ސަރުކާރާ އިދިކޮޅު ޕާޓީތަކުން ގެންގުޅެނީ ސިޔާސީ އަމިއްލަ އެޖެންޑާއެއް ކަމަށާއި ރާއްޖޭގެ ކަނޑުން އެއްވެސް ބައެއް ނުގެއްލޭ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޗާގޮސް މައްސަލައާ ގުޅިގެން އިދިކޮޅުން އަންނަނީ ތަފާތު ވާހަކަތައް ފަތުރަމުންނެވެ.

މިކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ދިވެހި ގައުމުގެ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދު (އިންޓަނޭޝަނަލް މެރިޓައިމް ބައުންޑަރީ ލައިން) މިހާރު ކަނޑައެޅިފައިވާ ކަމަށެވެ. އަދި ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހުން ފެށިގެން 58 އަހަރު ދުވަސް ވަންދެން ހައްލު ނުވެ އޮތް މި މައްސަލަ، ސުލްހަވެރިކަމާއެކު ހައްލުކުރެވުނީ ދާދިފަހުން އިންޓަނޭޝަނަލް ޓްރަބިއުނަލް އޮފް ދަ ލޯ (އިޓްލޮސް) އިން ރާއްޖެއާ އެއްކޮޅަށް ނިންމި ނިންމުމަކުން ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖެއަށް ބޮޑު ކާމިޔާބީއެއް ލިބުނީ ބްލެންހައިމް ރީފަކީ މިންކުރާ ނިޝާނަކަށް ވާންޖެހޭ ކަމަށް މޮރިޝަސްގެ ޙުއްޖަތްތައް ދޮގުކޮށް، އެއީ ޓެރާ ނޫލިއަސް ނުވަތަ އެއްވެސް ބަޔަކަށް މިލްކު ނުވާތަކެއް ކަމަށް ބުނެ ކުރި ދިވެހިރާއްޖޭގެ ދައުވާތަކަށް ބާރުލިބޭ ގޮތަށް މައްސަލަ ނިމުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިޓްލޮސްގެ އެވޯޑްގެ ދަށުން ރާއްޖެއަށް ލިބުނީ މައްސަލަ ބޮޑުވެފައި އޮތް 95،000 އަކަކިލޯމީޓަރުގެ ކަނޑުގެ ސަރަހައްދުން 47،232 އަކަކިލޯމީޓަރު ކަމަށާއި އަދި މޮރިޝަސްއަށް ލިބުނީ 45،331 އަކަކިލޯމީޓަރުގެ ބައެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ސަރަޙައްދު ގެއްލުނު ކަމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ރާއްޖެއަށް އެއްވެސް ގެއްލުމެއް ނުލިބޭ ބޮޑު ކާމިޔާބެއް ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ރައީސް ސޯލިހު ބަދުނާމުވާ ގޮތަށް ވާހަކަތައް ފަތުރަމުންދަނީ އެމީހުންގެ ސިޔާސީ މަގްސަދެއް އޮތުމުން ކަމަށާއި އެއީ މުޅިން ދޮގު ވާހަކަތައް ކަމުގައި ޝަރީފް ވިދާޅުވިއެވެ. ޒިންމާދާރުކަން ކުޑަ އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރާ ގޮތަށް ރާއްޖެއަށް މަސްވެރިކަމުގެ އެއްވެސް ތަނެއް ގެއްލިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވާ ގޮތުގައި ޗާގޮސްގެ މައްސަލަ ނިމުނު ގޮތުން ރާއްޖޭގެ ދެކުނުގެ މަސްވެރި ކަނޑުތަކުގެ މައްޗަށް ގާނޫނީ ގޮތުން އަދި ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ، ބާރު ލިބިއްޖެއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލަ، ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން) އިން ވަނީ ނިންމައިފައެވެ. ރާއްޖެއާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މާޟީ

    ހޭ ބުއްދި ފިލާފަތިބޭ މީހުނައް ވިސްނޭނީ މިކަހަލަ ގޮތަކައް

    19
  2. ކޮވިޑް

    މަ ވޯޓާ ކަލޭވެސް ދެން އަވަހަށް ފުއްމާލާނެ ފެން ކޯރެއް ހޯދާ؟

    20
  3. ޢާދަނާ

    ކަލޭތީ ކަރަޕްޝަނުންހޯދާ ނަހަލާލުފައިސާއިން އަނބިދަރިންނަށް ކާންދީ ބަލަހައްޓާ ހަރާމީއެއް، ކަލޭގެ ދަރިންގައިގަހުރީވެސް ހަރާމްތަކެތިކައިގެން އުފަދިފަވާލޭ! ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކޮށްގެންއުޅޭ ބޮޑުވަގެއްތީ!

  4. ހުސޭނުބޭ

    ކަލޭގެ ދަރިޔަށް އެމްބަސީން ހައްޤުނޫން ފަޒީފާ ހީދާދީގެން މަހަކު ދެލައްކަ ރުފިޔާ ސަރުކާރު ބަޖެޓުން ނަގައިގެން އެއީ ޤައުމީ އެޖެންޑާ ދޯ!

    27
  5. އާމިނަތު

    ޢެންމެންވެސް ގެންގުޅެންވީ މީނާދޭ އެޖެންޑާއެއްތަ ހަމަ ވަގުތެއްނާދޭ އެންމެވަގުތެއްވެސް

  6. ޢަހުމަދު

    ދެން ކަލޯ އެޖެންޑާއެއް ދޭންވީނު.

  7. ސީމް

    އެއްވެސް މިންވަރަކަށް ހެއްދެވިފަރާތް ދެކެ ބިރެއް އހުސާސް ނުކުރެވެނީތޯ.؟ މާތް ރަސްކަލާންގެ ޝަރީފުގެ ހިތަށް އެކަލާނގެ އަޒާބުގެ ބިރުވެރިކަން ވައްދަވައި އިސްލާހު ކުރައްވާށި.

  8. ސެންޗޯ

    މަމޯޓާ އަކީ ގަދަބޭފުޅެއް

  9. ނަދީމް

    ތިމާގެ އަމިއްލަ އެޖެންޑާ މާބޮޑުކަން އަދީބުގެ ބަޔާންތަކުންވެސް ރައްޔިތުންނަށް އެނގޭ. އަމިއްލަ އެދުމައިގެން ހުސްވެފަ ތިހުންނަވަނީ. އިއްޒަތްތެރި މެމްބަރު.

  10. ބުހުތާން

    ހަޤީޤަތަކީ މިއުޅޭނީ ކަނޑުން ބައެއް ގެއްލިގެންނެއްނޫން ކުރިއަށް އޮތީ ރިޔާސީ އިންތިހާބް އެހެންވީމާ އިދިކޮޅުން ވިއްކާނެ މާގިނަ އެއްޗެއް ނެތުމުން ދައްކާ ވާހަކަތަކެއް..........

    1
    5
  11. ކޮބަޑި

    އަމިއްލަ އެދުންބޮޑު ވޯޓަރއެއްމީ ތިގޮތުގަކަލޭހުރޭ ތިޔައީ މިވަގުތަށް ކަލެއަށް އެންމެ ފައިދާބޮޑު ގޮތް އާހިރުގަކަލޭ ބޮތަނުން ފެއިލްވެ ރަށްޔަތުންނަށް ޖަވާބުދާރީ ވާންޖެހޭނެ.