ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

މި އަހަރު ހުޅުވައިލި ލޯނުގެ 720 ފުރުސަތަށްވެސް 1507 ދަރިވަރުން ކުރިމަތިލިއެވެ.

މަތީ އަރުތަވެރިންނަށް އިނާމު 2021-2022 ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލް ކުރުމަށް ސަރުކާރުން ދޫކުރާ ލޯން ދިނުމުގައިވެސް މި އަހަރު ހެޔޮ ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ނިންމީ މި އަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުތު ހަމަވި 1025 ކުދިންނަށް އެ ލޯނު ދޭން". ރައީސް ވިދާޅުވިއެވެ.

އަދި މިކަމުގެ އިތުރު ތަފްސީލް މާދަމާ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީީ، މި އަހަރު ދޭ 1025 ލޯނާއެކު މި ސަރުކާރުން ފެށި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން މިހާތަނަަށް ދޫކުރި ސްޓޫޑެންޓް ލޯނުގެ އަދަދު 3211 އަށް އަރާ ކަމަށެވެ.

މި އަހަރުގެ ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޕައިލެޓް ޓްރައިނިން ހަދަން ބޭނުންވާ ފަރާތްތަކަށް 60 ފުރުސަތު ހުޅުވާލިއެވެ. އަދި އެންބީސީއެސް ހަދަން 55 ފުރުސަތު މި އަހަރު ހުޅުވާލިއެވެ.

މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް ރާއްޖެއިން ބޭރަށް 20 ފުރުސަތު މި އަހަރު ހުޅުވާލިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢީސަ

    ކަލޭމެން މޮޔަތަ؟ޝަރުތު ހަމަވާނަމަ ދޭނެ ދޯ ރައީސް އޭ ކިޔާފަ .....

    11
    1
  2. ހެހެހެހެ

    ވޯޓު ޗޯރު. ތިޔަހުރިހާ މަންތިރިއެއްޖަހައިގެންވެސް ކޮއިފުޅާ ވޯޓު ހަމަޔެއް ނުވޭތަ؟ ރޮޒޭނާ ކައިރި ބުނެލާ ޑިމޮކަރަސީގެ ނަމުގައި ޤައުމެފޭރާން ވީހިސާބު ބުނެދޭށޭ. ބޭޅާ އަޅުގަނޑަށް ލާރިކޮޅެއްނެއްތަ. ވޯޓު ހަބޭހައް ދޭނަމޭ. ޗޯރޭ

    12
  3. ކިލޯބެ

    ވ.ވެދުން

  4. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ރައްޔިތުން ގެ އަތުން ޓެކްސް ގެ ގޮތުގައި ފައިސާ ނަގާފަ، އިބޫ އަށް ވޯޓް ހޯދަށް ސުމާރެއް ނެތި ބަހާލިޔަކަސް ކަމަކު ނުދާނެއެވެ. މި ފައިސާ ދައްކާ ތޯ، ނުދައްކާ ތޯ ބަލާނެ ހަމައެއް ހަދަން އެބަޖެހެއެވެ. ސްޓޫޑަންޓް ލޯން ނުދައްކާ ކުދިންގެ ކްރެޑިޓް ސްކޯރ ދަށްވާނެ ފަދަ ނިޒާމެއް އުފައްދައް އެބަޖެހެއެވެ. އިބޫ އަށް ވޯޓް ހޯދަން އަހަރުމެންގެ ފައިސާ ބަހާލާއިރު އެ ފައިސާ މޮނިޓަރ ވެސް ކުރަން އެބަޖެއެވެ.

    12
    1
  5. Anonymous

    ވެދުން