މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލިމަގުގައި ހިނގި އެކްސިޑެންޓްގައި ހަސަން ފައިސަލް ނިޔާވެފައިވަނީ ފުލުހުންގެ ޕިކަޕެއްގައި ޖެހިގެން ކަން އެނގިއްޖެއެވެ.

މަންޒަރު ދުން މީހަކު " ވަގުތު" އަށް ކިޔައިދިން ގޮތުގައި އެރޭ ފައިސަލް އެކްސިޓެންޑްވީ ކާރެއް ޓޯ ކުރުމަށް ހައިވޭގައި މަޑުކޮށްގެން އޮތް ފުލުހުންގެ ޕިކަޕެއްގައި ޖެހިގެންނެވެ. ބާރަށް ދުއްވާފައި ދިޔަ ފައިސަލްގެ ސައިކަލު ޖެހުނީ އެ ޕިކަޕްގެ ކަނެއްގައި ކަމަށް އޭނާ ބުންޏެވެ.

އެކްސިޑެންޓްގައި ފައިސަލް އަޅައިގެން ހުރި ހެލްމެޓް ނެއްޓި އޭނާގެ ބޯ ފެންސުު ދަގަނޑުގައި ޖެހުނެވެ. އެހެން ކަމުން ފައިސަލްގެ ބޯ އޮތީ ޗަސްވެފައި ކަމަށް މަންޒަރު ދުން މީހާ ވަނީ ބުނެފައެވެ.

ފުލުހުން މީގެ ކުރިން ވިދާޅުވީ، އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަަމަށެވެ.

ފައިސަލްއަކީ އެމްޕީއެލްއަށް 16 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވި ބޭފުޅެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްޕީއެލުން ބުނީ، ހަސަން ފައިސަލްއަކީ އެ ކުންފުންޏަށް ޕޯޓް އޮޕަރޭޝަންސް ދާއިރާއިން ނުހަނު ގިނަގުނަ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވަމުން ދިޔަ މުވައްޒަފެއް ކަމަށެވެ. ކުންފުނީގައި ހޭދަކުރި 16 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި އޭނާ ފާހަގަ ކުރެވިފައިވަނީ އެހެން މުވައްޒަފުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވައި، އެހެން މުވައްޒަފުންގެ އިހުތިރާމާއި ލޯބި ލިބިފައިވާ މުވައްޒަފެއްގެ ގޮތުގައި ކަމަށް އެމްޕީއެލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުހައްމަދު

    ބާރަށް ދުއްވުމުގެ ނަތީޖާ.. ކީއްކުރާނީ މަރަކަށްފަހު މަރެއް.. ނަމަވެސް ހޭ އެރުމެއްނެތް.. ޤަވައިދުން ދުއްވާ މީހުންނަށްވެސް ހުރި ނުރަށްކަލެއް.

    • ދިވެހީން

      އެކަމަކުވެސް ފުލުހުން ޖޫރިމާނާ އެއް ކޮށްލާއިރަށް، އެ ޖޫރިމަނާ މާފް ކުރަން ތިބޭ މީހުން ވަރަށް ގިނަވާނެ، ދެން ކިހިނެއް ހައްލުވާނީ،

  2. ވިދާދު

    އެމްޕީއެލްއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި މުވައްޒަފުންނާއި ގާތްގުޅުމެއްބޭއްވި ބޭފުޅަކު މަގުމަތީގެ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ނުހިއްތެވީ ކީއްވެތޯ ސުވާލު އުފެދޭ. ބާރު ސްޕީޑުގައި ހަތަރުފުރޮޅުލީ ލޭނުން ދުއްވަންޖެހުނީ މުހިއްމު ކަމެއްގައި އޮފީހުގެ މަސައްކަތެއްގައިތޯވެސް ސުވާލު އުފެދޭ. ދެރަކަމެއް. މިކަމުން އިބުރަތް ހާސިލްކޮށް ރައްކާތެރިކަމާއެކު ވެހިކަލްތައް ދުއްވާނެކަމަށް އުންމީދުކުރަން

  3. ބައްޕަ

    ދަރިންނޭ ބަލައިގެން ދުއްވާ