އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ, ބަދުއަޚުލާގީ މައްސަލައެއް ފުލުހުން ބަލަންފެށީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ, އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލެއް އާއްމު ތަނެއްގައި ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސަމާލުކަމަށް އައުމާ ގުޅިގެން ކަމަށެވެ.

އިތުރު ތަފްސީލެއް ފުލުހުން އާންމުކޮށްފައިނުވި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އިއްޔެ ސޯޝަލް މީޑިއާގައި އާއްމު މީހަކު ޕޯސްޓްކުރި ވީޑިއޯއަކުން ދެ މީހަކު އާއްމު ތަނެއްގައި ބަދުއަހުލާގީ މަންޒަރު ހިންގާތަން ފެނެއެވެ. އެއީ މާލޭ ސަރަހައްދުގައި ހިނގި ކަމެއް ކަމަށްވެސް ވީޑިއޯ އާއްމު ކުރި ފަރާތުން ބުނެފައި ވެއެވެ،

މާލެ އާއި ހުޅުމާލެ ގައި ވެސް އެކަހެރިކޮށް އޮންނަ ތަންތަނުގައި ބަދުއަހްލާގީ އަމަލުތައް ހިންގުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް އެފަދަ މައްސަލަތައް ގިނަ ފަހަރަށް ބަލައި، ފިޔަވަޅެއް ނާޅާ ކަމަށް އިއްޔެ ވެސް ގިނަ ބަޔަކު މީސް މީޑިއާގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަގުޑި

    ދެންވެސް އެކުދިން އެ ޖިންސީ ގުޅުން ހިންގާ ތަންތަނުގަ މާލޭ ސިޓީ ކައުންސިލުން ދީނީ އާޔަތްތަކާ ހަދީސްތައް ހަރުކޮއްފަ ބަހައްޓަބަލަ. އޭރުން އެކުދިން ބިރުން ޖިންސީ ގުޅުން ނުހިންގާ މިސްކިއްތަކައް ދުއްވައިގަންނާނެ. ކީއްވެތަ ކަލޭމެނައް ހައްލު ނޭގިގެން ތިއުޅެނީ...$#@!؟ އަޖާއިބެކޭ!!!!

    1
    2
  2. އަހުލަމް

    އެއީ ދެމަފިރިން އެހެންވީމާ ހިންގި ގުޅުމަކީ ރަނގަޅުގުޅުމެއް އެކަމަކު އާންމު ތަނެއްގައިވީމާ ދެރައީ..