ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ "ވިލާ ގަނޑުން" ހިޔަލެއް ނުލިބޭ އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ރޭ ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ދެކުނު ދާއިރާގެ ފަރާތުން އެ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި އަލީ އާރިފް ވިދާޅުވީ ގާސިމްގެ ފަރާތުން މިހާތަނަށް ފެނިވަޑައިގަތީ ހިތްވަރާއި ހިކުމަތްތެރިކަމާއި ފަންވަރު ކަމަށެވެ. ގާސިމްގެ ވިޔަފާރީގައި އާ އުސްމިންތަކަށް ވަޑައިގެންނެވުނީ ސަރުކާރުތަކުން އެހީވެގެން ކަމަށް ބައެއް ފަރާތްތަކުން ބުނި ކަމުގައި ވިޔަސް، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭޕީން ކުނޫޒުގައި ރޭ ބޭއްވި ޖަލްސާ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"ގާސިމް ވިޔަފާރީގައި އެ ހުންނެވި ހާލަތަށް ނުވަތަ އެ ހުންނެވި އުސްމިނަށް ވިޔަފާރީގައި އާދެވުނީ ބައެއްގެ އެހީތެރިކަން ނެތިއެއް ނޫން. ގާސިމް އާ ދިމާލަށް ބައެއް ފަހަރު މީހުން ވިދާޅުވޭ އެމަނިކުފާނަށް އެވެނި، މިވެނި ފުރުސަތެއް ދައުލަތުން ފޯރުކޮށްދީގެންނޭ. އެއީ ކަނޑައެޅިގެން ދޮގެއް،" އަލީ އާރިފް ވިދާޅުވިއެވެ.

ގާސިމަށް ވުރެ ބޮޑަށް ދައުލަތްތަކުން ދަތި ކުރާ ވިޔަފާރިވެރިއަކު ރާއްޖޭގައި ނުހުންނާނެ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ގާސިމްގެ ވިޔަފާރި އޭރުގައި ފެއްޓެވީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި 2،000 ޑޮލަރުގެ ލޯނަކުން ކަމަށެވެ. އެ ފައިސާ އިން ވަރަށް ގިނަ ވިޔަފާރިތައް ފުޅާ ކުރައްވާފައިވާ ކަން އަލީ އާރިފްގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

ޖޭޕީން ކުނޫޒުގައި ރޭ ބޭއްވި ޖަލްސާ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ގާސިމްގެ ވިލާ ކުންފުނިން ހިންގަމުން އަންނަ ބައެއް ވިޔަފާރިތަކުގެ ތެރޭގައި ވިލާ ގޭހުގެ ހިދުމަތާއި ވިލާ މާޓާއި ވިލާ ހަކަތައިގެ ހިދުމަތާއި ވިލާ އެއާގެ ހިދުމަތާއި ވިލާ ސިމެންތީގެ ހިދުމަތްތައް ހިމެނެއެވެ. އަދި ދިވެހިން ބިނާ ކުރުމަށް ވިލާ ކޮލެޖުގެ ހިދުމަތް ވެސް ގާސިމް އަންނަނީ ފޯރުކޮށްދެއްވަމުންނެވެ.

"ވިލާ ކުންފުނީގެ އެ ވިލާގަނޑުން އެ ހިޔަލެއް ނުލިބޭ ހަމަ އެއްވެސް ދިވެހި ރައްޔިތަކު، ސީދާކޮށް ނުވަތަ ނުސީދާކޮށް ނުހުންނާނެއޭ ދެންނެވުމަކީ އަޅުގަނޑަކަށް ހިއެއް ނުވޭ ދޮގަކަށް ވާނެ ހެން،" ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި އަލީ އާރިފް ވިދާޅުވިއެވެ.

އަލީ އާރިފް ވިދާޅުވި ގޮތުގައި ގާސިމްގެ ދީލަތި ކަމުގެ ވާހަކައަކީ އެންމެން ދަންނަ ހަގީގަތެކެވެ. ގާސިމް އަނިޔާވެރި ނުވާނެކަމަށް ރާއްޖޭގައި މިހާރު ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުންވެސް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

(ކ-ވ) ރޭގެ ޖަލްސާގައި ޝާހް، އިލްހާމް އަދި ޖިހާދު. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ގާސިމް ވެރިކަމަށް ވަޑައިގަތުމަކީ ވިޔަފާރިވެރިންނަށް ލިބޭނެ ލަނޑެއް ކަމަށް ހީވި ނަމަވެސް އެއީ ކުށް ހީއެއް ކަމަށާއި ގާސިމަކީ އަމިއްލަ މަސްލަހަތު އިސް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

ގާސިމަކީ އެއްވެސް އިރެއްގައި އެއްވެސް ސަރުކާރަކާ ދެކޮޅު ބޭފުޅެއް ނޫން ކަމަށާއި ނަމަވެސް ރައްޔިތުންނަށް ދިމާވާ ދަތިތައް ހުއްޓުވައި ގާނޫނު ނެގެހެއްޓެވުމަށް ނުކުންނެވުމުން ބައެއް ސަރުކާރުތަކުން އެއީ އިދިކޮޅަށް ތެދުވުން ކަމަށް ދެކި އުނދަގޫ ކުރައްވާ ކަމަށް ވެސް އާރިފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

73 ކޮމެންޓް

  1. ލުޠުފީ

    ޢަލީ އާރިފް ތިހެދީ ކަނޑައެޅިގެން ދޮގެއް. އަހަރެން އަދި އަހަރެންގެ ޢާއިލާގެ އެއްވެސް މީހަކަށް ޤާސިމްގެ ފަރާތުން ލޯލާރިއެއް ކީއްކުރަން ފީ އަހިފަތެއްގެ ހިސާބުވެސް ލިބިފައެއް ނޯންނާނެ.

    104
    2
    • ޖުހާގެ ފޮރެންޑް

      މި ޚަރަށް ކޮށްފަ ހުރި ކޮމެންޓް ތަކާއި އަދި ކުރަން ހުރި ކޮމެންޓްތަކަށް ދަންނަވަން....ބަލަގަ "ވިލާ" އިން ހިޔާ ލިބޭ އެންމެނަށްވެސް.. ވިލާއިން އަވި ނިވާ ހިޔާވޭ... ލޮލް

  2. މުހައްމަދު އަހްމަދު

    ދުވަހަކު ވެސް ލޯ ލާރިއެއް ވެސް ނުލިބޭ.

    78
    1
  3. އައްލާގެ އަފީފު

    މަނިކުފާނު އިތުރުފުޅު ނަހައްދަވާ... އަހަންނަކީވެސް ދުވަހަކުވެސް ތި ބުރުމާބޭގެ އެއްވެސް ހިޔަލެއްގަ ދަށުވި މީހެއް ނޫން. ކަލޯގަޔާ ވިސްނާ. ބުރުމާ ހިޔަލުދަށުގަ ތިއްބަސް ބަޔަކު ރައީސް ކަމަށް ވޯޓް ނުދޭނެ. ނުވެސް ހޮވޭނެ..

    78
    1
  4. މެކުނު

    ފޭކް ވާހަކަ ނުދައްކާ...

    64
    2
  5. މސ

    "ވިލާ އިން ހިޔަލެއް، ނިވަލެއް ނުލިބޭ އެއްވެސް ދިވެއްސަކު ނުހުންނާނެ"
    އަހަންނަށް ހަމަޔަގީނުންވެސް ނުލިބޭ. އަހަރެން ކަހަލަ ކިތަންމެ މީހުން އެބަތިބި.

    75
    1
  6. Anonymous

    ކަލެއަށް ތި ލިބެނީ.

    60
    1
  7. މަޗްމަނިއްޓޭ

    މަށަކަށް ތިޔަ ބުނާ އެއްވެސް އެއްޗެއް ތިޔަ ކިޔާ ތަނަކުން ލިބިފައެއް ނެތް.. އެހެނެއް ނުން އުޑު މަތީ ހުރި ވިލާ ތަކުން ހިޔާ އަދި ނިވާކަން ވެސް ލިބޭ..

    60
    1
  8. Anonymous

    ޢަލީއާރިފު ކިޔާމީހަކު ކޮންހޮރެއްގައި ފިލާއޮވެފަ ނިކުމެގެން ކޮންހަޅޭއެއް ލަވާކަށްތަ؟؟ކަލޭމެންނަކީ އެމްއެމްޕީއާރސީގެ ޚިޔާނާތް ފައިސާގައި ޖެހިފައިވާތީ ޝަރީއަތުން ސަލާމަތްވާން މިސަރުކާރުކޯލިޝަންވެފައިވާ ގާސިމު ފައިބުޑަށް ވެއްޓިގެން އުޅޭ ޚާއިނުންތަކެއް، ތިޔަކިޔާބަންޖެއް އަހަރުމެން ރައްޔިތުންނަށް އަޑެއް ނުއިވޭނެ، ފާއިތުވި ރިޔާސީ ރޭސްތަކުގައިވެސް ތިޔަ ގާސިމުގެ ސައިޒު ރައްޔިތުންވަނީ ދައްކާފައި ކިތައްމެވަރަކަށް ބޯހިޔަލާއި ތައުލީމާއި ބޭސްފަރުވާ ދީފައިވިޔަސް، މިގައުމަށް ބޭނުންވަނީ ތައުލީމީ ގާބިލު ރައީސެއްކަމާއި އެފަދަ ރައީސަކު ނެތުމުން ގައުމަށް ލިބެމުންދާ ނިކަމެތިކަން މިހާރުވެސް ފެންނަމުން މިދަނީ، މިހާރުގެ ރައީސުވެސް ވެރިކަން ކާމިޔާބު ކުރިގޮތަށް އީސީ ބޮޑުންނަށް ގިނައިން ރިޝްވަތުދންބަޔަކަށް މިފަހަރުވެސް ކާމިޔާބުވާނީ؟؟

    45
    1
  9. ހަސަން

    އަހަރެނަކަން ނުލިބޭ ލިބުނީ ރީލޯޑު އަލީ އާރިފު އެކަޏަށެވެ.ހުރިހާ އެންމެ ގެ ބޮލުގައި ނާޅުވާށެވެ.

    41
  10. އާދަނު

    ހަމަ ގައިމުވެސް މައުމޫނުގެ ވެރިކަމުގައި މައުމޫނު ވަނީ ދިވެހި ސަރުކާރު ޖާމިނުވާގޮތަށް ޤާސިމަށް ވޯލްޑް ބޭންކުން ބޮޑު ލޯނެއް ނަގާދީފަ!

    47
  11. ހައިރާން

    މިހާތަނަށް ދިވެއްސަކު ހެދި އެންމެ ބޮޑު ދޮގު ކަމަށް މި ދޮގުވާނެ. ވިލާއިން ހިޔާވަހިކަން ނުހޯދާ ދިވެހިން ތިބޭނެ. ވިލާއަކީ އަބަދުވެސް ރައްޔިތުންނަށް އޮޅުވާލައިގެން ރައްޔިތުންގެ މުދަލުގެ ބޭނުން ނަހަމަގޮތުގައްޔާއި ހަމަގޮތުގައި ބޭނުންކުރާ ކުންފުންޏެއް.

    41
  12. ހޯރަ

    ހެހެހެ. މަށަށް ނުލިބޭ ހަމަ ގައިމުވެސް. މަ ކޮއްކޮއަށް މުސާރަ ދެނީ ވަޒީފާ އަދާކުރާތީ. ކަލޯމެން ތިޔަ ވާހަކަދައްކަނީ ކާންބޯން ކުރާ މަސައްކަތެއްގެ ގޮތުގައި. ޤާސިމަށް ކުރެވޭނެ ވެރިކަމެއް އޮތްކަމަށް ނުދެކެން.
    ސަލާމް

    39
  13. ހުސޭނުބޭ

    ދައްކާ ވާހަކަ. އިތުރުގޮތެއް ނެތީމާ މީހުން ކަނޑަށްއެރިގެންވެސް މުހުތާދުތައް ފުއްދާއުޅޭ. ތިކިޔާ ހިޔާ އެހައި އަގުބޮޑީ ކީއްވެ. ސަރުކާރު ޔުނިވަރުސިޓީތަކުން 27 ހާހަށް ހެދޭ ކޯސްތައް ވިލާއިން ހެދެނީ 90 ހާހަށް. ތިވަރުގެ ދީލަތި މީހެއްވިއްޔާ ކީއްވެ 10 ހާހަށް ކުޑަނުކޮށްދެނީ.

    41
  14. ޢިސްމާޢީލް

    ޥެދާނެ ތެދަކަށް މި ރާއްޖޭގަ ވިލާ އިން ނުކުރާކަށް ކަމެއްނެތް. ރައްޔިތު މީހާއަށް މިހާރު ނެތް ކުޑަ އިންވެސްޓްމަންޓަކުން ވިޔަގާރިއެއް ކޮއްލެވޭކަން ވިލާ އިން މިކުދި ވިޔާރި ތެރެއަށްވަދެ އެމީހުންގެ ވިޔަގާރިތައް ބަނގުރތްކޮއް މުޅި ޤަޢުމުގައި ހަންފަތުރާވަރުން. މީ ރިއަލިޓިއަކީ

    35
    3
  15. ހެެނސަން

    ތީއީ ރޯބުހުތާން ދޮގެއް. އަޅުގަނޑު ބައްޕަ ވީ ނިޔާވެފައި ތިޔަ ވިލާގަނޑުގައި ނުޖެހި އަދި މަންމަ ތިޔަ ވިލާގަނޑުގައި ނުޖެހޭ،. އަޅުގަނޑުމެން ތިބީ އެއްބަނޑު އެއްބަފާ 6 ކުދިން އެއްވެސް ކުއްޖަމު އަދި ތިޔަ ވިލާގަނޑު ގެ ދަށެއްނުވޭ. އަދި އަޅުގަނޑުމެން އެއްބަނޑު އެއްބަފާ 6 ކުދިންގެ ދަރިންވެސް ތިޔާ ވިލާގަނޑު ގައިނުޖެހޭ.

    29
  16. އަރުދޭމަލުގެ ހަތަރުވަނަ ފިޔަ

    އެހެންވީމާ އަޅުގަނޑު ދިވެހި ރައްޔަތަަކަށް ނުވަނީތާދޯ!

    28
  17. އަލްޖިބްރާ

    ތިޔަ ވިލާއިން ފީ އިލޮށި ކޮޅެއްވެސް ލިބިފައެއް ނެތް ! ތިއީ ކަލެއަށް ލިބިފަ ހުރި ބައިވަރު ގިނަކަމުން ކަލެއަށް ފެންނަ ހުވަފެނެއް ! މީހަކަށް އެއްޗެއް ނުލިބުނު ތަނުގަ ތިއީ މިރާއްޖެއަށް ކޮރޯނާ އެރީމާ ހުރިހާމުވައްޒިފުންގެ މުސާރަ ކަޑާލި ވިލާ ! އެކަން ދިވެހިން ހަދާން ހުންނާނެ ! ބުރުމާއަށް ވެރިކަން ދޭން ނިކުންނާނީ މޮޔަ މަރުމޯލުން ތަކެއް !

    31
  18. ޔާސިރު

    ވަރަށް ބޮޑުތެދެއް. އެކަމަކު އުޑުމަތީގަވާ ވިލާތަކުން.

    25
  19. މުހަށްމަދު

    ކަލަ ނުގޮވާ. އަދި ނުލިބޭ.

    20
  20. މެކޭ

    ވިލާ އިން ހިޔަލެއް ނިވަލެއް ކީތްކުރަން ރިޔަލެއް ލިބުމަކީ އަދި ޤާސިމް ރައީސްކަމަށް ގެންނަން ޖެހޭ ސަބަބެއް ނޫން. ވޯޓް ދޭން ޖެހޭ ސަބަބެއް ވެސް ނޫން. އަލީ އާރިފްމެން ތިތިބެނީ ވިލާގަނޑުން "ބޮޑެތި" ހިޔާ ހޯދައިގެން.

    29
  21. ލޮލް

    ތީ ގާސިމް އިބްރާހިމް ވެރިކަމަށް ޝަރުތު ހަމަވާނެ އަސާސީ ސިފައެއްނޫން. ތިޔަށް ވުރެ ތާހިރުވާނެ ޖޭޕީން ވޯޓު ވިއްކާ ވާހަކަ ދެއްކިޔަސް.

    28
  22. ހުސެންދީ

    އާރިފު ދެންތިބުނަނީ އަހަރުންމީ ދިވެއްސެއް ނޫނޭދޯ.
    ހިޔަލެއް ނިވަލެއް ލިބުމަކީ ވޯޓްލާންޖެހޭ ކަމެއް ނޫން.

    19
  23. ތަލަބެ

    އަހަރުން އުމުރުން މިހާރު ފަންސާހުން މަތިވީ މިހިރަ މަށަކީ ހަމަ ދިވެހި ރައްޔިތެއް ގައިމުވެސް ތިޔަ ވިލާޔަކުން މަށަކަށް ހިޔަލެއް އަދި ނިވަލެއްވެސް ނުލިބެ..ތިޔަ ވިލާ އިން ހިޔަލާ ނިވަލާ ލިބޭނީ ބުރުމާ ހައްދައިގެން ތިގޮތަށް އެބޭގެ ބޯކާލާ ހަޅޭއްލަވާ މީހުންނަށް..ވަރަށް ވާހަކަ

    20
  24. ސޯލޭ

    އޭ މަށަކައް ކަލޭމެންގެ އިސްތައްޓެއް ނުލިބޭ އެހާއަވަހައް ކަލަ ގޮވަންފެށީތީ މީ ތިޔަ ދަހި ސައުދާގަރުގެ ފެންވަރު ވޯޓް ހޯދަން މިކަލޭގެ ދެންގޮވާނީ ކަލަ

    19
    1
  25. އއ

    މީ މޮޔައެއްކަން ޔަގީން . ކަލެއާ ތިއުޅޭ ބައިގަނޑު އުޅޭހެން މިރާއްޖޭގެ އެއްމެން ނޫޅޭކަން މިބީތާއަކައްނޭގެ. !!!!

    21
  26. ސަންތި

    ވިލާ މާޓަށް ވެސް މަ ނުވަންނަން..

    21
  27. އަޙްމަދު

    އެއީ ވޯޓުދޭންޖެހޭ ސަބަބެއްނޫން. ވެރިކަމަކަށް ކަމަކުނުދޭ.

    19
  28. ޕައްލަންބެ

    ތިކަހަލަ ބަތާހަރާމީންނައް ގާސިމު ތިދޭއެއްޗެއް ދެނީ ތިރިސްއަހަރު ވަންދެން މައުމޫނާ އިލިޔާސްއާ މުޅިގައުމު ކާންދިނީމަވެސް އަދިވެސް މަދުވެގެން ތެޅެނީ މީނަގެ އުދަގުލާހެދި މީހަކައް ހަމަޖެހިގެން މިގައުމުގަ ވެރިކަންވެސް ނުކުރެވޭ ތީމިގައުމައް ޖެހިފަހުރި ބަލާވެރިކަމެއް.

    16
  29. ާއަމާ ކަލޯ

    ޔަގީނުންވެސް އަހަންނަކަށް ނުލިބޭ އަލީ އާރިފް ކަހަލަ ސިޔާސީ ލައްގަޅޭމެންނަށް ލިބިފައި އޮވެދާނެ

    16
  30. ާއަލީ ތ

    ކަނޑައެޅިގެން ދޮގެއް

    15
  31. Anonymous

    ކަލޭބުރުމާފެލައިގެން ކައިބޮއިހެދީމާ ދިވެހިން އެހެންކަމައް ކަލޭތިބުނަނީ

    18
  32. އަލިބެ

    ތަންތަނަށް އަރާ ފޮނިކެޑޭތޯ ބަލާ. ކަލޭމެންކަހަލަ ދެއުޅިއެއްނުވާ މީހުން ބުރުމާގެ ހިޔަލުގަ އުޅެނީ. ރިސޯޓް ތަކުގައި ތިބި މުައައްޒަފުންނަށް މުސާރަ އެއް ނުދެވޭ ސާވިސް ޗާޖަށްވެސް ހަދަނީ މަކަރު. ލަދު ކުދަކަމުން މީހުން ކުރިމައްޗަށް ނުކުންނަނީ

    18
  33. ރަދީފް ހުސެން

    ބުހުތާންދޮގު، އަދި މިހާތަނައް ތީގެއެކަކުގެ ފަރާތުން މަށައް އަދި މަގޭއާއިލާގެ މީހަކައްވެސް އެއްޗެއްލިބިފަކަނެއް، ބޭނުމެއްވެސް ނޫން. ޢެއްޗެއްނެތިގެން ތިއުޅޭ ފަގީރުކޮޔައް އެއްޗެއް ހޯދާދެވޭތޯބަލާ

    13
  34. މުހައްމަދު

    މަށަކަށް ނުލިބޭ. ދެން ލިބުނު މީހުންނަށް ތިޔަ ގޮވަނީ ކަލަ..
    ލަދުގަންނަން ޖެހޭ ކަލަ ގޮވާއިރު

    16
  35. އަލީ ޤާދިރު

    ތިކަހަލަ އަނގަތަޅާ މީހުން ގިނައިން ތިބީ،ސޭޓްގެ ރިލޯޑުން ސޭޓައް ފައިދާނުވާ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެ، ތިފައިސާވެރިންގެ ނުފޮރައްޕާން ބޮޑުކަމުން، މިގައުމުގެ އިލްމީ ޒުވާން ޖީލަށް ގައުމުގެސިޔާސީ މައިދާނަށް ފުރުސަތުނުލިބިގެން މިއުޅެނީ އަހަރުމެން ނުދޭނަން ވޯޓް، މަނިކުފާނު ބޭކާރު ޙަރަދުނުކޮށް އިހްތިރާމްއާއެކު އަބިން،ދަރިންނައް ވަގުތު ދޭން ގޭގަ މަޑުކޮށްލައްވާ!

    14
  36. ޙަހަ

    މިހުރިި

  37. ނޯނީ

    މަށަކަށް ނުލިބޭ

    10
  38. ލުޠުފީ

    ލަދުހަޔާތެއނެތުނީމަ ކޮންމެގޮތަކަށްވެސް އުޅެންވީ. އަދި ކޮންމެ އެއްޗެއްވެސް ކިޔަންވީ. އަންހެން ދަރިފުލަށް 18 އަހަރު ވީ ދުވަހު އޮތީ ތިޔަ ޕާޓީއަށް ވަގަށް ވައްދާފަ. އެއީ ތިމީހުން އުޅޭގޮތް. މަށަކީ ދުވަހަކުވެސް ތިޔަ ބުރުމާގެ ހިޔަލެއް ނިވަލެއް ހޯދި މީހެއް ނޫން. ވިއްކާ އެއްޗެއް ގަނެގެން ބޭނުންކުރުމަކީ ހިޔަލާ ނިވަލާ ލިބުމެއްނޫން. ވިލާ ގޭސް ވެސް އަހަރެން ނުގަންނަން. ވިލާ ސިމެންތި ނުގަންނަން. ހަމަ ކަމުނުދާތީ.

    11
  39. އިސްމާއީލު

    ހަމަ ކަނޑައެޅިގެން ބުހުތާން ދޮގު. މާތްﷲ ގަންދީ ބުނަން. އަހަރެންގެ އުމުރު މިހާރު70 އާ ކައިރިވަނީ. އަހަރެންނަކަށް އަދި އަހަރެންގެ އާއިލާއަކަށްވެސް ދުވަހަކުވެސް ވިލާގެ އެހީއެއް ލިބިފައި ނޯންނާނެ. ވިލާގެ އެހީއަކަށް އެދިފައިވެސް ނޯންނާނެ. މަކަހަލަ ކިތަންމެ ބަޔަކު ތިބޭނެ. ކަލޭމެން ދޮގު ތިޔަހަދަނީ ހެއްދެވި ފަރާތަށް އޮޅުވަލަން ކަމަށްތަ؟ އެކަމެއްނުވާނެ. ދޮގުހަދާގެން ވެރިކަން ހޯދޭނެކަމަށް ހީވާނަމަ އެއީ ޚިޔާލީ ފޮލާއެއް.

    12
  40. މޮހޮރު

    އޭ މިހިރަ އައްޔާ ކަލޭ ސޭޓްދިނީމަ ކައިގެން އުޅުނަސް ދިވެހި ރައްޔިތުންނައް ދޭންޖެހޭ އެތައްމިލިޔަން ރުފިޔާ ގެ ޓެކްސް ނުދައްކާ ރައްޔިތުންގެ އެތައްބިމަކާ ރަށެއް ކާލައިގެންވެސް ގޮހޮރުނުފުރިގެން އުޅުއްވާ ބޭފުލެއްތީ ކަލަގޮވަން ނުހައްދަވާ އިންނާނެ އިތުރުކުއްޖަކު ހޯއްދަވަން އުޅުއްވިއްޔާ ރަނގަޅުވާނީ

    17
  41. ހުވަދު

    ދުވަހަކުވެސް ނުލިބޭ

    12
  42. މުޙައްމަދުދީދީ

    ކަލަގޮވާ

    12
  43. އަބްދޫ

    ތިޔައީ ދޮގެއް ވިލާ ވިލާ އަކަށް ވީގޮތްއެގޭތަ؟

    10
  44. ޅައިލާ

    މީ އިހުލާސްތެރިކަމެއްނެއް ހުސްވެސް އެއްޗެއްސައް އުޅޭ ބައިގަނޑެއް. ގައުމަށް ހެޔޮއެދިގެން އުޅޭ ބައެއް ނޫން.ޔާމީނު ހުސްކޮއްފަ ގާސިމު ހުސްކުރަން.

  45. ފިޔަވަޅު

    އަހަރެން އާއިލާ އަކައް ނުލިބެ .

  46. އަފީ

    ވިލާ ކުންފުނީގެ ހިޔާ ލިބިފަތިބި މީހުން ޕާޓީގެ މަތިފަޑީ ތިބީ! އަދި ގާސިމް ކުރިމަތި ނުލައްވައިފިނަމަ ކެމްޕޭނަށް ހަރަދުކުރަން ހުރި ފައިސާއިން ތި ބުނާ ހިޔާ މަތިފަޑީ މީހުންނަށް ނުލިބުނީ! ގާސިމް ބޮލަށް އެރިގެން މީ މަނިކުފާނުގެ ފަހަރޭ މަނިކުފާނަކީ ކިންގމޭކާ ބުނެ ހައްދާފައި ތި ބުނާ ހިޔާ ހޯދަމުން ތި ދަނީ! ކޮވިޑް ހަލަތުގައި ރިސޯޓް މުވައްޒަފުންނަށް ދިން އަނިޔާ އާޢި ޗާގޯސް މައްސަލައީ ކަންކުރިގޮތް ރައްޔިތުން ހަނދާން އެބަހުރި! ސަލާމް

    10
  47. އިގުބާލު

    މަށަކަށް ތިޔަ ބުނާ އެއްވެސް އެއްޗެއް ތިޔަ ކިޔާ ތަނަކުން ލިބިފައެއް ނެތް.. ވިޅާ ފިހާރަ ތަކުން ވިޔަފާރި ކޮށް އުޅެން. އެހެން ފިހާރަ ތަކަށް ވުރެ އަގު ހެވެވެސް ނޫން

  48. ސަނާ

    ތީ ހީވައެއްޗެއް..

  49. އަލީ ނޮޅިވަރަންފަރު

    އަޅުގަނޑާއި އަޅުގަނޑުގެ އަނބިދަރިންނާއި އާއިލާ

  50. ޢިބްރާހީމް

    ދޮގެއްތީ

  51. ހަނީ

    އަރެގެ އާއިލާއަށް ގާސިމް ފަރާތުން އެއްވެސް އެހީއެއް ލިބިފާ ނޯނާނެ

  52. ޙަކީމް

    ނުލިބޭ ދުވަހަކުވެސް...ނުވެސް ދަން...ނުވެސް ދާނަން..ެެެެ e

  53. ޙަކީމް

    ޤާސިމް ފެލޭނެ ރަަނގަޅު ގޮތެއް ކޮންމެ ފަހަރަކު އެ ބެއްޔާގަނޑު މޮޔަ ހައްދާފަ ވެރިކަމުގެ ދަޅަ ދައްކާ ކައިރީގަ ތިބޭ އައުވާނުން އެ ބެއްޔާ ފެލާލަނީ...އެންމެ ފަހުން މިލިއަނުން ހޭދަ ކޮއް ހޮވި އަބްދުﷲ ރިޔާޒުވެސް ހޮވުނީމަ ބެއްޔާ އައް ދޯކާ

  54. ފާތުމަ

    ދޮގު ހަދަނީ އެހީއަކަށް އެދުނީމަ ވެސް ނުދިން ވޯޓު ވެސް ދެވެން ނެއް

  55. މުހައްމަދު

    ވިލާއިން އަނިޔާވެރިވީ އެތަކެއްމީހުންވެސް އެބަތިބި. މުވައްޒިފުންލައްވައި ބުރަމަސައްކަތް ކުރުވާފައި ކުޑަ އުޖޫރައެެއްދީ އަދި އެމުވައްޒިފުންނަށް ލިބެންޖެހޭ ހައްގު ސާވިސްޗާޖު ނުދިނުމަކީ އަނިޔާވެރިވުން.

    • Anonymous

      މޫސާގެފާމުގެ ޒަމާނުގައި ޤާރޫނު އުޅުނު ގޮތް ލޮލުން ދެކި އަތުން ހިފަން ބޭނުން ނަމަ ބުރުމާ ގާސިމު އުޅޭ ގޮތް ބަލައިލަންވީއެވެ. އޭރުން އިހުޒަމާނުގައި ޤާރޫނު އުޅުނު ގޮތް ސާފުކޮށް އޮޅުންފިލާނެއެވެ.

  56. ނަމަ

    ބަލަގަ އަލީ އާރިފް ތިބުނަނީ ބޯމަތީ ނަގާފަހުންނަ ވިލާތަ

  57. ޒީރޯ ޓޮލަރަންސް

    ގާސިމް އިބްރާހިމްގެ ފަރާތުން ލިބިފައެއް ނޯންނާނެ އަހަރެން އަދި އަހަރެންގެ ޢާއިލާގެ އެއްވެސް މީހަކަށް ލޯލާރިއެއްގެ މިންވަރުވެސް. މިގަައުމުގަ ގިނަވާނީ އަހަރުމެން ކަހަލަ އެއްވެސް އެހީއެއް ގާސިމް އިބްރާހިމްގެ ފަރާތުން ލިބަފަ ނެތްމީހުން. އަލީ އާރިފް އެހެދީ ހައްދަވައިގެން ދޮގު. ވިލާ ކުންފުނިން އާދައިގެ ވިޔަފާރިކުރާ ކިތަށްކުންފުންޏަށް ދަރާާއެބައޮތްތޯ؟ ގާސިމް އިބްރާހިމް ގާތުން ސާފުކޮށްފަ، ރައްޔިތުން ގާތުބުނެލުން ކިހިނެއްތޯ؟ އަލީ ޢާރިފް އުޅުނު ޔާމިނުގާތުވެސްް ހަމަމިހެން. މިކަހަލަ ތަންދޮރު ނުދަންނަ އުބަށްޖަހާ މީހުން ލައިގެން ލިބޭނެ ކުރިއެރުމެއްނެތް.

  58. Anonymous

    ބަފައިބެތަކަށާއި ޅިޔަނުންނަށައި އަނބިއަނބީންގެ އާއިލާތަކުގެ މިރިމިރީންނަށް ޑިގްރީ ބަހާ ވިލާ ކޮލެޖަކީ ވެސް އަނިޔާވެރިކަމުގެ ކިއްލާއެއް. އެއީ ވަކިބަޔަކަށް ޑިގްރީދޭން ހިންގާ ޖަގަހައެއް. ކާސިމަކީ ކައްޒާބު ދޮގުވެރިއެއް. ކާސިމު މުއްސަނދިވީ ގޮތް ދުށް މީހުން މިހާރު ވެސް ދުނިޔޭގައި އެބަތިބި.

    • ފާފަ

      ވިލާ އަކީ ބޮޑު މުސީބާތެއް! ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް! ދައުލަތަށްވުރެ ބާރުގަދަ ދައުލަތެއް! ދައުލަތަކުން ކުރާ ހުރިހާ ކަމެއް ވިލާއިން އެބަކުރޭ! ވިލާ ބޭނުންވާ ކޮންމެ ފަހަރަކު ސަރުކާރަށް ބިރުދައްކައިގެން ދައުލަތް ހުއްޓުވާ! މިއީ ރައްޔިތުން ވިސްނަންޖެހޭ ގައުމީ ބޮޑު މައްސަލައެއް!

  59. އަސޫމް

    އަޅުގަނޑާ އަޅުގަނޑުގެ މައިން ބަފައިން އަދި ދަރިންނަށް ގާސިމް އިބްރާހިމްގެ ފަރާތުން ނުވަތަ އޭނާގެ ވިލާއިން ޒައްރެއްގެ މިންވަރުގެ އެހީއެއް ލިބިފަކާ ނުވާނެ. އަޅުގަނޑު ފަދަ ކިތައް އާއިލާ އޮންނާނެބާ. ގާސިމް ގެ އެހީތައް ލިބެނީ ގާސިމަށް ޚުސާމަތުކުރާ މީހުނަށް. ކައިރީގަ ގުބޯހައްދަންއުޅޭ މަކަރުވެރި ނަމަށް.

  60. މުޙައްމަދު ޙަސަން

    ޢާރިފު އިތުރުފުޅު ނުހައްދަވާާ. އަޅުގަނޑަށް ދުވަހަކު ވެސް ވިލާ ކުންފުނީގެ ނިވަލެއް، ހިޔަލެއް ލިބިފައެއްނެތް.

  61. ބުރުމާ

    ވިލާއިން ރައްޔިތުން ނުފެލާ ދާއިރާއެއް ނެތް،

  62. ފިދާ

    ބާރުގެ ބޭނުން ކޮށްގެން، ޓީވީއެމް ކުރިމަތީހުރި ޓިއުޝަން ސެންޓަރެއް އަތުލާފަ ވިލާމާޓް ހެދީމަ ވަރަށް ރަނގަޅުތޯ؟ އެކުދިން މަގުމަތިވީ! ގާނޫނާއި ފިރުޢައުނުގެ ކަންޒު ތެރޭގައި ހާމާނު ނިމި ދިޔައީ! އެމީހަކަށް ދައްކަވަން ހުރި ތަނެއް ދައްކަވާނެ! ވިލާ އަކީ ރައްޔިތުންނަށް އޮތް ބަލާއަކަށް ވެއްޖެ!

  63. ލަބަޑާ

    ތީ ދޮގެއް. ހަމަ ގައިމުވެސް އެންމެ ކުޑަމިނުން ވިލާގެ މުވައްޒަފަކު އަތުން ސައިތައްޓެއްވެސް އަދި ނުހުންނާނެ ލިބިފައެއް. އެހެނެއްނޫން. ވިލާއިން ކޯހެއް ހަދާ މިދިޔަ އަހަރު ނިންމިން. ބަރާބަރަށް ފީދެއްކިން. އެވެސް ހުރިހާ ކޮލެޖްތަކަށް ވުރެ ބޮޑުކޮށް. އަދިވެސް ސެޓްފިކެޓް ގަނޑު ނުލިބޭ. ވިލާއެއް ނޫންތަ މަށަށް ދަރާފަމިއޮތީ.

  64. ނަސީރު

    ތިއީ ބޮދޑު ދޮގެއް

  65. މަރީ

    އަދި ދުވަަކުވެސް ނުލިބޭ

  66. މަހީ

    މިކަހަލަ ބުރާތިވެފައި ތިބޭ މީހުން ކެމްޕޭން ކުރީމާ ޤާސިމަށް ލިބޭނީ ކޯއްޗެއް؟

  67. އަނީސް

    މަނިކުފަަނު ޤާސިމުގެ ލާރިން ކައިގެން އުޅުނަކަސް ހުރިހަަ އެންމެން އުޅެނީކީ ޤާސިމްގެ ކައިގެނެެއްނޫން.

  68. އަލިބެ

    ދެން އަޅެ ކަލަ ގޮވާކަށް ނުވާނެ. ދީނުގައި ވެސް ގޯސް ކަމެއް ކަމަށް ވަނި

  69. ވިލާ ހިޔައު

    ހިޔާލިބެނީ ވިލާއާއި ގުޅިފތިބޭ މީހުންނަ 2008 ވަނަ އަހަރު އަޅުގަޑު ރައްޜެސަކު ބުނި ވިލާއިން އެހީއެއްނުލިބިގެން އުޅެނިކޮ ޓުރަވިންޑުރަމުގަ ހުންނަވިލާގެ ދިވެހި އެޖެންޓް ގާސިމް ނަންބަރުދީގެން ގުޅީމަ ގާސިމް ދިންޖަވާބު ގަބޫލްކުރަންދަތި ޖަވާބެއް ހަމަވަރަ ކުލަމަޑުކޮ ބުނެލީ..

  70. އަހަންމަދު

    އަލީ އާރިފޫ. ތިކޮއްޕާލީ އަމިއްލަ އަގައަށް އަމިއްލަ ފައިތިލަ.

    ޚިތަންމެ ހިޔަލަކާއި ނިވަލެއް ލިބިފައޮތަސް ކާސިންބެއަށް ރައީސް ކަމަށް ވޯޓުނުދީނުމަކީ އެމީހަކީ ނުބައި
    ޏުވަތަ އިންސާފެއް ނެތް މީހެއްކަމަށް ބަލަންޖެހޭ ކަމެއްނޫނެވެ.

    ދީނުގަ އަންގަވާފަ އޮތީ އަމާނާތްތައް އަމާނާތްތެރިންނާ ހަވާލުކުރުމަށެވެ. ޜާއްޖޭގެ ވެރިކަމަކީ ވަރަށްބޮޑު އަމާނާތެއްކަން ދިވެހިންގެ އެންމެ ނިކަމެތި މީހާއަށްވެސް މިއަދު އެގެއެވެ. އަދި ގިނަ ދިވެހިން ﷲ ތަޢާލާ ދެކެ ލޯބިވެއެވެ. އަދި އެފަރާތަ