ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ނޭންގި އެ ބޭފުޅުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ވައްދާފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ ނުދިނުމަށް އީސީއިން ނިންމި ނިންމުމާއި ގުޅޭގޮތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު އުޝާމް ކުރެއްވި ޓްވީޓަކަށް ރައްދުދެއްވަމުން ނެވެ.
އުޝާމް ވިދާޅުވެފައި ވަނީ ތިން މަސް ދުވަހަކީ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރަން އިލެކްޝަން ކޮމިޝަނަށް އަށް ލިބޭ އެންމެ ދިގު މުއްދަތު ކަމަށެވެ.
ގާނޫނުގަ ބަޔާންކުރާ މިންވަރަށް ފޯމުތަކުގެ ސައްހަކަން ކަށަވަރުވުމުންވެސް ހުއްދަ ނުދީ ހިފެހެއްޓުމަކީ ކަނޑައެޅިގެން ގާނޫނުގެ މަގްސަދާ ހިލާފްކަމެއް ކަމަށް ވެސް އުޝާމް ވިދާޅުވެފައި ވެއެވެ.
އުޝާމްއަށް ރައްދު ދެއްވައި ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެންޕީ ވުޖޫދަށް ގެނައިއިރު ކަންތައް ވީގޮތް އެއީ ފޯމުތައް ސައްހަ ތޯ ރަނގަޅަށް ބަލަން ޖެހޭ ކަމުގެ އެންމެ ބޮޑު ހެކި ކަމަށެވެ.
"އެމްޑީޕީގެ މަޖިލިސް މެމްބަރުން ތިބީ އެމްއެންޕީއަށް ވައްދާފައި އެ ބޭފުޅުންނަށް ނޭންގި. އެ ފަހަރުވެސް އީސީ އޭގެ ޒިންމާ ނަގަންޖެހުނީ ރަނގަޅަށް ނުބެލީމަ. މި ފަހަރު އަނެއްކާ ކިތައް އެމްޕީގެ ވަގު ފޯމް ބާ.؟” ރޮޒެއިނާ ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތައް ވެރިފައި ކުރުމުގެ ހުރިހާ މަރުހަލާއެއް ނުނިމެނީސް ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ނުދިނުމަށް އީސީއިން ވަނީ ނިންމާފަ އެވެ.
މި ނިންމުމާއި ގުޅިގެން ޑިމޮކްރެޓްސްގެ މެމްބަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކަން ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.
މީ ދެން ހާދަ އަނަގަ ބޮޑުވެގެން އުޅޭ މަންޖެޔެއް.
ޢަހަރެމެން ވެސް އޮތީ ވަގަށް ބުރުމާ ޕާޓީ އަށް ޖަހާފަ ނުޖެހޭނެ އަހަރެމެންނަށް ނާންގާ މިކަހަލަ ވައްކަން ކުރާކަށް
ހިފަހައްޓަ ބަހައްޓާފަ .... މޮހޮރެއް ޖަހަންވީ..
މި މިންޖެ އަކީ ވ ލަދު ޙަޔާ ކުޑަ ޤޮތެއް ފޮތެނެތް މީހެއް
ރޮޒޭނާއައް ދަންނަވާލަންއޮތީ ނޮޅިވަރަންފަރުގެ ޕީޕޭއެމްގެ ރަތްލާޖެހި އެތައްމެންބަރުންނެއް އެމެންބަރުންނަށްނޭނގި އެމްޑީޕީގެއެއްމެފަހުގެ ޕްރައިމެރީގައި ފައްޔާޒައް ވޯޓްދިނުމައްޓަކާ އެމްޑީޕީއައް ވައްދާފާވޭ.
އެއެކަލަ އެމުޑީޕީ އާ ދެކޮޅައް މަސައްކަތްކުރި ޑީއަާރުޕީ ރޮޒޭ ކީކޭ މިކިޔަނީ
ބަލަ ރޮޒޭނާ ކަލޭ ގާޑިޔާ ކައިރީން ފިރިސޮރު ލައްވާ ނެގީ ކިހާ ފައިސާ އެއްތޯ؟ އެހެން މީހުނަށް ވަގައް ތި ގޮވަނީ؟
ރޮޒޭ ކަލޭމެން ލާރިކޮޅެއް ދީފިއްޔާ ކޮންމެ ޕާޓީއަކަށް ވެސް ސޮއިކޮއްލަފާނެ..