އެއްވެސް މީހަކަށް ހަމާދޭން ނޫޅުއްވާ ކަމަށާއި، ސިޔާސީ ކަންކަމުގައި އަބަދުވެސް ކުރި ހޯއްދަވާނީ ވޯޓުން ކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

އަލީ ނިޔާޒް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭ އިއްޔެ މެންބަރު މުޣުނީ ފޮނުވީ އަލީ ނިޔާޒް ކަމަށް ތުހުމަތު ކޮށްފައި ވަނިކޮށެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިއަދު ޓުވީޓް ކުރެއްވި ވީޑިއޯއެއްގައި ނަޝީދު ވަނީ އަލީ ނިޔާޒްއަށް "އިންޒާރު" ދެއްވާފައެވެ. އެ ވީޑިއޯ އިން ވިދާޅުވާ އެއްޗެއް ސާފުނުވި ނަމަވެސް ބައެއް މެންބަރުން މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވަނީ އިއްޔެ ނަޝީދަށް ހަމަލާދޭން މުޣުނީ ފޮނުވީ އަލީ ނިޔާޒް ކަމަށް ތުހުމަތު ކޮށެވެ.

މިއަދު އާއްމުވި ނަޝީދުުގެ ވީޑިއޯ އާ ގުޅުވައި އަލީ ނިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަކީ ކުޅިވަރު ކުޅުނު މީހެއް ކަމަށާއި ކުޅިވަރުގައި ދަސްވި އެއްކަމަކީ މޮޅުވުމާއި ބަލިވުން އޮންނަ ކަމަށެވެ.

"ކޮންމެ ފަހަރަކު މޮޅެއް ނުވާނެ. ބަލިވާ ފަހަރު ބަލި ގަބޫލު ކުރަންވާނެ. އެއީ ވެސް ރީތި ސިފައެއް. އެއްވެސް މީހަކަށް ހަމަލާދޭކަށް ނޫޅެން. ބަލިކުރާނީ އަބަދުވެސް ވޯޓުން،" އޭނާ ވިދާޅުވި އެވެ.

ނަޝީދު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ފުރުސަތު ނުދޭކަމަށް ބުނެ އެމްޑީޕީން މިއަދު ވަނީ ނަޝީދުގެ އިތުބާރުނެތް ކަމަށް ހުށަހަޅަން ފާސްކޮށްފައެވެ. ނަމަވެސް އަދިވެސް ނަޝީދަށް ތާއިދު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާކަށް އެމްޑީޕީއަކަށް ނުކެރޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހިކި ކިރު

    ކުދިންނޭވެ! ތިޔަ އުލެނީ މޑޕ ގެ ހަޔާތުގާވެސް މިހާތަނަށް އަލާނެ އެންމެ ޅަ ގޮނބޮޅި އަލަންވެގެންނެވެ. މި ކޮމެންޓް ތިޔަ ކުދިން ނޯޓު ކޮއްލާފައި ބޭއްވުން ބުއްދިވެރިވާނެ ކަމަށް ދެކެން.

    18
    8
  2. ނަޝީދު ބޭރުކުރޭ

    ނަޝީދުގެ އުނދަގޫ މާ ބޮޑުވެއްޖެ. ސެކިއުރިޓީއޭ ކިޔާ، އޭނާ ކާރު ވަށާ ދުވާ މީހުން ތިބޭކަށް ނުޖެހޭ. އޭނާގެ ކާރު އޮންނާތީ މާލޭ މެދުތެރެއިން މަގުތައް ބަންދުކުރާކަށް ނުޖެހޭ. އޭނާއަށް މަހަކު ލައްކައިން ހަރަދު ކުރާކަށް ނުޖެހޭ

    1
    1
  3. މުދި މުދި

    އިސްލާމް ދީނައްފުރައްސާރަ ކޮއްފަ ތިބޭ ވެރިން މިގަވްމުގައި ވެރިންގޮތުގައި ނުލައްވާދޭވެ އާމީން އާމީން އާމީން

  4. އއ

    ތިހާ ގަޓު މަގުބޫލު މަސައްކަތެއް ރައްޔިތައް ދެއްކުނު މީހެއްކަމުގަ ނުފެނޭ. !!!! އަންނަ ދައުރުގަ ގޭގަ ހުންނާނެ މީހެއްކަމުގަ ލަފާކުރެވެނީ.!

    2
    1
  5. ހަވާދުކަރަ

    ދުނިޔެއިން ލަދު އަރުއްވައިގެންފިކަން އެބަ އެނގޭ މިހާރު

    4
    1
  6. ރިޔާސަތު

    އެންމެ ރުޅިގަދަ މީހާއަކީ އެންމެ ބާރުގަދަ މީހާކަމަށް ދެކުމަކީ އެކަން ގަބޫލު ކުރާ މީހެއްގެ ނުކުޅެދުންތެރިކަން ކަމުގައި ނުވެ ނުދާނެއެވެ.

    5
    1
  7. ޢަސްލު ވާހަކަ

    މުޢުނީ ނަޝީދުއާއި ދިމާލަށް ދިޔުން ހަޑި. މުޢުނީ އަށް މަޖިލީހަށް އާދެވުނީ ނަޝީދުގެ ސަބަބުން. ކުރީގެ އަނބިމީހާއަށް އަނިޔާ ކުރި ކަމަށް ބުނެ ފެތުރުނު ހަބަރާއި ގުޅިގެން އެމް.ޑީ.ޕީ ގެ ކޮމިޓީތަކުން މުޢުނީ އަށް ޓިކެޓް ނުދޭން ނިންމަން އުޅެނިކޮށް ސީދާ ނަޝީދުގެ އެންގުމަށް ޓިކެޓް ދީ ބޮޑު ޙަރަދު ކޮށް ގޮނޑިއަށް ލާފައި ތިހިރީ..