މާދަމާ ހެނދުނު މާލޭގެ މައްޗަންގޮޅީގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން މިރޭ ބުނެފިއެވެ.

މާލޭގެ އެކި ހިސާބުތަކުގެ ކަރަންޓް ވިއުގާ އަޕްގްރޭޑް ކުރުުމުގެ މަސައްކަތް ސްޓްލެކޯއިން ދަނީ ކުރަމުންނެވެ. މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ބައެއް ހިސާބުތަކުން ކަރަންޓް ދެއެެވެ. އެހެން ނަމަވެސް ސްޓެލްކޯއިން އެ މައުލޫމާތު ކުރީބައިގައި ދެއެވެ.

ސްޓެލްކޯއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އެ ކުންފުނިން ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު 6:00 އިން 8:30 އަށް މައްޗަންގޮޅި ބޮޑު ބަޔަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަަމަށެވެ.

ކަރަންޓް ކެނޑިދާނެ ކަމަށް ބުނެފައިވާ ހިސާބުތަކަކީ

  • ނިކަގަސް މަގު
  • މަޖީދީ މަގު
  • ރައްދެބައި މަގު
  • ދަނބުރު މަގު
  • އަނޯނާ ގޯޅި
  • ސައްޔިދުކިލޭގެ ފާނު މަގު
  • ދިލްބަހާރު މަގު
  • ބޮޑުފުޅަށް ގޯޅި

ސްޓެލްކޯއިންވެސް މައުލޫމާތު ދޭގޮތުގައި، މި ސަރަހައްދުތަކުން މިވަގުތުތަކުގައި ކަރަންޓް ކެނޑޭނީ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތްތައް ކުރިއަށް ގެންދާތީއެވެ.

"ދިމާވެދާނެ ދަތިތަކަސް މާފަށް އެދެން". ސްޓެލްކޯއިން ބުނެފައި ވެއެވެ.