ސްރީލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓާރ ނުވަތަ ސޯސަން ވިލާގައި މިއަދު ކުރިއަށް ދިޔަ ފުޓްބޯޅަ މުބާރާތެއްގެ މެޗެއް ހޫނުވެ ތަޅާފޮޅުމަކަށް ބަދަލުވެއްޖެއެވެ.

ސޯސަން ވިލާގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތެއް މިއަދު ފެށިގެން ދިޔައިރު ހަމަނުޖެހުން ހިނގާފައި ވަނީ ފުޓްސަލް ސެމީ ފައިނަލުގެ ފުރަތަމަ މެޗުގެ ތެރެއިންނެވެ.

"އެމްޑީވީ ޔޫތު" އާއި "މައެސްޓްރޯ އެފްސީ" ބައްދަލު ކުރި މެޗުގެ ތެރެއިން އެމްޑީވީ ޔޫތު ޓީމުގެ ކުޅުންތެރިއެއް މައެސްޓްރޯގެ ކުޅުންތެރިއަކަށް ފައުލް ކުރުމާއި ގުޅިގެން އެ ކުޅުންތެރިޔާ ވަނީ ތެދުވެ ކޮޅުފައިން ޖަހާފައެވެ. މިގޮތަށް ޖެހި ވަގުތު އަނެއް ކުޅުންތެރިޔާ ވެސް އޮތީ ބިންމައްޗައް ވެއްޓިފައެވެ. އަދި ރެފްރީ ވަނީ ކުޅުން ހުއްޓާލަން ކަށިގަނޑު ވެސް ގޮއްވާފައެވެ. ނަމަވެސް, ކޮޅުފައިން ޖެހުމާއި އެކު ދަނޑުގައި ކުޅި ބަލަން ތިބި ސަޕޯޓަރުން ދަނޑު މައްޗައް އަރައި ދެ ޓީމުގެ ކުޅުންތެރިން ވެސް ހިމެނޭހެން ބޮޑު ތަޅާފޮޅުމަކަށް ވަނީ ބަދަލުވެފައެވެ.

މި ހަމަނުޖެހުން 5 ވަރަކަށް މިނެޓަށް ދެމިގެން ދިޔައިރު ބައެއް ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ. މިއާއިއެކު މުބާރާތް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކުރެވިފައެވެ. މިކަން ހިނގާ ދިޔަ ވަގުތު ސޯސަން ވިލާ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވެސް މަންޒަރު ފެންނަ ހިސާބުގައި ތިއްބެވެ.

ލަންކާ އަކީ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ގައުމެއް ކަމުގައިވާއިރު, މީގެ ކުރިންވެސް ސޯސަން ވިލާގައި ކުޅުނު ބައެއް މުބާރާތްތަކުގެ ތެރެއިން ތަޅާފޮޅުންތައް ހިނގާފައިވެއެވެ. އަދި މިއަދުގެ ހަމަނުޖެހުމުން ފެނުނު ބައެއް ކުޅުންތެރިންނަކީ މީގެ ކުރިން ސޯސަން ވިލާގައި ހިނގާދިޔަ ހަމަނުޖެހުންތަކުން ވެސް ފެނުނު ބައެއް ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ.

ފުޓްސަލް އާދި ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިންގައި ތަޅާފޮޅުމަކީ ކުޅިވަރުގެ ރޫހާއި މުޅިން ޙިލާފް އަމަލެއް ނަމަވެސް, ދިވެހިންގެ ތެރޭގައި މަދުން ނަމަވެސް މިފަދަ ކަންކަން ފެންނަމުން ދާކަމީ ހިތާމަ ހުރި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ސޯސަން

    ދިވެހިންގެ ތެރޭ މަދުން ހިގާކަމެއްނޫން ތިޔައީ!

    58
  2. އުސްތާޒް

    ކަންޑައެޅިގެން ދޮގު ހަބަހަރެއް، އެމްޑީވީ ވެޓަރަންސްގެ ކުޅުންތެރިޔާ ވެއްޓިފަ އޮއްވާ ފުޓުބޯޅާގެ ނަމުންނަމަ ގެބު ރެފްރީ ކަށިގަނޑު އަޅާފަ އިއްވާ ވެއްޓިފަ އޮތް ކުޅުންތެރިޔާގެ އަރިކަށީގަ ފައިދަމާފަ ޖެހިހިސާބުން ހަމަނުޖެހުން ހިންގީ، ނައުފަލް އަކީ އާންމުކޮށް މަސްލަހަތު ގެއްލުވާ ކުޅުންތެރިއެއް.

    30
    1
  3. އަލީ

    ޖޯރޭ ގާތުބުނޭ ތެދު މައުލޫމާތުދޭށޭ

    23
    1
    • މަ

      އަޅެ ވެއްޖެ ދޯ މިކަން ވީ ގޮތް ރަގަޅަށް ކިޔާދޭން، ފެށީ ކޮންބައެއް ކަން ވެސް އެބަ ޖެހޭ އިންގެން ނައުފަލް އަކީ ކޮންމެ ކަމެއްގަ ވެސް ފަނި ހަދާ މީހެއް މަ ބޮޑޭ

      • ދިވެހިބަސް

        އިނގޭ ކަށް ނުޖެހޭ. އެނގެން ޖެހޭނީ

  4. އަލިމަސަ

    ކުޑަ މައްލާ އާއި ނައުފަލް ވަނީ މީގެ ކުރިންވެސް އެއްއަހަރުދުވަހަށް ސަސްޕެންޑުވެސް ކޮއްފަ މީގެ ކުރިންވެސް

    26
  5. ޖަމީލު

    އަންހެން ހޭންޑްބޯޅަވެސް ވަނީ ހުއްޓާލާފަ ރެފުރީއަށް ރިސްވަތުދީގެން މެޗްފިކްސް ކުރަން ލިއުޝާ އުޅުމުން.

    25
    1
  6. ފިސޭ

    ދެން ތިތާނގަ ތި ކަހަލަ މުބާރާތްތައް ބޮޑު ހަރަދުކޮށްގެން ނުބާއްވަންވެއްޖެނު ދިވެހިންނަށް ހުތުރު ނަން ހޯދަން!!!

    37
  7. ގުރޭސިޔާ

    ސޯސަންވިލާގަ ދިވެހިންނަށް ހަޑިނަންހޯދާކަހަލަ މުބާރާއްތައް ދެން ނުބާއްވަބަލަ ދިވެހިރައްޔިތުންގެ ލާރި ހަރަދުކޮއްގެން

    29
  8. ޗޫޓީ

    ބަލަ ލަންކާގަ ސޯސަންވިލާގަ ތިކަހަލަ ފައިޓުޖައްސަގެން އަހަރުމެން ދިވެހިންނަށް ލަންކާމީހުން މަލާމާއް ކުރާކަހަލަ ކަންތަތި ނުބާއްވަބަލަ.

    29
  9. ޖޭމް

    ހައުދަހައި ދެރަކަމެކޭ ތީ ދިވެހިންނައް ލަންކާމީހުން މަލަމާތްކުރާ ޒާތުގެ ފައިޓުކުރާ މުބާރާތް ބޭއްވީމަ. ދެން ނުބާއްވާ ހުއްޓަލަ!

    21
  10. ސޯލޭ

    ލޮލް ފުޓްބޯލާއިގެ ގަވައިދުގަ ރާއްޖޭގަ ކުޅޭ މުބާރާތްތަކުގަ ތަލާފޮޅުމަކުން ނިންމަން ޖެހޭނެކަމައް ބުނެފަ އޮންނަނީ ކަންނޭންގެ

    19
    1
  11. އައިމަން

    އަމިއްލަ އަތުން ލައިގެންހުރި ހެދުން ވީދާލައި އޮރިޔާންވުމަކީ މިއީ، ދިވެހިންގެ އިޖްތިމާޢީ ފޭރާން ވީދާލައިފި، ގެއްލުނު އަބުރެއް އަބުރާ ނުލިބޭނެ

    24
  12. ަލީނާ

    ތީދިވެހިންގެ ފެންވަރު މަދުން ނޫންތިކަން ހިގަނީ. ދިވެއްސަކައްވީތީ ފަކުރުގަނޭ

    18
  13. ÷ަޑައއއ

    ތި ފައިޓަކީ ސީދާ ޔާމިނުގެ އަމުރަށް ކުރިކީލަ ރިޒާ ދަރިން ހިންގި ބޮޑު ޖަރީމާއެއް. އެމީހުން ބޭނުންވީ އެމްޑީޕީ ސަރުކާރުން ސޯސަން ވިލާގައި އެއްވެސް ކަމެއް ކުރިޔަ ނުދިނުންް. ކޮންމެ ކަމެއްކުރިޔަސް ފަނި ކުރުން

    7
    34
    • މޫސަ

      މިހާރު އެންގޭނެ ގަދަބައެއް ރާކަނި މަސް ކާންދީފަ އިންނާނީ

    • ހެލްތު

      އެއްޗެއް ވިސްނިފަ މިހާރު ތިބޭނީ

    • Anonymous

      އާނ. ޔާމީން އުޅެނީ ޖަލުގަ އޮވެގެންވެސް ސޯސަން ވިލާގަ ކަންތައްގަނޑެއް ނުފެށިގެން. ސަރުކާރުން ކަމެއް ނުކޮށްދޭކަން ދައްކަން ބަޔަކު ނުޖެހެޔޭ ބޮޑު މާރާމާރީއެއް ރާވައިގެން ހިންގާކަށް. ގަމާރުުވިޔަސް ބޮޑުވަރު.

  14. ޓ

    ފުނަމާ އާދަމް މަނިކާ .ޖޯރޭ އާއި ލައިގެން އެންބަސީ ހިންގަންގަން އަދިވެސް އުޅޭތި

    18
    1
  15. ކަކުނި

    ދިވެހިންގެ ފެންވަރުތީ

    18
  16. އައްޑާ

    ދިވެހިން ނުކުރާނެ އެވަރުގެ ކަމެއް

    12
    3
  17. މައްލާ

    ނައުފަލް ކިޔާ ނިކަން ރުޅިގަދަ ދޮރެއް އުޅޭނެ އޭނާގެ އާއްމު ކަމެއް އަތްއިސްކުރުން މިހާރު ތަޅާފޮޅަނީ އޭނާގެ ދޮންދަރިވެސް ހޮވައިގެން. އެއްވެސް މަސައްކަތެއް ނުކޮށް ލަންކާގައި އާއިލާއެކު ލާހޫރޭ ބައެއް

  18. ހުއްތޭ

    މައްލާ ގޯލެއް މައްލާގޯލެއް ބޮޑުވަރުދެން މައްލާ ކަލޭލަންކާން ޑީޕޯޓު ކޮއްލީމަވެސް އަލާނުފިލާގެންތަ ތިއުޅެނީ، ބަފާ އުޅުނު ވައްތަރަށް ތެޅެންވެގެން.

  19. ޖޯރޭ

    ތަލަ މޫސަގެ ރޭވުމެއް ހެންހާދަ ހީވެޔޭ

    1
    2
    • މަ

      މޮޔަ އެއްތަ ތީ

  20. ކަލަމިންޖާ

    ޕީޕީއެމް ގުންޑާއިންގެ ފުރިހަމަ ހަރަކާތެއް.

  21. އަހައްމަދޫ

    ލޮލް.

  22. މއކ

    ދިވެހިން ތެރޭގަ މަދުންނޭ މިފަދަ ކަންތަ ފެންނަނީ. ހަހަހަ

  23. އޯލްޑް ސްޓޫޑަންޓް

    ސޯސަންވިލާގަ ނިންމުނު މުބާރާތައްވުރެ މެދުކަނޑާލަން ޖެހުނު މުބާރާތް ގިނަ ވާނެ

  24. ހައިވަކަރުއޮޑި

    އެމްޑީ ޕީއަކައް ރަނގަޅަކައް ކުރަންއެނގޭނެ ކުރެވޭނެ ކަމެއްނޯންނާނެ ޔާމީން ބުނެގެން ކުރާވަރުކަމެއް ނޯންނާނެ އެއައްވުރެ އެމްޑީޕީމީހުން މާކުޅަދާނަވާނެ ތަޅާފޮޅާ ތަންތަނުގަ ހުޅުޖަހާ ތަންތަން ހަލާކު ކުރަން ނަންވާނީ ހައިވަކަރުއޮޑި

  25. ހާމާނު

    ޚަތިމު ހިފައިގެންތިބެ ގުރުއާން ކިއެވިއްޔާ މާތާހިރުވާނެ. މާރާމާރީ ހިންގާކަށް ނުޖެހޭނެ. ސަވާބުލިބޭނެ. މިހާރު ތިޔަވީ ވަރަށް ދެރަގޮތެެއް. މިބައި އަމަލެއް ތިކުރެވުނީ. ީ

  26. އިބްރާ

    ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. ތިޔަ މުބާރާތުން ލިބުނީ އަނިޔާއާއި ފިތުނައަށް ނުވޭތޯ؟