ބ. އަތޮޅު އޭދަފުށީގައި ދެ ސައިކަލެއް ޖެހިގެން އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހާލު ސިރިއަސްވި ޒުވާނާގެ ހާލު ރަނގަޅު ކަމަށް އާއިލާއިން ބުނެފި އެވެ.

އެރަށުގައި ބަނދަރު ސަރަހައްދުގައި ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަނިޔާވެގެން ދެ ފިރިހެނަކު އޭދަފުށީގައި ހުންނަ ހޮސްޕިޓަލަށް ގެންދިޔަ އެވެ.
އަދި އޭގެ ތެރެއިން އަނިޔާވި ޒުވާން މީހާގެ ހާލު ބޮޑުވެގެން ރޭ ވަނީ މާލެ ވެސް ގެނެސް އޭޑީކޭގައި ފަރުވާ ދޭން ފަށައިފަ އެވެ.
އެ ޒުވާނާގެ ބައްޕަ ބުނީ ދަރިފުޅުގެ ހާލު ރަނގަޅު ކަމަށާއި ޓެސްޓުތަކުން މާބޮޑު ގެއްލުމެއް ލިބިފައި ނެތް ކަމަށް ދައްކާ ކަމަށެވެ.
އެހެން ނަމަވެސް އަދިވެސް އޮތީ އެޑްމިޓްކޮށްފަ އެވެ.
އޭދަފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއިރު މި ފަހަކަށް އައިސް މާލޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި ދެމަސް ދުވަސްތެރޭގައި މާލޭ ސަރަހައްދުން އެކްސިޑެންޓްތަކުގައި ދެމީހަކު ވަނީ ނިޔާވެފައެވެ.
ތާރު އަޅައިގެން ތަރައްގީ ކޮށްފައިވާ އަމީނީ މަގުގެ ސަރަހައްދުގައި މިއަދު ހެނދުނު ކާރަކާއި ސައިކަލެއް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެ ސަައިކަލު ދުއްވަން އިން މީހާއަށް މިހާރު ދަނީ ފަރުވާ ދެމުން ނެވެ. އޭނާއަށް ލިބުނު ގެއްލުންތައް އަދި ސާފެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު