ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި އިދާރާ ކަމުގައިވާ މާލްބޮރޯ ހައުސްގައި ހުކުރުދުވަހު ބޭއްވި ކޮމަންވެލްތު ލީޑާރސް އިވެންޓުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ.

ކޮމަންވެލްތު ލީޑަރސް އިވެންޓު މި ބާއްވަނީ ކޮމަންވެލްތު ޗާޓަރުގައި ސޮއިކުރިތާ 10 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމާއި ކޮމަންވެލްތުގެ އިޔަރ އޮފް ޔޫތް އަދި ކޮމަންވެލްތު އިޔަރ އޮފް ޕީސް އަދި ވަކިން ހާއްސަކޮށް ކޮމަންވެލްތުގެ އާވެރިޔާ ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތާއި ވެސް މުނާސަބުވާ ގޮތަށެވެ.

މިފަހަރުގެ ކޮމަންވެލްތު ލީޑަރސް އިވެންޓާއެކު ކޮމަންވެލްތުގެ ލީޑަރުންނަށް، ހިޒް މެޖިސްޓީ ޗާލްސް ތިން ވަނަ އިނގިރޭސި ތަޙުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގެ ކުރިން އަދި ކޮމަންވެލްތުގެ އާލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނާއި ބައްދަލުވެވަޑައިގެން މަރުހަބާ ވިދާޅުވުމަށް ފުރުސަތު ލިބިވަޑައިގެންނެވި ކަަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އަދި މި އިވެންޓުގައި ކޮމަންވެލްތުގެ ލީޑަރުން ވަނީ ކޮމަންވެލްތުގެ ގައުމުތަކުން ހިފަހައްޓާ ހަމަތަކާ ބެހޭގޮތުންނާއި ކޮމަންވެލްތުގެ މުސްތަގްބަލާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މި އިވެންޓުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސުލްހައާއި ދެމެހެއްޓެނިވި ތަރައްގީ ފަދަ ކަންކަމުގައި ކޮމަންވެލްތުގެ ޗާޓަރު ކުރިއަށް ގެންދިއުމުގައި ކޮމަންވެލްތުގެ ޒުވާނުންނަށް އޮތް ފުރުސަތުތަކާ ބެހޭގޮތުން ކަަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި އިވެންޓަށްފަހު ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންނާއި އިސްވެރިން ތަމްސްލުކުރައްވާ މަންދޫބުން ވަނީ ހިޒް މެޖިސްޓީ ޗާލްސް ތިންވަނަ އާއިއެކު ރަސްމީފޮޓޯ ނެންގެވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މި މެއިމަހުގެ 6 ވަނަ ދުވަހު ވެސްޓްމިންސްޓަރ އެބީގައި ބާއްވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަހުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރަދުން

    މޑޕ އަކީ އިނގިރޭސީންގެ އިސްތިއުމާރުދެކެ ވަރަށް ލޯބިވާ ޕާޓީއެއް

    14
    2
  2. ތަގެ

    ޢެމް ޑީ ޕީ އަކީ އެތަނުގެ ގުދަނަކުން ނުކުތް ހާންޑީއަކަށް ވާރުތަ ެ. ޢަރާފަ އޮތްލާދީނީ ބައިގަނޑެއް. މިގައުމަކަށް ރަނގަޅު ބައެއްނުން. ާ
    ދިވެހި ޢިލްމީ ތަޖުރިބާހުރި މީހުން މި ގައުމަށް އެކަންސާބިތު ކޮށްދީފި

  3. ނަޓުވަރު

    ތިޔައީ ކަލޭގެ އެންމެފަހުގެ ބައިވެރިވުން ދެންފެންނާނީ ތޭރިތަކުގެތެރެއިން.

  4. Anonymous

    ޖޭއެސްސީ އިސްލާހުގެ ވާހަކަ އެއީ ވޯޓް ހޯދަން އެމްޑީޕީ ކުޅުނު ގޭމެއް ބޮޑު ތިލަފަތް ޖަހައިގެން އުޅުނީ ވެރިކަން ހޯދަން ރައްޔިތުންނަށް ލަޑުދީފަ، ނަޝީދު އިބޫ އުޅެނީ ހަތުރުން ކަމަށް ހެދިގެން އެއީ ހަމަ އެކައްޗެއް ކަމެއް ނުކުރާން މިހާރު އުޅެނީ، ސިޔާސީ ވަފާތެރި ކެހިވެރިން ބައިތުލް މާލު ޖީބަށްލެވޭތޯ ބަލަނީ ! ކޮމަންވެލްތު އެއީ އިސްތިއުމާރީ ބޮޑުކުޑަ، އިގިރޭސިން ޤައުމުތަށް ލޫޓުވައިގެން ކައިބޮއިއުޅުނު ބަޔެއް ނުންތޯ، ފަލަސްތީނުގައި ޔަހޫދީން ވަޒަންވެރި ކުރުވާ ފަލަސްތީނުގެ ކިޑަކިދިން ޝަހީދު ކުރުމުގައި ވާޤިވެރިވާ އިގިރޭސިން !

  5. އަހަންމަދު

    ތީތި ތިޔޮއް ރޫޅެނީ. ދިވެހިރާއްޖެ އަވަހަށް ކޮމަންވެލްތުން ވަކިވޭ! ދިވެހިން ތި ކޮމަންވެލްތެއް ބޭނުމެއްނުވޭ! މިހާރު އާއްމުންގެ ވޯޓެއް ނެގިޔަސް %70 ބޭނުންވާނީ ވަކިވާން! މުޖައްރިބު!

  6. Anonymous

    އޭމޑީޕީ އުފައްދާ ދިނީ އިގިރޭސިން ދިވެހި ރާއްޖެ ފަސާދަކުރަން ޑިމޮކްރަސީއޭ އަދުލުގެ ބޮޑު ތިލަފަތް ކުރަހައިގެން ވީމާ އިގިރޭސިންދެކެ އެމީހުން ލޯބިވާނެތާ ހާޤީގަތަކީ މިހާރު މިއޮތީ އިގިރޭސިންގެ ތެރޭގައިވެސް އޮންނަ ގޮތަށް ބޮޑު މީހާޔަށް ބޮޑުކޮށް ނިކަން ބަލާބަލް އެއުޅޭ ފުލެޓް ދޮންބޭ ޑިމޮކްރަސީގެ ކާފަ ކަމަށް ހެދިގެން އުޅުނު ނަޝީދު އުޅޭގޮށް ކުރީގެ ރައިސޭ ކިޔާއިގެން އެއްލައްކަ ފަންސާސްހާސް ރުފިޔާ މަޖިލިސް ރައީސުގެ މުސާރަނަގާ ބޮޑު ގަޑުވަރެއް ހަދައިގެން މުޅި މަގު ހިފައިގެން މީނަ ދާއިރުވެސް މުޅިމަގު ހިފައިގެން އުޅޭ ކުޑަބޭކަލުން މީނަގެ އަރިމަތިންވެސް ބަޔަކަށް މަގުހިގޭވަރެއް ނުވޭ، ބޮޑު ނުފޮރުއްޕާނެ، މިމީހުންގެ ޑިމޮކްރަސީ !

  7. ފިޔަވަޅު

    ރައްޔިތުން އަތުން އެކިފާޑުފާޑުގެ ޓެކުސްތައް ނަގާ މީސްތަކުން ހަނާކޮއްފަ މަޝްހޫރްވާން ތަންތަނައް ގޮސް ފޮޓޯތައް ނުނެގިޔަސް ހެޔޮ .
    ﷲ އިރާދަ ކުރެއްވިއްޔާ މިފަހަރު ނުހޮވޭނެ .

  8. ބަގުއްޑޭ

    ކޮން ވެލްތް އެއްބާ ކޮމަންއީ މިދެން ވ ދެރްވަރު ނިކަމެތިކަން އިހުސާސްކުރުވަން އަޅުވެތިކަމުގެ ރަހަ ފިލާދިޔަނުދިނުން މީގެ ހަމައެކަނިބޭނުން

  9. Anonymous

    ކައްވަޅުގައި ކޮންމެ މީހަކުވެސް ހަމަ އެކަނި.
    ޙަވާލުވެފައިވާ އަމާނާތާއި މެދު ސުވާލު ވެވޭނެ. ޖަޒާވެސް ލިބޭނެކަން އަންގަވާފައިވަނީ. އެދުވަހު ތިޔަ ކޮމަންވެލްތެއް، މަޤާމު ދިފައިތިބި މީހުން ނުތިބޭނެ. އެދުވަހަށްޓަކައި ބިރު ވެތިވޭ