ވިއްސާރަ ނޫން ނަމަ އަމީނީ މަގުގައި އެންމެ ފަހުން ތާރު އެޅި ސެގްމެންޓްތައް ހަތް ދުވަހުގެ ތެރޭގައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އާރްޑީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އަމީނީ މަގުގައި ފަހުން ތާރު އެޅި ސެގްމެންޓް 4،5،6،7 ގެ ޓްރެފިކް ނިޝާންތައް އަދި މަގުގައި ކުރަހަން ޖެހޭ ރޮނގުތައް ކުރެހުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި ދުވަސްކޮޅު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާތީ މޫސުން ގޯސްވުމުގެ ސަބަބުން ބޭނުންވާ ބާރުމިނުގައި މަސައްކަތް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

"ވިއްސާރަނަ ނޫން ނަމަ މަސައްކަތް އަވަހަށް ނިމޭނެ. އެކަމަކު ވިއްސާރަ ވީމަ ކުރެހުމުގެ މަސައްކަތް މަޑު ޖެހޭތީ މި ލަސްވަނީ." އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ވިއްސާރަ ނޫންނަމަ ހަތް ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާލުމަށް ފަހު، ފަހުން ތާރު އެޅި ސެންމަންޓްތައް އާންމުނަށް ހުޅުވާލާނެ ކަމަށެވެ.

އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއޫ ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެކަމަކު، އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ތެރެއިން ކުރެވޭނެ މަސައްކަތް:

  • 1.79 ކިލޯމީޓަރު (މުޅި މަގު)ގައި ތާރު އަޅާނެ
  • - މަގުގެ ދުވާރު ހެދިގެން ދާނެ (ހިތްފަސޭހަ، ހިތްގައިމުވާނެ).
  • - ލޯފަން ބޭފުޅުންނަށް ހާއްސަ ބްރައިލް ބްލޮކް ބަހައްޓާނެ.
  • - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް (ފުރޮޅުލީގޮނޑި)ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށް ފަސޭހައިން އުޅެވޭނެ.
  • - މަގުގެ ފެހިކަން ނުގެއްލޭނެ.
  • - ބަސްހުއްޓި، ޕާކިންގ ޒޯން، ބަމްޕަރުތަކާއި މަގުބައްތި އަދި މަގުމަތީގައި ނިޝާންތައް ހުންނާނެ.
  • - ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމަށް ޕަމްޕް ބަހައްޓާނެ.

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތުގެ އަގަކީ 84.4 މިލިއަން ރުފިޔާ އެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަންތިރި

    ތިމީހުން ކަނޑާ ވަޔާ ވިއްސާރަ މަތިކުރުން ނުވަތައް މިދިޔަ ސަރުކާރު މަތިކުރޭ ދެންތިބުރިޖޯ ތިލަސްވާނީ

  2. އުގުރި

    މިމީހުންނާއި ޖެހުނު ފަހުން މާލެ އަރި ވެސް އަޅާފި..