ނ.މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ މަރާލަން ބޭނުންކުރި ހަތިޔާރުތައް ފުލުހުން ހޯދައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ ނައީމާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެހަތިޔާރު އަދިި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރީ 20 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. އެމީހުންނަކީ މަސްތުވާތަކެތީގެ ރެކޯޑާއި އަދި ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ރެކޯޑް ވެސް އޮންނަ ބައެކެވެ. ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން އެކެއްގެ ނަމަކީ އަހްޒަމް އެވެ. ދެވަނަ މީހަކީ ރިފާޝް ނަމަކަށް ކިޔާ މީހެކެވެ.

ހައްޔަރު ކޮށްފައި ތިބި ދެމީހުންގެ ތެރެއިން އެކަކު ވަނީ ކުށަށް އިއުތިރާފުވެ ފުލުހުންގެ ތަހްގީގަށް އެއްބާރުލުންދޭން ފަށާފައެވެ.

ނައީމާގެ މަރާއި ގުޅޭ ހެކިތައް ފުލުހުންނަށް ފެނުނީ އެރަށުގެ ނާމަގު ސަރަހައްދުންނެވެ. އެއީ ނައީމާ މަރާލި މައްސަލައިގައި އިއުތިރާފްވި މީހާ ދިން މައުލޫމާތައް ބަލައި ފާސްކުރި ތަނެކެވެ. ފުލުހުން އެސަރަހައްދު ފާސްކުރަމުން ގެންދިޔައިރު ހައްޔަރު ކޮށްފައި ތިބި ދެމީހުން ވެސް އެތަނުގައި ތިއްބެވެ.

އެކަނި ދިިރިއުޅެމުންއައި 62 އަހަރުގެ ނައީމާ މަރާލާފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ތެރެއިން އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހު އިރުއްސޮނު ފަހުންނެވެ. ނައީމާގެ މަރުގެ މައްސަލައިގައި ބަޔަކު ހައްޔަރު ކުރެވުނުކަން ފުލުހުން ހާމަމިކުރީ މިއަދު އެވެ. މިއަދަކީ ނައީމާ މަރާލާފައި އޮއްވާ ފެނުނުތާ 50 ވަނައަށްވީ ދުވަހެވެ.

ކޮމިޝަނަރ މުހައްމަދު ހަމީދު މިއަދު ވިދާޅުވީ މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ.އަތޮޅުގެ ފުލުހުން، މިމަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހަމަ ހިޔާލު

    ތިއީ ބޮޑު ޕްލޭނެއް ކަމަށް ބެލެވޭ. ހަކުރު ބޯ ކުދިންނަކީ މީހަކަ ތިވަރު އަރުވާލާނެ ބަޔެއް ނޫން. އެމީހުން ހަމަލާއެއް ދިނަސް ތިހާ އަނިޔާވެރި ގޮތަކަށް ބޮޑު ގަތުލެއް ނުކުރާނެ. އެއްގޮތަކީ ބަޔަކު އަޑީގައި ތިބެގެން އެބަޔެއްގެ ޕްލޭން ތަންފީޒު ކުރަން ތިޔަ ޑްރަގު ބޯ ކުދިން ބޭނުންކުރީ ކަމަށް. ޢަނެއް ގޮތަކީ ޕޮލިސް އަށް ޕަބްލިކުން އޮތް ޕްރެޝަރ ކުޑަ ކުރަން ކުށުގެ ވެށީގައި އުޅޭ ކުދިންތަކެއް ލައްވައި އެއްބަސްކުރުވައި ޑްރާމާއެއް ކުޅެލީކަމަށް.

    3
    7
    • އެއްގޮތަކީ

      ހަމަ ކޮންމެ މީހަކަށްވެސް ހިޔާލުކުރަން ހިތު ހުރިހައި ގޮތަކަށް ހިޔާލުކުރެވިދާނެ. ޕޮލިހުންވެސް އެމީހުންގެ ކުޅަދާނަކަން ހުރިވަރަކުން މަސައްކަތް ކުރާނެ، އެމީހުންގެ މަސައްކަތައް އިހުތިރާމްކޮށް ބަލާގަންނަށް ދަސްކުރަން އެބަޖެހޭ، ނުބައި ހީކޮށް ތާއަބަދު ޕޮލިހުންނާއި މެދު ނަފްރަތު އުފައްދާފަ، ތިމާއަށް ނުވަތަ ތިމާގެ ޢާއިލާއަށް ކަމެއްވުމުން ފުރަތަމަވެސް ޕޮލިހުންނަށް ރިޕޯޓުކުރުން މި ޖެހެނީ، ނޫންތޯ؟

      • އަހަންމަދު

        ޕޮލިހުންނަށް ރިޕޯޓުކުރަންޖެހެނީ ގާނޫނު އެގޮތަށް ލާޒިމު ކިރާތީ. ނުކޮށްފިނަމަ ގާނޫނީގޮތުން މަޅިއެއްގަ ބެދިދާނެތީ. ޢެޔަކީ ފުލުހުންނަށް އެކަން ހޯދޭނެކަން ޔަގީންވާތީކީނޫން.

        މިކަމުގަވެސް ހަގީގަތުގަ ފުލުހުންނަކަށް ތިތަނެއްވެސް ނުހޯދުނުދޯ؟ މިހާރު ފަންސާސް ދުވަސްވީ. ފުލުހުންނަށް ތިފެނުނުއެއްޗެއް ފެނުނީ ކޮންމެގޮތަކުންވިއަސް
        ޢެހެންމީހަކު ދެއްކީމަދޯ!
        ބަލަގަ އިޙުތިރާމަކީ ބިރުދައްކައިގެން ނޫނީ ފައިސާއަށް ގަނެވޭ އެއްޗެށް ނޫނެވެ.

        1
        2
  2. އަންތަރީސް

    މިކުދިންނާއި މިދައްތައާއި އޮތީ ކޮން ގުޅުމެއް ބާ.
    ގެކައިރި އަވައްޓެރިންނަށް ނުވާއިރު ކީއްވެބާ މިކުދިން މިދައްތައަށް މިހެން ހަދަން ޖެހުނީ.
    މިކުދިންގެ ޢާއިލާއަށް ސިހުރު ހަދާ ނުވަތަ އެކަހަލަ ކަމެއް ކުރިވާހަކަ ރަށުތެރެ ނުދައްކާ.

    2
    1
  3. ހަމަ ހިޔާލު

    ދުނިޔޭގެ ބަޔެއް ޕޮލިސް އިދާރަތަކުން ޕަބްލިކު އިންޓަރެސްޓް ބޮޑު ކޭސްތަކުގެ ނާކާމިޔާބު ރައްޔިތުންނަށް ނުދައްކަން ޑްރާމާ ކުޅޭ..

    3
    1
  4. ޝާނީ

    ވަރަށް ބަރާބަރު👏👏👏👏👏👏👏

  5. ފުއާދު

    މަރާލަން ޖެހުނު ސަބަބު ބަލަންޖެހޭ. ބަޔަކު ފައިސާ ދީގެން ކުރުވި ކަމަކާ ވައްތަރީ.

  6. ސުލީ

    ރިޔާސީ އިންތިޚާބަށް އިންވެސްތިގޭޝަން ނިންމަން އުފައްދާލި ހެކިތަކަކާއި ކުއްވެރިންތަކެއްހެންހީވަނީ. މަަކަރާއި ހީލަތުން ދައުލަތުގެ މުއައްސަސާތަށް އަވަދިވެފައިވާތީ އެތަންތަނަށް އިތުބާރުކުރާ ރައްޔިތުންނެއް ނެތް...

    2
    2
  7. ގުއިފުކު ފުރޭތަ

    ދުނިޔޭގެ އެހެން ނޫސް ވެރިކަން ކުރާ އެކި އިދާރާ ތަކުންވެސް ކޮންމެވެސް އެއްގޮތަކަށް އެ އަމަލު ހިންގީ ކޮން ސަބަބަކާ ހުރެތޯ މައުލޫމާތު ހޯދާ ރައްޔިތުން ނާ ހަމަޔަށް ފޯރު ކޮއްދޭ، ހަމަ އެކަނި ފުލުހުން ދޭ މައުލޫމާތަކަށް ބަރޯސާއެއް ނުވެ އެހިންގާ ކަމެއްގެ ކަންކަމާ ބެހޭ މައުލޫމާތު މުއްސަނދި ކުރަން މަސަކަތް ކުރޭ. އެކަމު މި ރާއްޖޭގައި ހަމަ އެކަނި ކުރި ކަން ހާމަ ކޮށް އިތުރު މައުލޫމާތެއް ހޯދާކަށް ނޫސްވެރިންނެއް ޝައުގެއް ނުހުރޭ.

  8. ނިޝާލް

    ތިފަދަ ޢަމަލު ހިންގާ މީހުންނާއި މެދު އިސްލާމް ދީނުގައިވާ ގޮތަށް ޢަމަލު ނުކުރާހާ ހިނދަކު،
    ތިޔަފަދަ ޤަތުލު ކުރުމުގެ ޢަމަލުތައް ނުހިންގުމަށް ބާރު ލިބި، ތިފަދަ ލާއިންސާނީ ޢަމަލުތަކުން ޤައުމުގެ ރައްޔިތުންނަށް ހިތްހަމަޖެހޭފަދަ އަމާންކަމެއް ލިބޭނެކަމަށް ނުފެނޭ. މިޤައުމުން ފެންނަ ޙަޤީޤަތަކީ، ތިފަދަ ލާއިންސާނީކޮށް މީހުން މަރާ މީހާވެސް ޤާޟީ ކުރާ ޙުކުމްގެ މުއްދަތު ހަމަނުވަނީސް މިނިވަންވެ އެޢަމަލެއް ހިންގި މުޖުތަމަޢުގައި އުޅެމުން ދާކަން. މިރާއްޖޭގައި މިކަން މިދާ ގޮތާއި މެދު ހިތާމަ ކުރަންޖެހޭ.