ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ގެ މޫނުމަތީގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ޖަހައިފި ކަމަށް ބުނެފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މެންބަރުން ނިޒާމީ ނުކުތާ ނަންގަވަމުން ގެންދެވި ވަގުތު ޝަރީފްގެ ގޮނޑި ކައިރިއަށް މެންބަރު ހުސެއިން ވަޑައިގަތުމުން ޝަރީފް ވަނީ މެންބަރު ހުސެއިންގެ މޫނުމަތީގައި ޖަހާފައި ކަމަށް މެންބަރު ހުސެއިން ވިދާޅުވެއެވެ. ނަމަވެސް ޝަރީފް ވަނީ އެކަން ދޮގު ކުރައްވާފައެވެ.

ޝަރީފް ވެސް ޖަލްސާގައި ވާހަކަދައްކަމުން "ކަލޭ މަގޭ ގަޔަށް ބޮލަށް ނާރާށޭ" ވިދާޅުވާ އަޑު އިވުނެވެ. ނަމަވެސް މަޖިލީހުން އެމަންޒަރުގެ ވީޑިއޯ ކަނޑާލާފައި ހުރުމުން ޝަރީފް އެހެން ވިދާޅުވީ ކޮން މެންބަރަކާއި ދިމާއަށް ކަމެއް ނޭނގެއެވެ.

މެންބަރު ހުސެއިން އާއި ޝަރީފާއި ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރެވެން ފެށުމުން މެންބަރު ހުސެއިން އެތަނުން ދުރުކުރީ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން އެވެ.

ޝަރީފް ވަނީ ގަވައިދާއި ހިލާފަށް އަމަލު ކުރާ މެންބަރުން ޖަލްސާ އިން ނެރުމަށްފަހު ޖަލްސާ ކުރިއަށް ގެންދަން އެދިވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.

ޝަރީފް ވާހަކަދައްކަވަމުން ގެންދެވި ވަގުތު ވަރަށް ގިނަ މެންބަރުން ޗޯރޭ އޭ ގޮވާ ހަޅޭލަވަމުން ދިއުމުން ޝަރީފަށް ވާހަކަ ކުރިއަށް ގެންދަން ވެސް ދަތިވިއެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ރައީސް މުހައްމަދު ނަޝީދާއާއި ނާއިބު ރައީސް އީވާ އަބްދުﷲ އުޒުރުވެރިވެފައިވާތީ "މަރުތަޅު" އެޅިފައި އޮއްވައި މިއަދު ޖަލްސާ ފެށީ އަފީީފް ރިޔާސަތުގައި އިންނަވައިގެންނެވެ. ނަމަވެސް 30 މިނެޓް ޖަލްސާ ކުރިއަށް ގެންދިއުމަށްފަހު ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރަން ކަމަށް ވިދާޅުވެ އަފީފް ވަނީ ޖަލްސާ މެދުކަނޑާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މުޙައްމަދު ޢަރީފް

    މިއަދުވެސް 13000.00 ރުފިޔާ ގެ އުންމާއި ސައި ޢިއްޒަތްތެރި މެމްބަރުންނަށް ދަޥްލަތުގެ މާލިއްޔަތުން ޚަރަދު ކުރާނެ (ދެރަކަމުގެ ކޮޅެއްނެތް)

    41
    1
  2. އެކްސްރޭ

    އަފީފަކީ އައްނިގެ ޕަޕެޓެއް، އަފީފް ރިޔާސަތުގައި ހުރެގެން މިހާރު ތިމަޖިލީހެއް ކުރިއަށްނުގެންދާނެ އެއީ އައްނިގެ ބަހަށް އެމީހުން އެމީހުން ރާވައިގެންތިބެ ހިންގަމުންދާ ޖަރީމާއެއް، ރައްޔިތުންގެ ޓެކްސްފައިސާއިން މުސާރަނަގައިގެން ނުވީތާނގެ މަޖިލީސް ގޯތިތެރޭގައިތިބެ ޓެކްސްފައިސާއިން ކައިބޮއިހަދަންތިބެފައި ހަމަކޮއްމެދުވަހަކުވެސް ތި ޑްރާމާ ކުޅެލާފައި ރައްޔިތުންނަށް ފައިދާހުރި އެއްވެސް މަސައްކަތެއްނުކޮށް ދެންދާނީ އަނެއްތަނަކަށް ނާޗަރިންގީ ކުޅެން، އަފީފު ނޫންމީހަކާއި މަޖިލީސް ޙަވާލުކޮށްގެން ތި މަޖިލީސް ކުރިއަށް ގެންދެވޭނެގޮތެއް ހަމަޖައްސަން އެބަޖެހެއެއްނުން،

    12
    17
  3. ޒިލޭބި

    ތިޔަތަން ވީ ރައްޔިތުން ނުކުމެ ސާފްކުރަން ، ހުރިހާ ޗޯރުން ވަގުން ބޭރުކޮށްފަ ، މަސާޖު ޕާލާއެއް އެޅިޔަސް މާރަނގަޅުވާނެ .

    29
    2
    • ބުރޯ

      ރައްޔިތުން ނުކުމެ ސާފު ކުރާނީ ކިހިނެއްތޯ. ހަމަ އަހަރުމެން ރައްޔިތުން ވޯޓު ދީގެން އިއްޒަތްތެރި މެންބަރުން ހޮވަނީ. އެންމެ ރަނގަޅު ގޮތަކީ ކުލަ ތަކަށް ނޫނެކޭ ބުނުން.

      13
      • ފާއިޒު

        ކޮބާ ޤައުމުގެ ވެރި މީހާ. އެފަރާތުން މި މަޖިލީސް އުވާލަ ބަލަ.

      • ފުރޯ

        ކުލަތަކަށް ނޫނޭ ބުނެ އަހަރެމެންް ހޮވި މީހާ އިހަކަށްދުވަހު ފުލެޓަކަށް ރީދޫކުލަ އެ ބައްލަވާގަތީ.

  4. މާމީ

    ރައްޔިތުން ގެ ފައިސާ ކަލޭމެން ބޭނުންގޮތަކައް ތިހަދަނީ ކަލޭ މެންނައް ޙަރާމް ވާނެ ކޮންކަމެއް ކުރާ ބައެއްވެގެން ތަ ތިޔައުޅެނީ؟؟؟؟؟؟

  5. އަލީ

    ސާބަހޭ. ފަހު ތެޅުންގަނޑު ދޯ. ތި ސަރީފު ހައްޔަރު ކުރޭ. ޒޫގެ ޖަނަވާރުންތައް ބޭރުކުރޭ. ސަރީފަކީވެސް އަލަށް އުފެދެން އުޅޭ ރެޓެއް ދޯ

    8
    1
  6. ހުސޭނުބޭ

    ޝަރީފު އަމިއްލަ މީހާއާމެދު ވިސްނާލިނަމަ........ މަށަށް ޔަޤީން އެކަމާ ރުޅިއައިސްގެން ޝަރީފު މޫނުމަތީ ސެންބެ ޖެހިނަމަ ތި ޝަރީފް މިހާރު އޮންނާނީ އައިސީޔޫގައި ހަތަރެސްފަޔަށް ގުލްކޯޒު ގުޅާފައި.

    11
    1
  7. އިކުރާމު

    ސާބަހޭ ޑީއާރޕީ ސަރީފު އެމްޑީޕީ ބަލިކުރާތި

    8
    1
  8. Anonymous

    ބުއްދިފަސްވަ ވަރަށް ޝަރީފު މިހާރު ތިހުރީ މުސްކުޅި ވެފައި. މަޖްލީހުން އިސްތިއުފާ ދޭން ފެންނަނީ.

    12
  9. ސަނާ

    މިކަލޭގެ މިހެން އުޅެގެން ޞާލިޙްގެ ފަރާތުން ލައްކަ ކަންކަން ކަމިޔާބު ކޮށްފި! ދަރިޔަށް ހާމަނުކުރަ ބޮޑު މުސާރަ! ޢުމަރަށް ޖަލުގައި ބަހައްޓާފަހުރި ގޮލައި ދޫކޮށްލުން އަދިވެސް އދިވެސް

    11
  10. ޢަހިމަދު

    ތިޔަސަރީފަކީ ޗޯރޭގެ ޕަޕެޓެއް.

    12
  11. އެލެކްސް

    ޝަރިފު ޖަހައިފިއްޔާ ހުސޭނަށްވެސް ޖެހޭނެ. ހުސޭނު ޖަހައިފިއްޔާ ޝަރީފު ނުތެދުވުމަކީ މުޅިން އެހެން ކަމެއް. މަޖިލިހުގައި ޖަހައިގެން ބަދަލު ނުދެވިްޖެއްޔާ މަގުމަތި އޮންނާނެ، 6 ފިހާރަ ހުންނާނެ މަޖީދީ މަގުގައި، ގެއެއް ހުންނާނެ މަޖީދީ މަގުގައި

  12. ސަރަފަކައްދަ

    ދެން އަންނަ ދައުރަކަށްވެސް ހަމަ މިފަދަ ގޮތެއް ފޮތެއް ނެތް މެމްބަރުން ހަމަ ރައްޔިތުން ހޮވަންވީތޯ! މިއީ މިއަދު ރައްޔިތުން ވިސްނާ ފިކުރު ކުރަން ޖެހިފައިވާ ކަމެއް. ރައްޔިތުން ބުރަ މަސައްކަތުން ހޯދާ ފައިސާ ކޮލު މިފަދަ ހަޔާތްކުޑަ ރައްޔިތުންގެ މެމްބަރުންނަށް ހަމަ ޙަރަދު ކޮއްކޮއް ތިބެންވީތޯ! ރައްޔިތުން މިކަމާއި ވިސްނާ ދެން އޮންނަ ދައުރަކަށް މިފަދަ މެމްބަރުން ނުހޮވުމާބަހީ!

  13. ބޭނުމެއްނެތެއްނު

    ހަފިހާރައޭ ބަންދުކޮއްފަތަ

    1
    1