ސީޝެލްސްގެ ރައީސް ވަވެލް ރަމްކަލަވަން ރާއްޖެއަށް ވަޑައިގަންނަވާތީ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް ހިންގަމުންދާ ހުޅުލޭގެ ފަޅާއި ބައެއް މަގުތައް ބަންދު ކުރާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.
ސީޝެލްސްގެ ރައީސް އާއި އަނބިކަނބަލުން ރާއްޖެ ވަޑައިގަންނަވަނީ މާދަމާއެވެ.
އެމްއޭސީއެލްއިން މާދަމާ މެންދުރު 14:00 އިން ހަވީރު 16:00 ގެ ނިޔަލަށް ހުޅުލޭ ފަޅާއި މަގުތަކުގެ ބައެއް ސަރަހައްދުތައް ބަންދުވާނެ ކަމަށެވެ. އަދި 14 ޖޫންގައި 17:00 އިން 18:00 އަށްވެސް އެ ސަރަހައްދުތައް ބަންދުވާނެ ކަމަށް ބުނެފައި ވެއެވެ.
މި ގަޑިތަކުގައި އެމްޓީސީސީގެ ބަސް މަޑު ކުރާނީ ވެސްޓް ޕާކް އޭރިއާ (A) އަދި އެމްއޭސީއެލް ފެރީވެސް މަޑުކުރާނީ ވެސްޓް ޕާކާއި ކައިރީގައި އޮތް ހާބަރ ސަރަހައްދު (B) އަށް ކަމުގައި އެ ކުންފުނިން ބުންޏެވެ.
އެހެންކަމުން، އެމްއޭސީއެލްއިން ވަނީ ކުރިން ބައިގައި ޗެކިންގ މަރުހަލާ ނިންމުމަށް ޑޮމެސްޓިކް ފަސިންޖަރުންނަށް އިރުޝާދުދީފައިއެވެ.
މީގެ އިތުރަށްވެސް އެމްއޭސީއެލްއިން ވަނީ އެ ގަޑިތަކުގައި އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަނުން ފެށިގެން ޑޮމެސްޓިކް ޓާމިނަލްގެ ކަނާއި ހަމައަށް އެއްވެސް މީހަކަށް ނުވަދެވޭނެ ކަން ހާމަކޮށްފައެވެ.
ނަމަވެސް، ކަނޑު އުޅަނދުފަހަރުތަކަށް ފަޅުގެ އެންމެ ދެކުނު ސަރަހައްދަށް (C)އަށް ވަދެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
އަދި ހަމައެއާއިއެކު، އެމްއޭސީއެލްއިން ވަނީ އެ ކުންފުނީގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުންގެ އިރުޝާދުތަކާއި އެއްގޮތަށް ކަންކަން ކުރުމަށް އިލްތިމާސްކޮށްފައެވެ.
ސީޝެލްގެ ރައީސްގެ ރައްކާތެރިކަމަށްޓަކައި ރާއްޖެއިން މީހުން ބާލަންވީނު!
ހަމަ ތިވަރު އަރުވާނުލިއްޔާ ނުވަނީތަ…؟ ރައްޔިތުން އެއީ އެއްވެސް ބައެއް ނޫން ތަ…؟
ނަޝީދާއި ސޯލިހު އާއި ދެނީހުން އިސްލާހު ކޮށްފައި ހަދިޔާކަށް ފަޅެއް ވިއްކާލަނީޔޯ !
ސީޝެލް އަށް ވިއްކާލަނީ ކަންޑުގެ ކިހާވަރެއްބާ !
ތިއީވެސް އިންޑިޔާގެ ގޮޑިކޮށްކޮ ސަރުކާރެއްވީމަ އިންޑިޔާގެ އޯޑަރަށް ކުރާކަމެކެވެ.
ފަންޑު ފޮށިހިފައިގެން އަންނަނީ