ސަރުކާރާ ދެކޮޅު ހަރަކާތް ހިންގާ އައްޑާއަށް ރައްޔިތުން މިޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ހަދައިފި ކަމަށް ރައްިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން މަޖިލިސް މިހާރު ވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅު ހަރަކާތް ހިންގާ އައްޑާއަކަށް ނަޝީދު ބަދަލުކުރައްވާފައި ކަމަށެވެ.

ގާނޫނަކަށް ގަވައިދަކަށް ބެލުމެއް ނެތި މަޖިލީހުގެ ރިސޯސަސް ބޭނުން ކުރައްވަނީ ނަހަމަގޮތުގައި ކަމަށެވެ. މިއީ ރޫލް އޮފް ލޯ ފުވެހިދާނެފަދަ ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވި އެވެ.

"މަޖިލިސްގެ ރައީސް އެއްވެސް ވަރަކަށް ގަވައިދަކަށް ގާނޫނަކަށް ބަލާލުމެއް ނެތި އިދިކޮޅު ފަރާތްތަކާއި ގުޅިގެން ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ ހައްގަށް އަރައިވަޑައިގަންނަވަމުންދަނީ. ރައްޔިތުން ބޭނުންވާ ބިލްތައް ފަހަށް ޖައްސާފައި ކޮންމެ ދުވަހަކު ސަރުކާރަށް އެއްޗެތި ގިވަން ގަރާރު ކުރިއަށް ގެންދަވަނީ." މަވޯޓާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކަށްވާތީ ނަޝީދު ވިއަސް ގާނޫނު މުގުރަން ދޫކޮށްލާފައި ބެހެއްޓުމުން އެ ދެވެނީ ވަރަށް ނުރައްކާތެރި މެސެޖެއް ކަމަށް މަވޯޓާ ވިދާޅުވި އެވެ.

މަވޯޓާ ވިދާޅުވީ އެއްވެސް މީހަކު ގާނޫނަށްވުރެން މަތީގައި އޮޕަރޭޓް ކުރަން ދޫކުރުމަކީ ގާނޫނުގެ ހުރުމަތް ކެނޑިގެންދާނެ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އއ

    އައްޑާއަކަށް ހެދިޔަސް ހަރުގެއަކަށް ހެދިޔަސް ނަޝީދަށް ފިޔަވަޅެއް އަޅާހައި ހިތްވަރެއް ނެތެވެ.

    14
    1
  2. ޑައެލޯގް

    ދައުލަތުގެ ޚަޒާނާ ލޫޓުވާސަރުކާރަކަށް އިބޫއާއި މަވޯޓާހަދައިފިއެވެ.

    5
    1
  3. ލޮލް

    ތިޔަބުނާ ކުރުސީބެ މަޖިލީހުގެ ރައީސްކަމުން އަދި މިގައުމުންވެސް ބޭރުކުރަން އަޅުގަނޑުގެ އަދި އަޅުގނޑުގެ ސަޕޯޓަރުންގެ ފުރިހަމަތާއީދުލިބޭނެ. ތިޔަމަޖިލީހުގަ ތިބި ސަރުކާރު މެމްބަރުންނަށް ކެރޭނެތަ މިކަންކުރަން؟

  4. އަހްމަދު

    މަޖިލީހަކީ ސަރުކާރަށް ސަނާކިޔަންއޮންނަތަނަކަށްވެސް ވެގެންނުވާނެ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީކުރަންއޮންނަތަނެއް އެކަމު ތިމަޖިލީހަކީމިހާރަ ސަރުކާރުންފޮނުވާ ބިލްތަކުގަ ރަބަރުސްޓޭންޕްޖަހަންއޮންނަތަނަކަށް ހަދައިގެން ޝަރީފްމެންތިޔައުޅެނީ