ރާއްޖޭގައި ދިވެހި ޒުވާނެއްގެ ބޮލަށް ހެރުނު ބުޅިއެއް ނަގަން ހޮސްޕިޓަލުގައި ބޭނުން ނުކުރާ ކަހަލަ "ނަރުކެނޑި" އެއް ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.
ކޮން ރަށެއްގައި ހިނގާ ދިޔަ ހާދިސާއެއްކަން މިހާތަނަށް އެނގިފައި ނުވި ނަމަވެސް، އާންމު ވެފައިވާ ވީޑިއޯއިންނާއި ވީޑިއޯގައި މީހުން ދައްކާ ވާހަކަތަކުން ނަރުކެނޑި ބޭނުން ކުރީ އެ ބުޅި ނައްޓަން ފަސޭހައަކަށް ކަން އެނގެއެވެ.
ވީޑިއޯއިން ފެށޭ ހިސާބުން ފެނިގެން ދަނީ ފިރިހެނަކު ބޮޑު ނަރުކެނޑިއެއް ކޮނޑަށް ލައިގެން ސިއްހީ މަރުކަޒަށް ވަންނަ ތަނެވެ. އަދި އޭނާ ސިއްހީ މަރުކަޒުގެ ދޮރުން ވަނުމާއި އެކީ އަވަސް ފަރުވާދޭ ކޮޓަރިއަށް ވަނުމަށް ބަޔަކު ވަނީ ބުނެފައެވެ. ބެލެވޭ ގޮތުގައި އެގޮތަށް ބުނެފައިވަނީ އެތަނުގައި އެވަގުތު ތިބި ނަރުހުންނެވެ.
އޭނާ އެތަނަށް ވަންއިރު، ޒުވާނާގެ ބޮލަށް ހެރިފައި އިން ބުޅި ނަގަން، ނަރުހުންނާއި ބިދޭސީ އަންހެން ޑޮކްޓަރަކު މަސައްކަތްކުރެއެވެ.
ނަރުކެނޑިގެ ބޭނުން ކުރުމުގެ ކުރިން އޭތި ސާފު ކޮށްލަން ނަރުހުން ވަނީ އިރުޝާދު ވެސް ދީފއެވެ.
ޒުވާނާގެ ނިއްކުރިއާއި ދިމާލުން ވަދެފައިވާ ބުޅި ނައްޓާލާފައިވަނީ ނަރުކެނޑިގެ ބޭނުން ކޮށްގެންކަން ވަރަށް ރީއްޗަށް ވީޑިއޯއިން ފެނިގެން ދެއެވެ. އެގޮތުން ބުޅީގެ ތިން ކޮޅުން ބުރި ކުރުމަށްފަހު، ނަރުސް މީހާ ބުޅި ފަސޭހަ ކަމާއި އެކީ ދަމައިގަންނަތަން ވީޑިއޯއިން ފެނިގެން ދެއެވެ.
ވީޑިއޯއިން ފެނިގެން ދިޔަ އެންމެ ހައިރާން ކުރަނިވި އެއް ކަމަކީ ބޮލަށް ހެރިފައި އިން ބުޅިއެއް ނަގަން ބޮޑު ނަރުކެނޑިއެއް ބޭނުން ކުރިއިރުވެސް ވޭނެއް ނާޅާ، އެ ޒުވާނާ ހަމަޖެހިލާފައި އޮތް މަންޒަރެވެ.
"ވީޑިއޯއިން ފެނިގެން ދިޔަ އެންމެ ހައިރާން ކުރަނިވި އެއް ކަމަކީ ބޮލަށް ހެރިފައި އިން ބުޅިއެއް ނަގަން ބޮޑު ނަރުކެނޑިއެއް ބޭނުން ކުރިއިރުވެސް ވޭނެއް ނާޅާ، އެ ޒުވާނާ ހަމަޖެހިލާފައި އޮތް މަންޒަރެވެ." އޭނަގެ ކުރިމަތީ އެބުރެމުން އެދާ "ކަމަނަ" ތައް ފެނުމުން ތަދު އިހްސާސް ނުވަނީއެވެ.
މަޑުން އެއޮތީ އޭނައަށް ވިސްނެއޭ ބުޅީގެ އެއްކޮޅުގައި ހިފައިން ހުއްޓަ ތެޅިގެން ފިއްޔާ ސަކަރާތްވާނެކަން އެކަމަކު އެތެރޭން އެއޮތީ ހަމަޖެހިގެނެއް ނޫންކަން އެނގޭ ކަރުނައިން. ކޮން ކަމަނައެއްތަ.
ސާބަސް. މިފަދަ ދަނޑިވަޅެއްގަވެސް ތިފަދަ ކަމަކާ މީހަކުވިސްނާނެއޭ ބުނުމަކީ ތިބޭފުޅާގެ ވިސްނުމުގަ އެކަންތައް އަބަދު އެނބުރޭތީތަ؟
ހިބަރުވަދުބޭނުންކުރިނަމަބުޅިނުހެރުނީސްދޯ.
ތިކަހަލަ ނަމަ ކިޔުމަކީ ކޮންކަހަލަ ކަމެއް؟
ޢައްސިކުރާ އިންޖެކްޝަން ޖަހާފަ ކަމަށް ވާނީ އޮތީ.
އައްސި ކުރީމަ ވޭނެއް ނާޅާ ހަމަ ޖެހިގެން އޮންނާނެތާ..
އަދުގެ ހާލަތު މިފެންނަނީ....ތިއޭޓަރަށްވެސް ޢާއްމުން ވަދެ ބަލިމީހާ އޮޕްރޭޝަން ކުރަން ޑޮކްޓަރުންނާއި ނަރުހުންނަށް އިރުޝާދުދީ އެހީތެރިވާ މަންޒަރު..ތި އާންމުންގެ އެހީތެރިކަން ނުލިބުނު ނަމަ އެސޮރުގެ ޒަމާން ދިޔައީސްކަންނޭގެ.
ތީގައި މޮޅީ ނަރުކެނޑި...
މިފެންނަނީ ސިއްޚީ ނިޒާމް ކުރިއަރާފައިވާ މިންވަރު.
ބުޅި ނަގަން އޭގެ ކަނިގަނޑު ކަނޑާލުމަށްވުރެ މޮޅުގޮތެއް ނޯންނާނެ. ޑޮކްޓަރުކަން މި ކިޔަވައިދެނީ ކިހިނެއްބާ؟ އެތާ ހުރި ޑޮކްޓަރ އެހުރީ ގޮތްހުސްވެފަ...
ލޯކަލް އެނަސްތީސިޔާ ދިނީމަ ތަދު އިހްސާސް ނުވާނެ.
މީކޮންރަށެއް.