އައްޑޫ ސިޓީ މަރަދޫފޭދޫގައި ކޮއްކޮ ބޭބެ ގަޔަށް ވަޅި ހަރައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން ކޮއްކޮ ބޭބެ ގަޔަށް ވަޅި ހަރާފައި ވަނީ ދިރިއުޅޭ ގޭގެ ދުވާރުމަތީގައެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ ކޮއްކޮ، ބޭބެގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާއިރު، މެއަށްވެސް ވަޅި ހަރާފައި ވެއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން ބޭބެ ގަޔަށް ކޮއްކޮ ވަޅި ހަރާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. އެއިރު ކޮއްކޮ ހުރީ ވެސް މަސްތުގެ ހާލަތުގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މިހާރު އެ މީހާއަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު، ހާލަތު އަދި ކަށަވަރެއް ނޫނެވެ. ނަމަވެސް މަންޒަރު ދުށް މީހުން ބުނާގޮތުން ނަމަ އޭނާގެ ހާލު ސީރިއަސް އެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

އައްޑޫ ސިޓީ ފޭދޫގައި މިދިޔަ އަހަރުގެ ޖޫން މަހު ވެސް ތޫނު އެއްޗެހިން ހަމަލާދީ 21 އަހަރުގެ ޒުވާނަކު މަރާލިއެވެ. އެއީ ގްރޫޕަކުން ރާވައިގެން ދިން ހަމަލާއެކެވެ. އެމައްސަލައިގައި ކުޑަކުދިން ވެސް ހިމެނޭހެން ގިނަ ބަޔަކު ހައްޔަރުކޮށް ވަނީ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ތިއީ މިގައުމުގައި ބަޔަކު ދެކެން ބޭނުންވި ދުވަސް. މަސްތުވާތަކެތި މިގައުމަށް ތައާރަފް ކުރި މީހުންނަށް ހަމަ ސާބަސް. މިގައުމުގެ ސިޔާސީ ވެރިންގެ ތެރޭގައި އެބަތިބި މިހަބަރު ފެނުނީމައި އުފާ ކުރާނެ މީހުން. ބަޔަކު މުއްސަދި ވެ ދުނިޔޭގައި އެނބުރެނީ ، އެމީހުން ވިއްކި ޕީސްކޮޅު ބުއި ކުއްޖާ ދަނީ އާއިލާ މެންބަރުން މަރަމުން

    10
  2. ދެނޯ

    ރަނުން ރަނަށް ކުރިވައުދު ހަކުރުން ހަކުރަށް ފުއްދައިދެމުން ދާމަންޒަރު

  3. ޙާލަތު

    އޭނާހުރީ މަސްތުގެ ޙާލަތުގަ އެހެންވީމާ އޭނާ ސަލާމަތް ތިޔަވީ! ްް

  4. އަބޫ

    ދެބެއިންގެ ނަކީވެސް މަސްތުވާ ތަކެތީގެ ރެކޯޑު އޮންނަ ދެބައިންނޭ ކިޔާތީ އިވޭ.
    އަދި ދެބެއިން ގެ ދެމެދު މައްސަލަ ޖެހުނީ މަސްތުވާ ތަކެއްޗާއި ގުޅިގެން ކަމަވަނީ
    ކޮއްކޮ ގެ ޕީސް ކޮޅު ބޭބެ ނަގައިގެން. ނޫނީ ކޮއްކޮ ބޭނުންވިވަރަށް ބޭބެއަތުން ޕީސްކޮޅެއް ނުލިބިގެން
    ހިތާމަ ހުރި. މި އީ މިއަދުގެ ހާލަތު