ގއ. ވިލިނގިއްޔަށް ނިސްބަތްވާ ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިިފިއެވެ.

އެރަށު ކައުންސިލް ފޭސްބުކް ޕޭޖްގައި މިއަދު ހަވީރު ޖަހާފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އެރަށު ރަތްވިލާއާގެ އައްސަދު އަހްމަދު އިއްޔެއިން ފެށިގެން ގެއްލިފައިވާ ކަމަށެވެ.

އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ހިއްސާ ކޮށްދިނުމަށް އެދޭ ކަަމަށް އެ ޕޯސްޓްގައި ބުނެފައި ވެއެވެ.

އެ ޕޯސްޓްގައި ވަނީ އެރަށު ޕޮލިސް ސްޓޭޝަންގެ ނަމްބަރުވެސް ހިއްސާ ކޮށްފައެވެ. އެއީ 9792109 އެވެ.

ގެއްލިގެން ހޯދަމުންދާ މީހާ

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެރަށުން 38 އަހަރުގެ ދިވެހި ފިރިހެނަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރޭ 1:10 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލް އަދި ރަށުގެ ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަނާ

    ދޫންޏަށް ވުރެ ގިނައިން އިންސާނުން ގެއްްލޭ ސަރުކާރެއް ނެއް މިނޫނިއްޔާ..

  2. ރަން ރީނދޫ

    ޗޯރު އިބްރާހިމްގެ ފޯން އެކްޓިވިޓީސްތައް ބަލާބަލަ ،އެންމެ ފުރަތަމަ ކަމަކަށް. އެކަލޭގެ އަތެއް ތިޔަކަމުގެ ނެތި ނުދާނެ