އައްޑޫގައި މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިމުމުން 7،000 ފަތުރުވެރިކަމުގެ އެނދު އޮޕަރޭޓްވާނެ ކަމަށް ވިދާޅުވެ، އެ ސިޓީގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުންމީދެއް ދެއްވައިފިއެވެ.

ދެކުނުގެ އެންމެ ބޮޑު ސިޓީ، އައްޑޫގައި މި ސަރުކާރުން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި އައްޑޫގެ ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއު ހިމެނެއެވެ. ސަރުކާރުން ބުނާ ގޮތުގައި، މިއީ މިހާތަނަށް ސަރުކާރަކުން އައްޑޫގައި ކުރިއަށް ގެންދާ އެންމެ ބޮޑެތި މަޝްރޫއުތަކެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް މަރަދޫ ހިއްކި ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖެ އަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފުރަތަމަ ފާހަގަ ޖެހޭ ތަނަކީ އައްޑޫ ސިޓީ ކަމަށެވެ. އައްޑޫ ސިޓީންނާއި ރާއްޖޭގެ ހުރިހާ ރަށަކުން މި ފެންނަ މަންޒަރަކީ އެ ދުވަހު "ރުވި، ގަސްތަކަށް ރޫފަ ޖެހި ކުރިލާ ހެދޭ މަންޒަރު" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު މަރަދޫގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ދުނިޔެއަށް ހުޅުވާލެވޭ ސިޓީ އަކަށް އައްޑޫ ސިޓީ ބަދަލު ކުރުމަކީ މާޒީގެ ތެރެއިން ތަކުރާރުކޮށް އިވުނު ދިގުލީ އަޑެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަޑު މަޑުކުރުމަށްފަހު، މިއަދު ސަރުކާރުން މި ކުރަނީ އެކަމަށް ބޭނުންވާ ކަންކަން ކަމަށް އެމަނިކުފާނު ވިދާލުވިއެވެ. އަދި އައްޑޫ ސިޓީ އަށް ބަދަލު އަންނާނީ އައްޑޫގެ ބިމުގެ ބައްޓަން ބަދަލުކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"މިއަދު ތިޔަބޭފުޅުން ތިޔަ ދެކެވަޑައިގަންނަވަނީ އޭގެ އަމަލީ މަންޒަރު. އައްޑޫގެ ތާރީހުގައި ހިންގޭ ބިމާ ގުޅޭ އެންމެބޮޑު މަޝްރޫއު މިހާރު އެވަނީ މެކުހަށް ޖަހާފައި. 1.5 ބިލިއަން ރުފިޔާ ހޭދަކޮށްގެން، 190 ހެކްޓަރުގެ އިތުރު ބިން، ތިޔަބޭފުޅުންގެ މި އައްޑުއަށް އެ ދަނީ އިތުރުވަމުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން 50 އަހަރު ފަހަނައަޅައި ދިޔަ އިރު، ދިވެހި ފަތުރުވެރިކަމުގެ ފުނަށް މިހާރު ވަނީ ބަދަލުވާން ފަށާފައި ކަމަށެވެ.

މަރަދޫގައި މިއަދު ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރިއަލް އެސްޓޭޓް އަދި އިންޓަގްރޭޓަޑް ޓޫރިޒަމަކީ ފަތުރުވެރިކަން ގޭގައި ދޮރުގައި ޓަކި ޖަހާނެ ސަބަބު ކަމަށާއި ހަންކެޑެއަކީ ރައްޔިތުންނަށް ހިއްސާވެވޭ މިބާވަތުގެ ފަތުރުވެރިކަމުގެ އެންމެ އެކަށޭނެ އައްޑޫ ސިޓީގެ ސަރަހައްދު ކަމަށް ރައީސް ވިދާޅުވިއެވެ.

ހަންކެޑެ ފަރުމާކޮށް ތަރައްގީ ކުރާނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުންނެވެ. އެއީ އިންޓަގްރޭޓެޑް ރިސޯޓޫ، ސިޓީ ހޮޓާ، ގެސްޓްހައުސް އަދި ވޯޓާ ވިލާ އެކުލެވޭނެ ވަށާ ޖެހޭ މަޝްރޫއެކެވެ. ރައީސް ވިދާޅުވި ގޮތުގައި މިހާރު އޮތީ އެ މަޝްރޫއު ފެށުމުގެ މަރުހަލާގައެވެ.

"މުޅި މަޝްރޫއު އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމައިލެވޭނެ. ރާއްޖެއަށް ޑިމޮކްރަސީގެ ހެޔޮ ބަދަލު ހޯއްދެވުމަށް ތިޔަބޭފުޅުން ނުކުމެވަޑައިގަތީ، މި ޕްރޮޖެކްޓްތައް އައްޑުއަށް ހޯއްދެވުމުގެ ބޭނުމުގައި. އެކަން މިއަދު އެދަނީ އައްޑޫ ސިޓީއަށް ހާސިލުވަމުން." ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރައީސް ދެއްވި ހަންކެޑެއާ ބެހޭ ބައެއް ތަފްސީލްތައް:

- ހަންކެޑެ ކުރިއަށް ދާނީ ފުރިހަމަ ޕްލޭނާ އެއްގޮތަށް
- ހަންކެޑެ މަޝްރޫއުން އައްޑޫގެ އެހެން ރަށްތަކަށް 600 އެނދު އިތުރުވާނެ.
- މިއީ ޖުމްލަ 2،682 އެނދު އިތުރުވެގެންދާނެ މަޝްރޫއެއް.
- މަޝްރޫއުތައް ނިމުމުން ޖުމްލަ 7،000 ޓޫރިސްޓު އެނދު އައްޑޫގައި އޮޕަރޭޓް ވާނެ.

"ޝަންގްރިއްލާ ހުޅުވި ހިނގަން ފަށާނެ"

އައްޑޫގައި ހުޅުވި ފުރަތަމަ ރިސޯޓު ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާ ބަންދުކުރީ ކޮވިޑުން ލިބުނު ގެއްލުމުން އަރައި ނުގަނެވިގެން ކަމަށް ބުނި އޮގަސްޓު 20، 2020 ގައެވެ. ގެއްލުމުގައި ހިންގަމުން އައި ކަމަށް ބުނާ އެ ރިސޯޓުގެ ހިދުމަތްތައް ހުއްޓާލުމާ އެކު، 500 މީހުންގެ ވަޒީފާ ގެއްލިގެން ދިޔައެވެ.

މި ރިސޯޓަކީ 2005 ގައި ދިވެހި ސަރުކާރާއި ހޮންގް ކޮންގްގެ ޝަންގްރިއްލާ ކުންފުނި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއް ކަމުގައިވާ އައްޑޫ އިންވެސްޓްމަންޓްސް އިން ހިންގި ތަނެކެވެ. ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން އެ ރިސޯޓުގައި 284 ކޮޓަރި ހެދިއެވެ.

އެ ރިސޯޓު ހުޅުވެން އޮތީ އެ ރިސޯޓު ތަރައްގީކުރި އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގައި އޮތް ސަރުކާރުގެ 30 އިންސައްތަ ހިއްސާ ދޫކޮށްލައިގެންނެވެ.

ރައީސް ސޯލިހް މިއަދު މަރަދޫގައި. އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ދެންނެވި. --- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތުގައި އައްޑޫ ޝަންގްރިއްލާ ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތާލުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ. އަދި އެ ފަރާތާ އެކު އޮތް ޒަމާންވީ ސަރުކާރުގެ ހިއްސާ ދެމެހެއްޓުމަކީ އޮތް ހުރަސް ކަމުގައި ވުމަށް އެމަނިކުފާނު ނުހައްދަވާނެ ކަމަށް ވިދާޅުވިއެވެ.

"ނިމިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހު ހިއްސާ ބަދަލު ކުރުމުގެ ލިޔުންތައް ސަރުކާރުން އެ ފަރާތާ ހިއްސާކޮށްފިން. އެކަން ނިމުމާއެކު، ބޭނުންވާ ބަދަލުގެނެވި، ޝަންގްރިއްލާ ހުޅުވި، ހިނގަން ފަށާނެ." ރައީސް ވިދާޅުވިއެވެ.

"ކޮންޓްރެކްޓާ ފައިނޭންސް މޮޑެލްއެއް އައްޑު އަށް އަންނާނެ"

މީގެއިތުރުން ރައީސް ވިދާޅުވީ އެސްޑީއެފްސީގެ ފަރާތުން އަމިއްލަ ފަރާތްތަކުގެ ގެސްޓްހައުސްތައް އިމާރާތްކޮށް ނިންމައިދޭ ކޮންޓްރެކްޓާ ފައިނޭންސް މޮޑެލް އައްޑު އަށް އަންނާނެ ކަމަށެވެ. އޭރުން އައްޑޫގެ އެކި ރަށްރަށުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތައް، އެ ތަންތަން ދިގު މުއްދަތަށް ނަގާފައިވާ ފަރާތްތަކަށް ގެސްޓްހައުސް އަޅައި ނިންމައިދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު އައްޑޫ ސިޓީ މަރަދޫގައި. --- ފޮޓޯ: ރައީސް އޮފީސް

އަދި އެއީ ދިގު މުއްދަތަކަށް އަނބުރާ ދައްކާ ގޮތަށް ހިންގޭ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދެންނެވި ގޮތަށް ދޫކުރެވިފައިވާ 73 ބިމެއް އެބަވޭ. އޭގެތެރެއިން 44 ފަރާތަކުން 58 ބިމުގައި ގެސްޓްހައުސް އިމާރާތް ކުރުމަށް މިހާރުވަނީ އެދިފައި. މިއީ ޖުމްލަ 2870 ޓޫރިސްޓް އެނދު ހިމެނޭ މަޝްރޫއެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫގެ ގޯތިތައް ފަޅުވެ، ގެތައް ވީރާނާވެ، ގަސްބޯވެ، ވާވަނުމަކީ އައްޑޫ ރައްޔިތުން ހެޔޮ ބަދަލަށްޓަކައި ވީ ގުރްބާނީއާއި، ކުރި އުންމީދުގައި އޮތް ކަމެއް ނޫން ކަމަށެވެ. އައްޑޫ ރައްޔިތުން ބޭނުންވީ، އައްޑޫ އާބާދުވެ، އާރާސްތުވެ ކުރިއަރައި ދިއުމަށް ކަމަށާއި އެ މަގުތައް މިދަނީ ކޮށައި އަލިވެ އާރާސްތުވަމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ކޮވިޑް

    ގްންބޯ އައްޑޫ ގުންބޯ ހެއްދުމައިގެން ކުރިޔަށް. ޓްއަރިޒަމް މިނިސްޓަރ މައުސޫމު މުޅި އައްޑޫ ޑޮލަރުން ފުރީމަ އައްޑޫމީހުން ޑަލަރު މަތިން ފޫހިވީމަ ދެން އައުސޫމު މުޅި އައްޑޫ ފުރާލީ ޕައުންޑުން. މިފަހަރު އިބޫ މުޅި އައްޑޫ އެނދުން ފިރާލީތި. ދެން އައްޑޫ މީހުން ގްންބޯ ހެދިފަ ތިބޭ.

    54
    2
    • އާބިދާ މުޙައްމަދު

      ދަކަހިފިގޭވާހަކަ ނިދައްކަކަލޯ. މައުމުރުން 51އަހަރަ އަދިޔަސްގެވަޑަށް ނިލިބެއިއެންމެފަހުނަސްދޫކެޑެގެވަޑަ ރޯޑްޔޫސްޕުލޭނަކާއުކޭފެއި ކެންސަލްކޮއްލިޔެ، ފުޓްބޯޅަދަނޑާއި ޓޫރިޒަމް ބިންކެޓެއި އެކަމަކި ގެވަޑަނިކެޑެއި. ކޮހާމެން ވޯޓްހޯދާވީމެއި ކެރެދިއައުކޭފަށާނެއި. ވޭއެއްކަމަސްނެތް ބަލާމައެކަހަށް ވޯޓްހޯދާއާސެލައު. މިފަހަރަ މާތުންލިބޭނެއި އިސްތަށި
      އެންމެފަހުނަސް ޓޫރިޒަމް ކެޑިބިން ތިބީ ވައުވެފެއި. ކަލޯތަމެންނަ ވޭއެއްކަމަސްތެތް. ޖީބާފުރަފެއި އިތިރިކަ
      ަށްވޭވަރަށް ފައިސާނެތްމެއި ނަލަކޮއް ބެނާވީނުނީ

  2. ްޤާދިރު

    1000 އެނދު މަދުވީތާ އައްޑުއަށް ކުރާ ކޮންމެ ދަތުރަކަށް 1000 އެނދު މަދުވާނެތާ

    44
    • ހުސޭނުބޭ

      ރަސްމިއްޔާތު ނިންމާލާފައި ފުރައިގެން ދާއިރު އަނެއް 6000 އެނދު މަދުވާނެ! އެދަނީ ޗިޕްސް ޖަހާފައި

  3. ރަންނަ

    އިތުރު 7000 ތޯ ނޫނީ ކުރިން ބުނި 8000 އެނދުން 1000 މަދުކުރީތޯ؟ 5 އަހަރު ނިމިގެން މިދިޔައީ. އައްޑޫ މީހުންނަކީ ހަމަ ހަގީގަތުގަވެސް މޮޔައިން ކިތަންމެ ސްމާޓްކަމަށް ހެދިގެން ތިއްބަސް

    50
    2
  4. ވަޙީދުބެ

    އައްޑޫގައި ބިންނެތިގެން މިހުރިހާދުވަހުވެސް ޓުއަރިސްޓް ވިޔަފާރި ނުވެއޮތީ. ފަޅުގޯއްޗާއި ވާ ބާއްވަންވާނެ އެހެންގަނޑުތައް ގަންނަން. މިމީހުން މިތިބެނީ ހަމަހޭގައިބާ؟

    33
    1
  5. ޢަބްދޫ

    އެނދު ހެދިދާނެ ޓޫރިޒަމް އައްޑޫގަ ނުގިގާނެ

    30
    1
  6. އަޙުމަދު

    ކިހިނެއްތޯ މިވީ ، ލިޔުމުގައި އޮޅިގެން 7000 އެނދު ޖެހުނީތޯ ނޫނީ 2018 ގައި ވިދާޅުވި 8000 އެނދުކަން ހަނދާން ނެތނީތޯ ނޫނީ 1000 އެނދު މަދުކުރީތޯ؟ 2023 އާއި ހަމައަށް ކިތަށް އެނދު ފަތުރުވެރިކަމުގެ މަސައްކަތަށް ނެރެވިއްޖެތޯ؟ މީގެން އެގި ސާފު ވި އެއްޗަކީ ފާއިތުވެގެން ހަތަރު އަހަރާއި ހަމަސް ފާއިތުވިއިރު މިސަރުކާރުން ފުއްދަން ވައުދުވި 8000 އެނދުގެ ވަޢުދު ފުދިފައި ނުވާކަން އެހެންނޫންތޯ ؟

    37
    2
    • ޢަހަނާ

      1000 އަޅާ ނިމުނީ ދޯ

  7. އައްޑޫމީހާ

    ކޮންމެ އިންތިހާބަކަށް އައްޑޫ މީހުން ގުނބޯ ހައްދާނެ

  8. 123

    އައްޑޫއިންއެކަނިވެސް އިބޫ ސޯލިހު ހޮވާނަން انشاء الله

    1
    7
  9. ތަމެންދޯ

    ހެޔޮނުވާނެއޭ އައްޑޫ އަކީ އެއީ ޓޫރިޒަމް ޑެސްޓިނޭޝަނެއް ނޫނޭ އައްޑޫގައި ޓޫރިޒަމް ކުރިނާރާނެއޭ އައްޑޫ އަކީ އެއީ ރީތި ގޮނޑުދޮށް ތަކެއް ރީތި ފަޅު ތަކެއް އޮންނަ ތަނެއް ނޫނޭ އަދި މީހުންނަކީ އެހާ ރަނގަޅު ބައެއް ނޫނޭ ޓޫރިސްޓުން ނަށް ވެސް އޮޅުވާލާ މަކަރާއި ހީލަތް ހަދާ ޓޫރިސްޓުން އަތުން ވެސް ވައްކަން ކުރުން އިންތިހާ އަށް މަތީ ތަނެކޭ އައްޑޫ އަށް ނުދާނެއޭ ޓޫރިސްޓުން ބަދަލުގައި އައްޑޫ ހަދަންވީ އިންޑަސްޓްރިއަލް ޕާރކްސް ތައް އެއިރުން އައްޑޫ ކުރިއަރާނެއޭ...

  10. ނަސީމް

    މޮޔަ އައްޑޫ

  11. ގިނައިރު

    މީގެ ކުރިންވެސް ދެއްކި ވާހަކައެއް ތީ ކޮބައިތޭ 3000މީގެ ކުރިން ދޭންބުނި އެނދު މިހަރު 3މަހަށް ވީމަ 7000 އަށް ތިޔަ ބަދަލްކުރީ ރޯމަރު ދޮގު ހެދުންނޫން ކަމެއް ނެތްކަން އައްޑޫ ރައްޔިތުންނަށް ވަރަށް ސަފު

  12. ހާރުދަން

    އައްޑޫ މީހުން ހަމަ އެހާ މޮޔައީތަ؟

  13. އާސޯހުނުވޭ

    ފުރަތަމަ ތިފެއްޓާދިން ޕްރޮޖެކްޓް ދައުރު ނިމޭ އިރުވެސް ނިމޭނެ އިރެއް ނޭނގޭ ދެން ކިހިނެއް 7000 އެނދު ހަމަކުރާނީ

  14. Anonymous

    އެމަދުވީ 1000 އެނދުވީ އަލަމްގިރިވިލާގަ

  15. ޝާފީ ބެންޖަމިން

    އައްޑޫ ގެ ވައިފެން އެހޭ ފަރިފަރި ނޫން ވީމަ އައްޑޫ ގައި ޓުއަރިޒަމް ނުހިނގާނީ. މޫދު ގައިވެސް ލަންކާ ގެ މޫދު ގައި ހުންނަ ކަހަލަ ކުޑަކުޑަ ނުސާފު ކަމެއް ހުރޭ. ވަރަށް ފަޅު ފާޑެއް ވެސް ހުރޭ މުޅި މާހައުލުގައި ވެސް.

  16. ތުއްތުނާ

    ކޮބާހޭ ޗާގޯސްގެނެސް ދިވެހިންނާހަވާލުކުރި އިއްތިހާދު ؟؟ ރައީސް އެއޮތްވިއްކާލީ އައްޑޫ..

  17. އައްޑޫ މީހާ

    ހަގީގަތުގައިވެސް އައްޑޫ މީހުންނަކީ މި ދިވެހިރާއްޖެ ހަލާކުކުރުމުގެ މުގުލުގައި އަބަދުވެސް ތިބޭ ބައެއް. އަބަދުވެސް ގުބޯހެދިގެން ބޭނުން ގޮތަކަށް މޮޑެލެވޭ ފުށްގަނޑަކަށް ވެގެން ތިބޭ ބައެއް. އައްޑޫއަށް ކިރިޔާވެސް ކަމެއް ކޮށްދިން ވެރިޔާ އޮތީ ޖަލުގަ.

  18. ރަން ރީނދޫ

    ހިންގަ ހިންގާ ހުރި ރިސޯޓްތައްވެސް ވީ ބަންދު ،އެތަންތަން އޮޕަރޭޝަނަށް ނުގެނެވުނު ބަޔަކަށް ދެން ކޮން 7000 ފީ ފަޅޮލެއްތަ ފެޅޭނީ.

  19. އައްޑޫ

    ހަހަހަ...މޮޔައިން އުޅޭ ތަނަކަށް ގޮސް ކޮންމެ ފަހަރަކު އެތަކެއް ހާސް އެނދެއް އަޅާ. އެމީހުން ތިބޭނެ އަތްޖަހަން. މޮޔަ ހައްދާފަ ކޮންމެ ފަހަރަކު ވޯޓު ކޮޅު ދަމައި ގަންނަނީ. ގުނބޯ އައްޑޫ

  20. ޝާން

    އައްޑޫ ރައްޔަތުން ގުނބޯ ހައްދައިގެން ވޯޓް ހޯދަން ދޮގު މައްޗަށް ދޮގު ހަދަމުންދާތަން މިފެންނަނީ. 2018 ގަ ހަމަ ތިގޮތަށް 8000 އެނދު އަޅާ ގެސްޓުން ގެންނަންބުނި. 5 އަހަރުން 8 އެނދު ވެސް އަޅާ ނުދިންބަޔަކަށް އަނެއް 5 އަހަރުން 7000 އެދު އެޅޭނެތަ؟ މިފަހަރު ވޯޓް ނުލިބޭނެކަން ދަންނާތި.

  21. ނުޒުލޭ

    ހަތް ހާހެއް ނޫން. ބާރަ ހާހޭވެސް އަނގަ އޮތިއްޔާ ބުނެވިދާނެ. ހަރާމުން ހަރާން ތިޔައިން ކަމެއްވާނެ ނަމަ. ކުރިން ހަމަ ތިޔަ އަނގައިން ބުނީ އަށްހާހޭ. މިހާރު ތިޔަކިޔަނީ ފަޅޮލޭތަ. އައްޑޫ މީހުންނޭ ހޭއަރާތި އިންތިޚާބާ ދިމާކޮށް މީނާ ކޮންމެފަދަ މޮޔައެއްވެސް ގޮވާފާނެ.

    1
    1
  22. ޜައްޔިތުމީހާ

    އައްޑޫގެބިން ހިއްކުމުގެ ފަހަތުގައިވާ ކަންކަމީ ސިއްރެކޯ

  23. ހުސެން

    ކޮބާ ކުރިން ބުނީ 8000 އެނދު އެ އެޅީ ފަޒާގަތަ ނޫނީ ކަނޑުއަޑީގަތަ.އައްޑޫ އަކީ އެމްޑީޕީ އިން ވޯޓު ނަގާ ވޯޓު މެޟިނެއް ނުން .ދުންބުރުވައިގެން ވޯޓެއް ނުލިބޭނެ.އަޅިބުރުވަނީ މިސަރުކާރުން.ނުހެއްލޭތި ނުދޭތި ވޯތެއް މި އިބުރާހީމަށް

  24. އިބްރާހިމް

    އުންމީދާއި ހުޅުކޮޅު ދެއްކުން ނޫންކަމެއް އިބްރާހިމް މުޙައްމަދު ކުރެއްވިކަމެއް އަޅުގަނޑު ނުދެނަހުރީމެވެ. ވަށައިގެން ކޮންމެ ދިމާލަކަށް ބެލިޔަސް ޢަމަލީގޮތުން މި ވޭތުވެދިޔަ ފަސްއަހަރު ކޮށްފައިހުރު ހަރުދަނާ މަސައްކަތެއް ފެންނާކަށް ނެތެވެ. ނަމަވެސް ޤައުމުގެ ދަރަނި ވޭތުވެދިޔަ ހުރިހައި ސަރުކާރަކަށް ނުބައްދަލުވާވަރު ބޮޑު ދަރަނި ދައުލަތުގެ ބޮލުގައި އަޅުވާފައި އެބަހުއްޓެވެ.

  25. އަބްދޫ

    އަޅުގަނޑުމެނަށް 10000 ވެސް އެންދު ހެދިދާނެ އެކަމަކު އައްޑޫއަކަށް ޓޫރިސްޓުންނާންނާނެ. އައްޑޫއަކު އެފަދަ ވެއްޓެއްނެތް. މިހާރުވެސް އޭގެ ކުރުިން އައްޑޫގަެ ގުދުރަތީ ވެށިދަނީ ހަލާކުކުރަމުން. ޓޫރިސްޓުން ހިރްޖެހޭފަދަ އެއްވެސް ކަމެއް އައޑުއަކު ނެތް.