ކުރިއަށް އޮތް ފަސް އަހަރު ނިމޭއިރު ރާއްޖޭގެ އިގުތިސާދު އިގްތިސާދު ދެގުނަ ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އައްޑޫ ސިޓީ މަރަދޫގައި މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ބިން ހިއްކުން ރަސްމީކޮށް ފެށުމަށް މަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތާއި ކުރަން ހުރި ކަންކަމުގެ މައްޗަށް ފެންނަ ނަތީޖާއެއްވާ ކަމަށެވެ. އެއީ ރާއްޖޭގެ ހާލަތު ވަރު ހުރި އިގްތިސާދެއްގެ މައްޗަށް ބިނާ ކުރެވޭނެ އުންމީދު ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން 2028 ނިމޭއިރު، ރާއްޖޭގެ އިގްތިސާދު ދެގުނަވެގެން ދިއުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ގެނެވޭނެ އެންމެ ބޮޑު އެއް ބަދަލު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މީގެ ފަސް އަހަރު ކުރިން، ރާއްޖޭގެ ޖުމްލަ އުފެއްދުންތެރި ކަމަކީ 82 ބިލިއަން ރުފިޔާ ކަމަށާއި މީގެ ފަސް އަހަރު ފަހުން ރާއްޖޭގެ އިގްތިސޯދު ދެ ގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާ އަށް ގެންދެވޭނެ ކަމަށެވެ.

"އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް މިހާރު މިދަނީ ކުރަމުން. ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން މި ވިއްދަނީ މުޅި ރާއްޖެ އެކުގައި އުފުލާލަ ދޭނެ އިގްތިސާދީ ދުންކަރާސް. އޭގެ ބުޑުގައި ބަހައްޓާނެ ބިން އައްޑޫ ސިޓީގައި މި ދަނީ ސަރާސަރުވެ ފެތުރެމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ނުވެ ދިވެހިން ބޭނުންވާ މަންޒިލް ނުފެންނާނެ ކަމަށެވެ. އަދި އުފާވެރި، ތަނަވަސް، ޖަޒީރާ ދިރިއުޅުމެއް ދިވެހިންނަށް ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީގެ ނިގޫ ލައިގަންނަން ޖެހޭ އެއް ތަނަކީ އައްޑޫ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިއީ ފަސް އަހަރެއްގެ ފެށުމާއި އަނެއް ފަސް އަހަރެއްގެ ނިންމުމަށް ހިންގޭ 10 އަހަރުން ދިވެހިރާއްޖޭގެ އިގުތިސޯދު ދެގުނަ ކުރެވޭ އިގުތިސާދީ ބޮޑު ބަދަލުގެ 10 އަހަރު ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިންގާ ގިނަ މަޝްރޫއުތަކަކީ އިންޑިއާގެ ލޯން އެހީ އާއި ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކެވެ. އެގޮތުން ތިލަމާލެ ބްރިޖާއި ހުޅުމާލެ ހައުސިން މަޝްރޫއު އާއި އައްޑޫ ބިން ހިއްކުމާއި މަގު ހެދުމާއި ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ވެސް އިންޑިއާގެ ދީލަތު އެހީން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޑައެލޯގް

    ކޮންތާކުންބާ މީނަ އިކޮނޮމިކްސް ކިޔެވީ ހާދަމޮލުމީހެކޭދޯ އެހެންވީމަތާ ރައްޔިތެއްގެ ބޮލަކަށް 300000 އަށްވުރެ ބޮޑުދަރަންޏެއް ޖެހިފައި އެއޮތީ ޑޮލަރުވެސް ބްލެކްމާކެޓުންލިބެނީ

  2. Anonymous

    ރާއްޖޭގެ އިގްތިޞާދު ދެގުނަވަނީ ދަށަށް ކަމެއް މައްޗަށް ކަމެއް ނޭނގުނު. ފެންނަ ފެނުމަށް ހީވަނީ ދެގުނަ ނުވަތައެއަށް ވުރެވެސް ބޮޑު ގުނަޔަކަށް ދާނެހެން އަޑިޔަށް

    25
    • Anonymous

      ދިވެހިން ބަންކަރިން އާއި ތެޔު ސްޓޯރް ކޮށް ތެލުގެ ހިދުމަތް ދިނުނައްޓަކައި ރާއްޖޭގެ އުތުރުގައިވާ މަލިކް އަތޮޅާއި ދެކުނުގައިވާ ފޯޅަވަހި އަތޮޅު ހޯދަންއެބަޖެހޭ އޭރުން ބަންކަރިންގެ ހިދުމަތާއި ތެލުގެ ހިދުމަތް ފޯރުކޮށްދެވޭނެ ވަރަށް ފުރިހަމަޔަށް !

  3. އައްދޫގެ އަޑު

    ހިންނަވަރު ނޫރާނީއާގެ އިބްރާހީމް ފުޅުގެ އަނގައިން އިގްތިބާދު ދެގުނަވާނެ

    25
    • Anonymous

      2028 ގައި އިޤުތިސޯދް ދެގުނަ ވާއިރު ރާއްޖޭގެ ދައުލަތުގެ ދަރަނި ކިހާވަރެއް ވާނެތޯ ދަރަނި ބޮޑުތޯ ވާނީ ނުވަތަ ދަރަނި ކުޑަތޯވާނީ !

  4. އިލޫލާ

    ދަރަނި 10 ގުނަ ވާނޭއޭވެސް ބުނެބަލަ! މިސަރުކާރުގެ ދަރަނި 60 ބިލިއަނުން މަތީގައި އޮތީ!

    27
  5. އިބްރާހިމް

    ކަމެއް ނުކޮށްދެވޭ މީހުން އަބަދުވެސް ދައްކާނީ ފަހުގެ ތާރީޚެއްގައި ތަރައްޤީވާނެކަމަށެވެ.

    25
  6. ހުސޭނުބޭ

    ކޮންމެވެސް މިނިސްޓަރަކު އައިސް އައްޑޫ މީހުންގެ ޖީބަށް ޑޮލަރުވެސް ވައްދާދީފި. އެހެންވިއްޔާ މިރޭ ނިދާލުމުން އިޤްތިސާދު ދެގުނަވެފައި ހުރިތަން ފެންނާނެތާ!

  7. ޙ

    ލަދު ކޮބާ؟؟؟

  8. އިބޫ އިސްތިއުފާ!

    ދޮގުހެދިޔަސް ލަދު އޮންނަންވާނެ. ހައްދެއް ނެތް މިމީހުންގެ

  9. ކޮސްފަހަރި

    ނުކިޔަވާ ހުރި ނާގާބިލަކު ހްރޭޑް 20 ގެ ފެންވަރުވެސް ނެތް މީހަކަށް ގައުމެއްގެ އިގްތިސާދު 4 ގުނަ ކުރާ ވާހަކަވެސް ޖާހިލުކަމުގެ ތެރެއިން ބުނެވިދާނެ. އެކަމކު އެއީ ކިހިނެއްވާ ކަމެއްކަން އެގޭ ފެންވަރެއް މީހާގެ ކިބަޔަކު ނެތް

  10. ޙުސެމްބެ

    ދެންވެރިކަމައް އަރާމީހަކައްވެސް އަނެއްބަލާވެރިކަން ދެގުނަވާނެ

  11. Anonymous

    ތީގެ ފައިދާއެއް ނުލިބޭ އާންމު ދިވެހި ރައްޔިތުންނަކަށް

  12. ޜައްޔިތުމީހާ

    ރާއްޖޭގެ އިގްތިސާދުތޯ ނޫނީ މިސަރުކާރުގެ ވެރިންގެ ޖީބުތައްތޯ މިހެންމިބުނީ ވެރިކަމާހަވާލުވިއިރު ވަރައް ހާލުގަ ތިއްބެވިބޭފުޅުން މިހާރު މިލިއަންޑޮލަރުގަ އުދުހޭތަން އެބަފެނޭ