ޖުވާ ކުޅުން އިސްތިހާރު ކޮށްފައި ހުންނަ ސްޓިކާތަކެއް މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހަރުކުރަމުން އެބަގެންދެއެވެ. އެކަން ސަމާލުކަމަށް އައިސް ބައެއް ފަރާތްތަކުން އަންނަނީ މީސް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ތަތްކޮށްފައި ހުރި ސްޓިކާއެއްގައި އިސްތިހާރު ކޮށްފައި ވަނީ ދުނިޔެއަށް މަޝްހޫރު ޖުވާ ކުޅޭ ވެބްސައިޓެކެވެ. އެވެބްސައިޓްގެ ނަމުގެ އިތުރުން ވެބްސައިޓަށް ވަދެވޭނެ ލިންކެއްގެ ކިއުއާރް ކޯޑު އިސްތިހާރުގައި ހިމަނާފައި ވެއެވެ. ކިއުއާރް ކޯޑުން ވަދެވޭ ލިންކަކީ އެފިލިއޭޓް ލިންކެކެވެ. އެހެންކަމުން ޖުވާ ކުޅެގެން ލިބޭ ފައިސާގެ ކޮންމެވެސް އިންސައްތައެއް އިސްތިހާރު ކުރާ ފަރާތައް ލިބޭނެއެވެ.

ޖުވާ ކުޅުން އިސްތިހާރުކޮށް މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކުގައި ތަތްކޮށްފައިވާ ސްޓިކާތަކުގެ ބައެއް ފޮޓޯތައް ވަނީ ޓްވިޓާގައި އާއްމު ވެފައެވެ.

ޓްވިޓާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ވަނީ ވަރަށް ގިނަ އަދަދެއްގެ މިބާވަތުގެ ސްޓިކާ ތަތްކޮށްފައެވެ.

ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި ޖުވާ ކުޅުން ވަނީ ވަރަށް ބޮޑަށް އާއްމު ވެފައެވެ. ގިނަ ބަޔަކު އޮންލައިންކޮށް ޖުވާ ކުޅޭ ކަމަށާއި، ޖުވާ މޭޒުތައް ހިންގުމާއި، ޖުވާ ކުޅުމުގައި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި، ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާއި ކައުންސިލަރުން ވެސް ހިމެނޭ ކަމަށް ބައެއް މީހުން ބުނެއެވެ.

މާލެ އާއި ހުޅުމާލޭގައި ޖުވާ ކުޅުން އިސްތިހާރު ކުރަމުން ގެންދިޔަ ނަމަވެސް އެކަމާއި ދެކޮޅަށް އަދި އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް އެޅި ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހޮއްކޮބެ

    ތީވާނީ މިއުޅޭ ފިކުރުގެ ދިރުމުގެ ކަމަކައް

    20
    7
  2. ޖުވާ ސަރުކާރު

    ޝުކުރިއްޔާ ކޯލިޝަންގެ ހުރިހާ އެންމެނަށް. މިއީތޯ ތިކިޔާ ހެޔޮވެރިކަން؟ ޕިސް ޕިސް

    32
    1
  3. ާނަބާ

    سبحا ن الله އަތުވެދާނެ ކޯފާއަކަށް ބިރެއްވެސް ނުގަންނަނީތަ ؟؟

    42
  4. ދަންޑަހެލި

    ކޮބާ މުއިއްޒުނެރުނު ބިންބިފޯސް

    7
    32
  5. Anonymous

    އިސްލާމިކު މިނިސްޓަރު ކޮބާތޯ.
    އަވަހަށް ފިޔަވަޅު އަޅުއްވާ. ހުރިހާ ކަމެއްވެސް ރައްޔިތުން ހަޅެއްފަޅެއް ޖެހީމަ މިހާރު ކުރެވެނީ.
    މިކަންކަން މިހެން ހުއްޓާ އިތުރު ދައުރެއް ހަމަ ދޭންވީތޯ

    34
    • ޖާބިރު

      މޮރޮކޯގަ އަންހެނަކު ހޯދަނީ އިންނާނެ..

      • މުޙައްމަދު123

        މޮރޮކޯއިން އިންނަން މީހަކު ހޯދުމުގައި ކޮބައިތަ މައްސަލައަކީ. ބެންކޮކަށް ގޮސް ނުއިދެ ކުރީމަ އޯކޭދޯ.

  6. ކަހުރަބު

    ތީ މި ލާދީނީ އެމް ޑީ ޕީ ވެރިންގެ ހިމާޔަތުގަ ކުރެވޭ ކަންތައްތައް ، ފަކުރެއްގެ ދިރުން ވެސް އެއީ ހަމަ އެކައްޗެެއް

    33
  7. ހައިރާން

    ޖުވާ އެކަނިތޯ؟ ފަތިސް ނަމާދަށް ބަންގިގޮވާ ވަގުތު ހުޅުމާލޭގެ ފަރުކޮޅުފުއްޓާ ވީ ފަޅިން ސައިކަލްތަކުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން އަންނަނީ ކޮން ކަމެއްކޮށްފައިތޯ ބަލާލާނެ މީހަކު އެބައުޅޭތޯ؟

    15
  8. ޑައެލޯގް

    މިސަރުކާރަކީ ބިރަކާނުލާ މަޖާކުރެވޭ ސަރުކާރެވެ. އެހެންވެ ލާދީނީ ތިކަހަލަކަންކަން ގިނަވާނެއެވެ. ޖާބިރުލައްވާ މަޖިލިހަށްވެސް ކެސީނޯހުއްދަކުރަންލީ މިސަރުކާރު އަޑީގައި އޮވެގެނެވެ.

    15
  9. ޖާނޭ

    ތިޔަ ކަމަކީ ނުހުއްޓުވިއްޖެނަމަ، އޭގެ ނުރައްކާ އިންތިހާއަށް ބޮޑުވެދޭނެ ކަމެކެވެ. ވަރަށް ގިނަ ގިވެހީން މިނުބަައި ޢަމަލުގެ ވަބާގައި ޖެހި، މީހުން މއރުމާއި، ތަޅާފޮޅުން ފަދަ ޖަރީމާތައް އިތުރުވެގެން ހިގަެިދާނެ ކަމެކެވެ. ޕޮލިސް ސާރވިސް އާއި ހޯމް މިނިސްޓްރީން ފިޔަވަޅު އަޅަން ޖެހޭނެއެވެ. އިސްލާމިކް މިނިސްޓްރީން ޚުޠުބާ ތަކުންނާއި އެހެނިހެން ގޮތް ގޮތުން މީހުންނަށް ވިސްނައިދޭން ޖެހޭނެއެވެ.

    14
  10. ޖާބޭ

    ދަރިފުޅާ، ސްޓިކަރ ހިއްޕިޔަސް ނުހިއްޕިޔަސް ތިލިންކްތައް ވައިބަރ އިން އެބަފޮނުވާ! ތިކަންކުރާ އެތައްބަޔަކު އެބައުޅޭ، އަލްހާން ފަހުމީވެސް ކުރީ ހަމަ ތިކަން، އެހެނޭ ކިޔާފަކާ އެއވެސް މީހަކު ދީނުންބޭރުވެގެން ނޫޅޭ. މީހުން އަތުން ލާރިތަކެއް ގެއްލުނުކަން ފިޔަވާ އެހެންކަމެއްނުވޭ! ސަރުކާރުންވެސް ކަންބޮޑުވީ އަލްހާނު 100މިލިޔަނަށް އަރުވާލީމަ!

    6
    4
  11. Anonymous

    އިޔާޒުމެންގެ ޙާލުކޮޅު އަނެއްކާ ރަނގަޅު ބާ.
    ޚަބަރެއް ދަބަރެއް ނުވޭ. މިފަހަކަށްއައިސް އެއްވެސް ބަސްފުޅެއް ވިދާޅުނުވަނީ ކީއްވެބާ.
    އަދިވެސް ހަމަ ނަމާއެއްގޮތޯ
    ދެވަނަ ދައުރުވެސް ހޯދަދޭން ކެމްޕޭން ނުކުރައްވާ މިތިއްބަވަނީ އަނެއްކާ ކިހިނެއްވީ ތޯ. ނޫނީ މިހާރު ފަކުރެއްގެ ދިރުންތޯ ރަނގަޅީ

    14
    • އެމްބީއެސް

      ސައޫދީން ދޭ ލާރިގަނޑު ހުއްޓާލީމަ އަނގަ މައިތިރިވީ!

  12. މޮޔަމީހާ

    ޣައުމުގެ ތިބި ބޭރުމީހުން ބޭރުކޮށް ދިވެހިން ނަށް ވަޒީފާ ލިބެން ޖެހޭ، ، އޭރުން ކުށުގެ ވެށިން ޒުވާނުން މަދުވާނެ، ،ފިހާރައިގެ ކައުންޓަރު ގައިންނަނީ ބދޭސި އެއް، މަސްދޯނިގެ ކެޔޮޅަކީ ބިދޭސި އެއް، ޕވޓ ކާރު ގެ ދުއްވަން އިންނަނީ ބިދޭސި އެއް، ވޭޓަރުން ނަކީ ބިދޭސިން، ގަނެ ވިއްކަނީ ބިދޭސިން،، ވިޔަފާރި ވެރިން މިކަން ހުށްޓާނީ ،ބިދޭސިން އެތެރެވުން ކޮންޓުރޯލް ކޮށްގެން،،

  13. އަހައްމަދޫ

    ތިކަންތައްހުއްޓުވަން ފިޔަވަޅު އަޅަން ޖެހޭ މުއައްސަސާތައް ބޮޑުމުސާރަ ނަގައިގެން އަޅާނުލާ ފަހަތު ފަޔައް ބުރަވެ ލޯމަރާއިގެން އެއްބަޔަކު އަނެއްބަޔަކު ބޮލައް ކަނޑައިލައިގެން ތިބެންޏާ ތިހުރިހާ ކަމެއްވެސް އަދި މާބޮޑެތި ކަންތައްވެސް ހިނގާނެ