ރައްޔިތުންގެ މަޖިލިސް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އަދި ސަރުކާރުން ވެސް ދޫ ދެއްވުމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ(އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ މަޖިލިސް މިހާރު ކުރިއަށްދާ ގޮތާއި ދޭތެރޭ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

މި ހަފްތާގެ އަންގާރަ އަދި ބުދަ ދުވަހު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ބޭފުޅަކު ނުވެގެން މަޖިލިސް ކުރިއަށް ނުގެންދިޔަ ނަމަވެސް މިއަދު ވަނީ މި ދައުރުގެ އެންމެ ފަހުގެ ޖަލްސާ ބާއްވައި މަޖިލިސް ޗުއްޓީއަށް ގޮސްފައެވެ.

ނާޒިމް ވިދާޅުވީ މިއަދު ޖަލްސާ ކުރިއަށް ދިޔަ ނަމަވެސް އެއީ އޮއްޓަރު ހުރި ޖަލްސާއެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި މަސައްކަތެއް ކުރެވޭނެ މާހައުލެއް އަދި ގާއިމު ކުރެވިފައި ނެތް ކަމަށާއި އެހެންކަމުން މަޖިލިސް ހިނގާނެ ގޮތެއް ސަރުކާރާއި އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ވާހަކަ ދައްކައިގެން ހޯދަން ޖެހޭ ކަމަށެވެ.

އެއީ ކުރިއަށް އޮތް އިންތިހާބަށް ވަރަށް ގިނަ ކަންކަން ނިންމުމުގައި މަޖިލީހުގެ ބޮޑު ދައުރެއް ވެސް އޮތުމުން ކަމަށް އޭޏާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ދާން ޖެހޭނީ އެންމެ ކުޑަމިނުން ކޮމިޓީތަކަށް ބޭފުޅުން ހަމަޖެއްސުމަށް ފަހު ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން އެމްއެންޕީގެ ފަރާތުން މަޖިލީހުގެ ރައީސް އަށާއި އަދި ސަރުކާރަށް ގޮތް ދޫކުރައްވައިގެން ކަންތައް ކުރެއްވޭނެ ގޮތް ހައްދަވައިދެއްވާށޭ. އެއްވެސް ބާރެއް ހުއްޓޭނެ ގޮތަށް ކަންކަން ނުކުރައްވާށޭ" ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާމުހައްމަދު

    ވެރިަމަށް ހޭކެޑުނަސް ބޮޑުވަރު ދެންތީ

  2. އަބްދޫ

    މަޖިލިސް ތަޅު ނޭޅޭގޮތަށް މަޖިލީހުގެގަވާއިދުގަ ކުރިން އޮތްއޮތުން ބަދަލުކޮށް ންސީދު މުށަށް މަޖިލިސް ލެވެގޮތަށް ގަވާއިދު ބަދަލުކުރަން ދިންވޯޓުގް ނުހިމެނެނީތަ؟ ތިޔައީ ޕާޓީއެއް ލީޑަރަށްވެފަ މަޖިލިސް މެމްބަރަކަށް ވާއިރު ގާނޫނުއަސަސީގެ 82 ގެ ށ ތަނފީޒުވާން ހުރަސް އެޅޭގޮތަށް މަޖިލީހުގެ ގަވާއިދު ހެދިފަ އޮތުމުން އެއީ ބާތިލް ނިންމުމަކަށް ގާނޫނުއަސަސީގެ 124 ވަނަ މާއްދާ އިން ދޭހަކުރެވޭއިރު އެ ތަޅު ނެއްޓުމަށް ނުވަތަ މިހާރު ގަވާއިދުގަ އޮތްގޮތް ބާތިލްކުރަން ކޯޓަށް ނުގޮސްތިޔަ ހުންނަވަނީ ރައްޔިތުންދެކެ ލޯބިވާތީބާ؟ ގަވާއިދު އޮންނަންޖެހެނީ ރައީސާއިނާއިބްރައީސް ހާޒިރުނުވާނަމަވެސް މަޖިލީހުގެ ރިޔާސަތު ބަލަހައްތާމިހާ އޮޓަމެޓިކުން ކަނޑައެޅޭގޮތަށް. މިކަންކުރުމަށް މަޖިލިސް ގެ ޗުއްޓީގަ ވެސް ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ދެވޭނެ.