ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވާނެ މަގު ކޮށައިދޭ ބޭފުޅަކަށް އޭނާ ވުމަށް ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދާއި "ދަ ޑިމޮކްރެޓްސް" ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާ އެމަނިކުފާނުގެ ވަފާތެރިން މީގެކުރިން ވަނީ ޖުމްހޫރީ ޕާޓީއާ މަޝްވަރާކޮށްފައެވެ. އެބޭފުޅުން މަޝްވަރާ ކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުންނާއި ރިޔާސީ މެނިފެސްޓޯ އެކުލަވާލުމުގެ ގޮތުންނެވެ.

އެ މަޝްވަރާތައް މ. ކުނޫޒާއި ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި ވެސް ކުރިއަށް ދިޔައެވެ. ސަން އައިލެންޑްގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި ގާސިމާއި ނަޝީދު ވެސް އެކުގައި ފެނިފައިވެއެވެ. އެކަމަކު، ވަކި ހިސާބަކުން ފެށިގެން އެ މަޝްވަރާތައް ހިނގަމުން އަންނަ ތަން ފެނިފައެއް ނުވެއެވެ. އޭރު އަޑު ފެތުރިފައި އޮތް ގޮތުން މަޝްވަރާތައް ހުއްޓުނީ ބަރުލަމާނީ ނިޒާމާ ގުޅޭ ކަރުދާހެއް ނަޝީދު ހުށަހެޅުއްވުމުންނެވެ. އަދި އެކަމަށް ގާސިމް އެއްބަސްވެވަޑައިނުގަންނަވާ ކަން ވެސް އެނގިފައިވެއެވެ.

ގާސިމް މިއަދު ވީޓީވީ އަށް ދެއްވި އިންޓަވިއު. --

ވީޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ނަޝީދު ވަރަށް ފުރިހަމަ އަށް އެނގިވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނު ނޫން ބޭފުޅަކު ވެރިކަމުގައި ހުންނަވަން ނަޝީދަށް ކަމަކު ނުދާނެ ކަމަށެވެ. އަދި އެހެން ބޭފުޅަކަށް ވެރިކަން ދޭން ނަޝީދަށް ކެތެއް ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ނަޝީދަށް ވެރިކަން ހޯދައި ދެއްވުމަކީ އޭނާގެ ވިސްނެވުމެއް ނޫން ކަމަށެވެ.

އަދި މީހަކު "ޖަހާހާ ބެރަކަށް" ނުނައްޓަވާނެ ކަމަށާއި "ގުނބޯ ވެސް ނުހެދޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން އަޑު އަހަން ދަރިއަށް ވެރިކަން ދީފައި ވެސް އަނެއް ދުވަހު ރަސްކަން އަތުލި ވާހަކަ ދިވެހި ތާރީހުގައި ވެސް. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އެކަން ހިނގާ ގޮތް ކަންނޭނގެ އެއީ." މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށް ދެ ފަހަރެއްގެ މަތިން ނަޝީދު ސަން އައިލެންޑަށް ވަޑައިގަތެވެ. ނަޝީދު ހުށަހެޅުއްވި ކަރުދާހުން އެނގިވަޑައިގަތީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވާނެ މަގު ކޮށައިދޭ މީހަކަށް ގާސިމް ވެވަޑައިގަތުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން މިސާލެއް ދައްކަވައި ގާސިމް ވިދާޅުވީ، ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަރުދާހަށް ބެލުމުން އޭނާ ސިފަވަނީ ނަޝީދު ވެރިކަމަށް ވަޑައިގަތުމް ބޭނުންވާ "ސްޓެޕިން ސްޓޯން" އެއްގެ ގޮތުގައި ކަމަށެވެ.

ގާސިމާއި ޖޭޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން އަދި ނަޝީދުގެ ވަފާތެރިން ބައްދަލުވުމެއްގައި.

"ރައީސް ނަޝީދު ވެރިކަމަށް ގެންނަން ހުރިހާ މަގެއް ކޮށައިދީ އެކަން ކުރަން ހުރި މީހަކަށް އަޅުގަނޑު ވަނީ. އަޅުގަނޑު ކޯލިޝަން ހަދައިގެން ދިޔައީމަ މިވާ ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ ދެމެދު އޮތް ކްލޭޝް، ނޫނީ ހަމަނުޖެހުން އިތުރަށް ބޮޑުވެގެން ގޮސް އެމްޑީޕީ ހަލާކުކޮށްލި މީހާގެ ލަގަބު އަޅުގަނޑަށް މި ލިބެނީ،" ވިލާ ގްރޫޕްގެ ޗެއާމަން ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި އެމްޑީޕީ އުފެއްދެވުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅަކީ އޭނާއެވެ. އެއީ ނަޝީދުގެ ހިތްވަރެއް ނޫނީ އެމަނިކުފާނު ކުރެއްވި ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ. އެމްޑީޕީގެ ބޭފުޅުން ބޭރުގައި ތިއްބެވި އިރު އެކަމަށް ދޭން ޖެހޭ އެއްބާރުލުން ދެއްވީ އޭނާ ކަމަށް ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން އެމްޑީޕީ ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި އާއި އޮފީހުގެ ހަރަދާއި މުވައްޒަފުންގެ ހަރަދު ވެސް އޭރު ދެއްވީ ޑިމޮކްރަސީގެ ހަމަތަކުގެ އުސޫލުން ވާދަވެރި ނިޒާމެއް ގާއިމު ކުރަން ވެގެން ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މައްސަލައަކީ ވެރިކަމުގެ ނިޒާމު ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ވެރިކަމަށް ވަޑާއިގަންނަވާ ބޭފުޅަކު ގޯސް ނަމަ، ކަންކަން ރަނގަޅެއް ނުވާނެއެވެ. ފިތުނަ ފަސާދަ އުފެއްދުމަކީ މާތް ﷲ ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙޮބޭ

    ގާސިމަށް ތިވަރު ވިސްނުންކަން ނަސީބު

    27
    4
  2. މަރީ

    ތިނަޝީދަށް ދުވަހަކުވެސް ދެން މިގަވްމުގެ ވެރިކަމެއްނުލިބޭނެ

    10
    1
  3. ވާނުވާ

    ގާސިމް އަށް ސެލިއުޓް ކުރަން ތީދިވެހިދަރިންނަކީ ތީ ދހިވެހި ލެއަކީ މަނިކްފާން ތިޔަ ވިދާޅުވި ބަސްތަކަށް ފަށްފށުން ޝުކުރުދަންނަވަން

    7
    6
  4. ޖަނާޒާ

    ފުރުތަމަ ފަހަރަށް ސާބަސް އަރިސް ކޮށްފިން ، ވ ބޮޑަށް ޝުކުރިއްޔާ

    23
    6
  5. އަވަށުމީހުން

    އައިޝާގެ ބާރު ގަދައީ ހަމަ..

    22
    3
  6. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ވެރިކަން ބޭނުން ޤާސިމް ވެސް. މައްސަލަ އަކީ ތަޢުލީމީ ފެންވަރު ނެތުމާއި، އިބޫ އަށް އިނގޭ ވަރަށް ވެސް އިނގިރޭސި ނޭންގުން.

    22
    8
  7. Anonymous

    ގާސިމް ބުންޏަސް ތެދެއް ވާނީ ތެދަކަށެވެ. އަންނި އަކީ ވެރިކަމާހެދި މަރުފަލި ޖަހާމީހެކެވެ. އަންނިއަކީ ވެރިކަމުގެ ބޭނުމުގައި އަމިއްލަ ދަރިންނާއި މައިންބަފައިން ކަތިލަންވެސް ފަސްޖެހޭނެ މީހެއް ނޫނެވެ.
    ގާސިމް ކައިރިއަށް ބައިއަތު ހިފަން ދިއުމުކުރިން ގާސިމާ ދިމާލަށް ވެސް އަންނިގެ ވަފާތެރިންނާއި އަންނި އާއި މީޑިއާ ފޭކް އަންނި ގޮވިހާއެއްޗެތި އެހުރީ ފެންނާށެވެ. ބައިއަތު ހިފަން ދިޔަދުވަހު ގާސިމު ވަރުގެ މޮޅު ރަނގަޅު މީހެއް ނެތިގެން ގޮވިހާ އެއްޗިއްސާއި މިހާރު ގާސިމު ނޫނެކޭ ބުނުމުން ގާސިމަށް ދެކޮޅަށް ގޮވާހާ އެއްޗެތިވެސް އެހުރީ ފެންނާށެވެ.
    އަންނި ބޭނުން ވަނީ ވެރިކަމެވެ. ކޮންމެ ގޮތަކުން ނަމަވެސް ވެރިކަމެވެ.

    22
    5
  8. ނުދޭނެއޭ

    ގާސިމް އެއްގޮތަކަށް ވެސް ގަބޫލުކޮށްގެން ނުވާނެއޭ ގާސިމަށް ބޮނޑިދީފައި ޕީޕީއެމް ވެސް އަދި ޕީއެންސީ ވެސް އަދި ދަ ޑިމޮކްރެޓުން ވެސް ފިލާނޭ ކަމަށް ގާސިމްގެ އެޑްވައިޒަރުން ގާސިމަށް ދެނީ ވަރަށް ނުބައި މައުލޫމާތޭ އެޑްވައިޒަރުންނާއި ނުލާ ސީދާ ސީދަލަށް ގާސިމް ވާހަކަ ދައްކަންވީއޭ ޕީޕީއެމްއާއި އަދި އެމްއެންޕީއާއި އަދި ދަ ޑިމޮކްރެޓުންނާއި ގާސިމަށް އޮތް ހިތް ހެޔޮ ކަން ގާސިމަށް އިނގޭނެއޭ ކެނެރީގެ ނަޝީދު ގާސިމަށް ދެރައެއް ނުދޭނެއޭ މިފަހަރު ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ

  9. ސަންގު

    100% ތެދު މިފަހަރު ތިޔަބުނީ

    11
    1
  10. އެދުރު

    ޥެރިކަކަމަށް ފައިނުނަގަނީކާކު އެންމެންވެސް ހެދުނުހާ ދޮގެއް ހަދާގެގެނވެސް ވެރިކަމަށް އެރޭތޯނޫންތޯ މަސައްކަތް ކުރަނީ މީގެ ކުރީގަ މީހުން ހީކޮށްގެން ތިބީ ކާމިނީ ބޭފުޅުންނަށް އެކަނިކަމަށް ވެރިކަންކުރެވޭނީ އެކަމަކު މިހާރު އެންމެންނަށްވެސް އެގިއްެޖެ ވެރިކަން ލިބިއްޖެއްޔާ ކުރެވިދާނެކަން އެހެންވެ ވެރިކަމަށް އަންނަނަން އެންމެންވެސް މަސައްކަތް ކުރަނީ ވިއްކެން އޮތްހާއެއްޗެއް ވިއްކާގެންވެސް ވެރިކަން ކުރެވޭތޯ މިބަލަނީ! ޥ. ސަލާމް.