ރައްޔިތުންގެ މަޖިލީހުގެ މުހިންމު މަސައްކަތްތައް ނިންމާފައި ދައުރު ދަންމާލަން މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެދުނު ނަމަވެސް އެކަން ނުކޮށް މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ.

މަޖިލީހުގެ ޖަލްސާތައް މި ފަހުން ހުއްޓިފައިވާ އިރު އިއްޔެއާއި އަންގާރަ ދުވަހު ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަކަށް ނުދެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސަތުގައި ވަނީ މިއަދު ޖަލްސާއެއް ބާއްވައިފައެވެ.

މިއަދު ޗުއްޓީއަށް މަޖިލިސް ދާ ގޮތަށް އޮތް ނަމަވެސް ފަސް ކަމެއް ފުރިހަމަ ފުރިހަމަ ކުރުމަށް ފަހު ނޫނީ މަޖިލިސް ޗުއްޓީއަށް ނުދާން އެމްޑީޕީން ވަނީ ހުށަހަޅައިފައެވެ.

މިއަދުގެ ޖަލްސާ މިއަދު ފެށީ ކޮމިޓީތައް އަލުން އެކުލަވާލުމާ ގުޅޭ މައްސަލައެވެ.

އަދި އެ މައްސަލައިގެ ބަހުސްގައި އެމްޑީޕީގެ މެމްބަރުން ވަނީ މަޖިލިސް މިއަދު ނިންމާލުމުގެ ކުރިން ދައުރު އިތުރުކުރުމާ ގުޅޭ ގޮތުން ވޯޓެއް ނެގުމަށް އެދިވަޑައިގެންފައެވެ.

ނަމަވެސް ދައުރު އިތުރު ކުރެވޭނީ ރިޔާސަތުން ހުށަހަޅައިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ މައްސަލައިގެ ބަހުސް ނިންމާލެއްވުމަށް ފަހު ރައީސް ނަޝީދު ވަނީ މަޖިލިސް ނިންމާލިކަން ހާމަކުރައްވައިފައެވެ.

މަޖިލިސް ޗުއްޓީއަށް ދިޔައިރު މަޖިލީހުގެ ނައިބު ރައީސްއާއި ނާއިބު ރައީސް އިވާ އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ބަންޑާރަ ނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އިތުރުން ކޮމިޓީތައް އެކުލަވާލުވުމުގެ މައްސަލަ އޮތީ ނުނިމިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗާގޯސް

    މިވަގުތު ކަންތައް ކުރަންޖެހޭ ގޮތް ތިޔައީ.. ބާރަބަރު...

    12
    5
  2. މަމިބުނީ

    އެމީހަކު ކުރެވޭ ކަމެއް ކުރަނީ އެވެ. ގޯހަކީ އިބޫއެވެ. ދެމީހުން އެއްފަހަރާ އިއުތިބާރު ނެތްކަމަށް ހަދަން ފެށި މަސައްކަތުގެ ނަތީޖާ ބަނަވީއެވެ.