އަޟްހާ އީދުގެ މުނާސަބަތުގައި އައްޑޫ ސިޓީގައި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިއަހަރުގެ އަޟްހާ އީދު ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މިމަހުގެ 27 ވާ ހޯމަ ދުވަހެވެ.

އައްޑޫ ސިޓީ ކައުންސިލުން މިފަހަރު އަޟްހާ އީދަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަ އިރު، އީދަށް ތައްޔާރުވުމުގެ ގޮތުން 27 ވަނަ ދުވަހު އީދި މަޅި ރޯކުރާނެއެވެ.

މި މަޅި ރޯކުރާނީ އައްޑޫ ސިޓީ ހިތަދޫގައެވެ. އެއަށްފަހު 28 ވަނަ ދުވަހު ބޮޑުޖަމާއަތުގައި ކުރާ އީދު ނަމާދަށްފަހު އީދު ސައި އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެއަށްފަހު ހުރިހާ އަވަށެއްގައި އުޟުހިޔާ ކަތިލުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީ ކައުންސިލުން އީދު ދުވަހު ބޭއްވުމަށް ނިންމާފައިވާ ހަރަކާތުގެ ތެރޭގައި ގިނަ ކުޅިވަރުތައް ހިމެނެއެވެ. ކުޅިވަރު ތެރޭގައި

  • - ބޮޑުމަސް ބޭނުން
  • - މަސްރޭސް
  • - ކުޑަކުދިންގެ އާއިލީ ހަވީރު
  • - ބައިބަލާ މުބާރާތް
  • - ވާދެމުމުގެ މުބާރާތް
  • - މިކްސް ވޮލީ މުބާރާތް
  • - ކުޅިވަރު މުބާރާތް
  • - ޓެކްބޯލް މުބާރާތް

މީގެ އިތުރުން ފަންނާނުންގެ އީދު ޝޯވްއަކާއެކު ހަވާއެރުވުން އައްޑޫ ސިޓީ ހިތަދޫގައި އޮންނާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސެން

    ހޯލީ ، ހޯލީ ނުކުޅޭތަ.

  2. ޖުންދު

    މިމޫސުމަކީ ވިއްސާރަ ދުވަސްވަރެއް ހުދު ކުލަ ރީދޫކުލަ ގިނަވާ ދުވަސްވަރެއް

  3. ނިޒާރު

    މިސްކިތަށް ޚަރަދު ކުރަންވީމަ ބޯގޮވާފަ،އީދޭ ކިޔައިގެން ނާޗަރަންގީ ކުޅެންވީމަ، އަންލިމިޓެޑް ބަޖެޓް.