މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ހައްޖާޖީން ފުރުވުމުގެ އެންމެހައި އިންތިޒާމްތައް އެންމެ ފުރިހަމަ އަށް ގެންދެވޭނެ ގޮތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއި ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު އޮތް ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ 2019 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ހައްޖުވެރިންގެ އިންތިޒާމްތައް ކަމާބެހޭ ހުރިހާ މުއައްސަސާއަކުން ގުޅިގެން ކުރިޔަށް ގެންގޮސްފައިވަނީ ވަރަށް ފުރިހަމަށްއަށް ކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ.

"ހައްޖާޖީންގެ ކަންކަން ވީހާވެސް ގާތުން ބަލައި އެންމެހާ އިންތިޒާމްތައް ވީހާވެސް ފުރިހަމަޔަކަށް ގެންދިޔުމަށް ރައީސް އަންގަވާފައި ވަނީ. އެހެން ކަމުން އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ހައްޖާޖީންގެ އިންތިޒާމްތައް އެންމެ ފުރިހަމަޔަށް ކުރުމަށް ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުންނާއެކު ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތްތައް ވީހާވެސް ފުރިހަމަޔަށް ގެންދަންވާނެ." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ހައްޖާޖީން ފުރުމަށް އެއާޕޯޓަށް ގެންދިއުމުގެ އެންމެހާ އިންތިޒާމްތައް މި ފަހަރުވެސް ސަރުކާރުން ވީ އެންމެ ރަނގަޅަކަށް ކޮށްދެއްވާނެއެވެ.

މި އަހަރު މިހާތަނަށް ރާއްޖެއިން ހައްޖަށް ދިޔުމަށް ކޯޓާ ލިބިފައިވަނީ 1000 މީހުންނަށެވެ. އަދި، ހައްޖާޖީން އެއާޕޯޓަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާލެ އާއި، ހުޅުމާލެއާއި، ވިލިމާލެއިންނެވެ. މިގޮތުން ބަސްތަކާއި ފެރީ އަލި ލޯންޗް މެދުވެރިކޮށް ހައްޖާޖީން އެއާޕޯޓަށް ގެންދިޔުމުގެ އިންތިޒާމްތައް މިހާރު ދަނީ ކުރެވެމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހަންމަދު

    75 ހާސް ރިޝްވަތު ދީގެން ކުރާ ހައްޖު
    ގެ ދަރުމަ އަކީ ކޮބައިކަން ރައްޔިތުންނަށް
    އޮޅުންފިލުވައި ދިނުން ކަހަލަ ބޭނުންތެރި ކަމެއްގަ ވަގުތު ހޭދަކުރެއްވުން ނައިބު ރައީސްއަށް މާ އައުލާ!
    75 ހާސް އިތުރުން (އެއްވެސް ރަސީދެއްނުދީ) ނަގައިގެން މީހުން ހައްޖަށް
    ގެންދާ ގުރޫޕުތަކުގެ ޝޭޚުން މީ ކޮންކަހަލަބައެއް!
    ކެއުމުގެކުރިން އެކާނާއަކީ ޙަލާލު ކާނާއެއްތޯ ބަލަން ސުންނަތުގައި އޮންނަކަމަށް މިޝޭޚުން ބުނޭ، އެކަމަކު
    މިމީހުން އުޖޫރައަށް ގުރޫޕުތަކާއެކު ހައްޖަށްދާއިރު އެގުރުޕުތަކުން އެކުރަނީ ހަލާލު ވިޔަފާރިއެއްތޯ ބަލާކަށްނުޖެހޭ!

  2. Anonymous

    ތިކަން ނިމޭއިރު އެކި އެކި ޕާރޓީތަކުގަ ތިބި މީހުން މަމެން ޕާރޓީ އަށް ބަދަލު ކުރެވުނިއްޔާ ރަގަޅުވާނެ.

  3. މޫސަ

    ހައްޖަށް މީހުންގެންދާ ގްރޫޕު ތަކުން މީހުންއަތުން ފައިސާ ފޭރުން ހުއްޓުވަން ކުރެވޭނެ ކަމެއް ނެތްދޯ؟އެހެން އެ ވަނީ ބައިއަޅައިގެން ކުރާތީ. މިކަމާ ކަންބޮޑުވެގެން ސަރުކާރަކުންވެސް އިސްލާމިކް މިނިސްޓްރީ އޭ ތިޔަ ކިޔާތާކުން ވެސް އުޅޭތަނެއް ނުފެނޭ.

    • އަހަންމަދު

      އެޔަކީ ނޭގޭތީއެއްނޫން. ބައި އެޅޭތީ!

  4. ރަން ރީނދޫ

    ސޭޓް އަނީލް އަށް ބައި އަޅަނިކޮށް ހުރިހާ ކަމެއް ހަމަ ޖެހޭނެ.

  5. Anonymous

    ހައްޖާއި ޢުމުރާވެރިންގެ ހިމާޔަތުގައި އަސްކަރީ ޔުނިފޯމްގައި ދިވެހި އަސްކަރުއްޔާގެ ބޭފުޅުން އުޅުމަކީ އުފާވާކަމެއް، ހަމަ އެފަދައިން ދިވެހިރާއްޖޭގެ ސަރަހައްދު ހޯދާ ބެލެހެއްޓުމުގައިވެސް ތިޔަފަދަ ޖޯޝާއި ހިއްވަރު ދައްކަންޖެހޭ އޭރުން ދިވެހިން އުފާވާނެ !