މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކަށް ބަންދު މުއްދަތު ޖަހަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިޔަ އިރު މަސްތު ވެގެން އިނުމުން އޭނާގެ ބަންދަށް ކުރު މުއްދަތެއް ދޭން ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމި ފަނޑިޔާރު ނިންމަވައިފިއެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ކ. ތުލުސްދޫ އަަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ މުހައްމަދު އިސްމާއީލް ކިޔާ މީހެކެވެ. އޭނާގެ ބަންދު މުއްދަތު ޖަހަން އިއްޔެ ކޯޓަށް ގެންދިޔައިރު އޭނާ ހުރީ މަސްތުވެގެންނެވެ.

ޝަރީއަތުގެ މަޖިލީހުގައި ނިދިޖެހި އަދި ދިފާއުގައި ވާހަކަނުދެއްކުމުގެ ސަބަބުން އޭނާގެ ބަންދަށް ފަނޑިޔާރު ދިނީ އެންމެ ފަސް ދުވަހެވެ. އޭނާއަށް ބަންދު މުއްދަތު ޖެހި ކޯޓު އަމުރުގައި ބުނާ ގޮތުގައި، ބަންދު މުއްދަތު އިތުރުކުރަން ބޭނުންނަމަ އެ މުއްދަތު ހަމަވުމުން އަލުން ކޯޓަށް ހާޒިރުކުރުމަށް މައްސަލަ ބަލާ އޮފިސަރަށް ކޯޓުން އަންގާފައިވެ އެވެ.

މުހައްމަދު އިސްމާއީލަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. އިއްޔެ އޭނާ ކޯޓަށް ހާޒިރު ކުރިއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

ހައްޔަރުކޮށް ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރާ މީހުންނަށް ދިފާއުގައި ވާހަކަ ނުދެއްކޭނަމަ މީގެ ކުރިން ވެސް ބަންދުގެ މުއްދަތައް ދެނީ ގިނަ ވެގެން ފަސް ދުވަހެވެ. ރާއްޖެއަށް ދާދިފަހުން މަސްތުވާތަކެތި އެތެރެ ކުރި މީހަކު ވާހަކަދައްކާ ބަސް އެނގޭ ތަރުޖަމާނަކު ނެތިގެން އޭނާ އަށް ވެސް ކުރު ބަންދުގެ މުއްދަތެއް ކޯޓުން ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޮލް

    ހާދަ ރަނގަޅޭ

  2. ދިމާކުރާތީ

    ހެހެހެ ޑިމޮކްރަސީއަކާހެދި ގައުމުގެ އިޖްތިމާއީ ފޭރާން ހަލާކުވެއްޖެ!

  3. Anonymous

    ނޫސްވެރިން މީ އިޖްތިމާއީ ފޭރާން ހަލާކުކުރުމުގެ އެއްބައެއް. ފިތުނަ އުފައްދާބައެއް.

  4. ސޯލިބޭ

    ލޮލް މަސްތުވެފަ އިން ގާޒީއެއް ޗޯއްޗެ ތައްގަނޑުވެސް ތިޔަ ޖެހީ