ތުރުކީގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ގައުމުގެ ރައީސް ތޮއްޔިބް އުރުދުޣާން ހޯއްދެވި ކާމިޔާބީ އަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަރުހަބާ ދަންނަވައިފިއެވެ.

ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތުރުކީގެ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ ރައީސް އުރުދުޣާން ހޯއްދެވި ފުރިހަމަ ކާމިޔާބީއާ ގުޅިގެން ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ފޮރިން މިނިސްޓަރު މެވްލުތް ޝަވްޝުގްލު އަށް ވަރަށް ފުރިހަމަ ހޫނު މަރުހަބާއެއް ދަންނަވާފައި ވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ތުރުކީއަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެކެވެ. އަދި ޒަމާންވީ އެކުވެރިއެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ތުރުކީ އާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެން ދާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ތުރުކީގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ ދައްކާ ގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ގިނަ މުސްލިމުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ އުރުދުޣާނަށް ވަނީ %52.18 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓު ކަމާލް ކިލިޗްދްރޯލޫ އަށް ލިބިވަޑައިގެންފައި ވަނީ %47.82 ވޯޓެވެ.

އުރުދުޣާން އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެންމެ ފުރަތަމަ އޭނާ އަށް މަރުހަބާ ދެންނެވި ދުނިޔޭގެ ލީޑަރުންގެ ތެރޭގައި ރަޝިއާ، ލީބިޔާ، ގަތަރު، އަލްޖީރިއާ، ހަންގޭރީ، އިރާން އަދި ފަލަސްތީން ހިމެނެއެވެ.

އެމެރިކާގެ ރައީސް ޖޯއި ބައިޑެން، އުރުދުޣާނަށް މަރުހަބާ ދަންނަވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ތުރުކީއާ އެކުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަދިސައިބު

    ކަލޭތަ މިގައުމުގެ ރައީސަކީ ކަލޭ ކަހަލަ މުނާފުގުން ގެވމަރުހަބާއެއް ބޭނުމެއްނޫން، ދީނަށް އުހުލާސްތެރި ވަރަށް ގިނަ ދިވެހިންގެބދުއާވެސް އުރުދުޢާން އާއެކުވޭ ގިބަޔަކު ދުއާވެސް ކުރި އޔރުދުޢާން އިންތިހާބުވޭތޯ!

  2. ހަވާސާ ހާދިސާ

    މިގައުމުގައި ރައީސުލްޖުމުހޫރިއްޔާއަކުނެތީތަ ސަހިހިދު ކިޔާ މުނާފިގަކު އުރުދުޣަންއަށް މަރުހަބާކީ!

  3. ޖާހިއްލޯ

    ވަގު ކަލޭގެ!