމުސިއްހަތު ތިޔާއޮތީ ޔަގިންކުރެވިފަ. ޕްރައިމަރީ ހެލްތުކެއާ ކިޔަވައިގެން ތިބި އެންމެން ތިބެނީ މިނިސްޓްރީ ގައި ބޮޑުގޮނޑީގަ ފުލަށް ބަރުވެފަ. ވާކަމެއް ޙަރާން. ހުރިހާކަމެއް ކުރަނީ. އެކަމަކު ކްރެޑިޓް ނަގަނީ މިމިހުން. ދެންބާރަށް އަތްޖަހަގާ. ވޯޓަށް ޖަހާ ކަޑަ ތިޔާ. އަހަރެމެން މިތިބީ ހަމައިގަ.ﷲ އިރާދަކުރެއްވިޔާ ހިތިގޮތަކަށް މިބައިގަނޑު ނިކަމެތި ކުރައްވާށި. އާމީން.