މިދިޔަ އާދިއްތަ ދުވަހު ތުރުކީގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވައި ރައީސް ކަމަށް އިތުރު ދައުރަކަށް ހޮވިވަޑައިގެންނެވި އެ ގައުމުގެ ރައީސް ތޮއްޔިބް އެރުދޮއާންއަށް، ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅެއް ނުވެއެވެ.

އެރުދޮއާން އިންތިހާބު ކާމިޔާބު ކުރެއްވިތާ ތިން ދުވަސްވީ އިރުވެސް ރައީސް ސޯލިހު މަރުހަބާގެ ޓުވީޓެއްވެސް ކުރައްވާފައި ނުވެއެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުގައި ވެސް އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެއެވެ.

ނަމަވެސް ރައީސް ސޯލިހު މީގެ ކުރިން ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންތިހާބުވެ ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވެފަ އެވެ. އޭގެ އިތުރުން އިނގިރޭސި ރަސްކަމާ ޗާލްސް ދެވަނަ ރަސްމީކޮށް ހަވާލުވެ ވަޑައިގަތުމުން ވެސް މަރުހަބާ ވިދާޅުވި އެވެ. އެރުދޮއާންއަށް މަރުހަބާ ވިދާޅުނުވީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.

ރައީސް ސޯލިހު މަރުހަބާ ވިދާޅުނުވި ނަމަވެސް ފޮރިން މިނިސްޓަރުއ އަބްދުﷲ ޝާހިދު ވަނީ އެރުދޮއާންއަށް މަރުހަވާ ވިދާޅެވެފަ އެވެ.

އުރުދޮއާންއަކީ ކަޝްމީރުގެ މުސްލިމުންނަށް ފާޅުގައި ތާއިދުކުރައްވާ ބޭފުޅަކަށް ވާތީ އިންޑިއާގެ ނުރުހުން އެމަނިކުފާނަށް ވަރަށް ބޮޑަށްް އޮވެއެވެ. އަދި އޭނާގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުން ވެސް އެންމެ ބޮޑަށް ހިތްހަމަނުޖެހޭ ލީޑަރުންގެ ތެރޭގައި އުރުދޮޣާން ހިމެނެއެވެ.

އުރުދުޣާން އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެންމެ ފުރަތަމަ އޭނާ އަށް މަރުހަބާ ދެންނެވި ދުނިޔޭގެ ލީޑަރުންގެ ތެރޭގައި ރަޝިއާ، ލީބިޔާ، ގަތަރު، އަލްޖީރިއާ، ހަންގޭރީ، އިރާން އަދި ފަލަސްތީން ހިމެނެއެވެ. އަދި އެމެރިކާއިން ވެސް މަރުހަބާ ކިޔާފައި ވެއެވެ.

ތުރުކީގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ ދައްކާ ގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ގިނަ މުސްލިމުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ އުރުދުޣާނަށް ވަނީ %52.18 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓު ކަމާލް ކިލިޗްދްރޯލޫ އަށް ލިބިވަޑައިގެންފައި ވަނީ %47.82 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އުޒާ

    އަސްލު ރައީސްއަށް ނޭންގުނީ ، ޕާޓީން ކުދިން ކޮޅު ވަކިވާތީ އެކަން ބޮލުތެރޭގައި އެނބުރެނީ....

    25
  2. ޜަރޫ

    ޢިންޑިޔާގެ ރުހުން ނުލިބިގެން ލަސްވަނީތާ؟ އިންޑިޔާ އިން ހިންދޫން ނޫން ނަސްލުތަކުގެ ރައްޔިތުންނަށް ކުރާ ތަފާތުކުރުންތަކާމެދު އަޑު އުފުލާ ޤައުމުތަކުގެތެރޭގައި ތުރުކީ ހިމެނޭތީއެވެ.

    29
    1
  3. ޜަރޫ ސާ

    ޢިންޑިޔާގެ ރުހުން ނުލިބިގެން ލަސްވަނީތާ؟

    26
    1
  4. އާދަނާ

    އިންޑިޔާގެ ބަހެއްނުލިބި މުސްލިމް ލީޑަރަކަށް މަރުހަބާދަންނަވާކަނުކުރޭނެ!

    11
  5. އަލީ

    އުރުދުގާނަކީ އިސްލާމީ ވަތަނީލީޑަރެކެވެ. އެކަމުގެރުޅީގައި.

    12
  6. ބަގުއްޑޭ

    ދެން އެހެން ހުރި ނަމެއް އެހެން ބަޔަކު މިކަން ކުރަނީ ކިޔެއްކުރާނީ މިވެސް ދިވެހިން އަމިއްލަޔަށް ކަރަށް މަހައިގެން އުޅޭ ނާށިފައްޗެއް

  7. ދަރަނި ދަންތުރަ

    ހުވާކުރާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް 8 މިލިޔަން ރުފިޔާ ހަރަދު ކޮށްފައި ދާނެ ސިއްކަ ފަޒުނާ ގޮވައިގެން ، ސޯލިބޭ މުޅިގައުމު ދަވާލައިފި

    10
  8. ޅިޔަނުބެ

    ގެރިމޯދީގެ ވިދާލުވިބަސްފުޅަށް މަޑުކުރައްވަނީ

    10
  9. އަހްމަދު

    ދުނިޔޭގައި ހިނގާ ކަންކަން ބަލަން ހަވާލު ކޮށްފައި ހުރިމީހާ އުޅެނީ ވަޒީފާ ގަނޑު ގެއްލިދާނެތީ! އެހެންވެ އެނާ ހަނދާންނެތުނީ! ނުނީ ގަސްތުގައި ނުކުރީ!

  10. ކައިލީޖެނާ ލޯޕޭޒް

    މޯދީނަމަ ވޯޓުގުނާ ނުނިމެނީސް މަރުހަބާ ކިޔާނެ