ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.

މިއަދު ހެނދުނު ސޯލްޓް ކެފޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖާބިރު އެމްޑީޕީއަށް ސޮއި ކުރެއްވި ފޯމް ހަވާލު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެވެ,

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕްރައިމަރީގައި ޖާބިރު ވާދަކުރެއްވި ނަމަވެސް ޖާބިރުއަށް ޕްރައިމަރީ ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ޖާބިރް ބޮޑުބެރު ހަރަކާތަކާ އެކު އެމްޑީޕީ އަށް ގުޅިވަޑާއި ގަތުން :ވަގުތު އިމޭޖެސް:އަހްމަދް އަލީ

އެހެންވެ ޖާބިރު މިނިވަން މެމްބަރެއްގެ ގޮތުގައި ކާށިދޫ ދާއިރާއަށް ވާދަ ކުރައްވައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވިއެވެ.

އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ފަހު ޖާބިރު ވިދާޅުވީ އޭނާ އަބަދުވެސް ހުންނެވީ އެމްޑީޕީއާއެކު ކަމަށާއި ނަމަވެސް އޭނާ އެމްޑީޕީގައި ހުރުމަށް ނޭދުނު މީހުން މިހާރު އެމްޑީޕީގަިއ ނެތީ ކަމަށެވެ،

ޖާބިރު ވިދާޅުވީ ރައީސް ސޯލިހުއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުެގ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ.

ޖާބިރް ބޮޑުބެރު ހަރަކާތަކާ އެކު އެމްޑީޕީ އަށް ގުޅިވަޑާއި ގަތުން :ވަގުތު އިމޭޖެސް:އަހްމަދް އަލީ

"އަޅުގަނޑަށް އެެނގޭ ގޮތުން ވެއްޖިއްޔާ މި ނެޓްވޯކް އެޅިފައި އޮތް ގޮތުން މި ރާއްޖޭގެ ރައްޔިތުންގެ ތާއިދު ދޭން ވެސް ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް. އެއީ ވަރަށް ބައިވަރު މަސައްކަތްތައް ކުރެވިަފއި އޮތީމަ. ތަރައްގީގެ މަސައްކަތް." ޖާބިރު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިހާރު ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީވަމުން އަންނަ އިރު ކޮންމެ ރަށަކީ މިހާރު ރިސޯޓެއް ކަމަށެވެ.

ޖާބިރް ބޮޑުބެރު ހަރަކާތަކާ އެކު އެމްޑީޕީ އަށް ގުޅިވަޑާއި ގަތުން :ވަގުތު އިމޭޖެސް:އަހްމަދް އަލީ

ޖާބިރަކީ މި ސަރުކާރު ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރައްވި ފުރަތަމަ މަހު ރައީސުލް ޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ކަމުގެ މަގާމަށް ވެސް ޖާބިރު ހަމަޖެއްސެވި އެވެ. އެ މަގާމުގެ މަސްއޫލިއްޔަތަކީ ރާއްޖޭގެ ގާނޫނީ ވެރިކަން ކުރިއެރުވުމާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދީ. ދައުލަތުގެ ކަންތައް ރަނގަޅަށް ހިންގުމުގައި ރައީސްއަށް ވާގިވެރިވެ އެހީތެރިވުމެވެ.،

ނަމަވެސް ކުޑަ ދުވަސް ކޮޅެއް ނުވެ އެކި ކަންކަމާ ގުޅޭ ގޮތުން ޖާބިރު ދައްކެވި ވާހަކަތަކާ ގުޅިގެން ސަރުކާރާ ޖާބިރާ މައްސަލަ ޖެހުނެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކިނޮޅަސް

    ޓޫރިޒަމް މިނިސްޓްރީން ވަނީ ވަރަށް ފަހުން ގަވައިދުތަކަށް ބަދަލު ގެނެސްފައި. ކުޑަ އަގެއް ދީގެން ރިސޯޓުތަކު ސަރަހައްދުތައް ބޮޑުކުރެވޭގޮތް ހަދާފަ. ދިވެހިންގެ ފަޅުތައް އެވިއްކާލަނީ. ޖާބިރުގެ ސަޕޯޓު ލިބުނީ އެހެންވީމަ

    16
  2. Anonymous

    ޖާބިރަކީ އަބަދުވެސް އެމްޑީޕީ މީހެއް ނުންތަ !

    16
    1
  3. Anonymous

    ތިކަހަލަ މީހަކު ސޮއިކުރުމަކުން ތާއީދު ލިބޭނެ ކަމަށް ހީވިހީވުމަކީވެސް ކަލޭގެ ވިސްނުމުގެ ހުރި ކޮށިކަން ދައްކުވައިދޭ އިތުރު ހެއްކެއް.

    14
    1
  4. ބޯބުރާންތި

    ޖާބިތު އިބޫއަށް ދުލަށްއައިހާ ހަޑިހުރު އަވަގުރާނަ ގޮވައި ހެއްދެވި ނުހެއްދެވިއަށްގޮވާ ވީޑިއޯކޮށް ޓިކްޓޮކަށްލާ ހަދާފަ މާގިނަ ދުވަހެއްނުވެ އިބޫވަރުގެ މީހަކުނެތިގެން ތިޔައުޅެނީ އަނެއްކާ ކޮންފަދަ ޖަރީމާއެއް ހިންގަންބާ؟ ޖާބިރަކީ އެމްޑީޕީގެ އިބޫގެ ހަލާކު ތިޔަ ޕާޓީގެ ދުވަސް ދެން ތިޔަ ދިޔައީ ތިޔަކަހަލަ ދެއުޅި އެއްނުވާ މީހުން ގޮތްދައްކާފަ ސޮއިކުރަނީ އިޔައީ ނުބައި ޖަރާސީމެއް ޕާޓީގެ ދުވަސް ދިޔައީ

  5. Anonymous

    ތިޔައީ މާ އުފާކުރަންވީ ކަމެއްނޫން. ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓި ބަދުނާމް ވެފައިވާ މީހުން އެއްބައި ވުމަކީ ތިމާގެ ވެސް އަގުވެއްޓުން.
    ދީނުގައި ޙައްދު ކަނޑައެޅިފައިވާ އެއްޗެއް ބަނގުރަލަކީ. ކެސިނޯ އަކީ ޖުވާކުޅެ މަޖާކުރާތަން. އެއީ ވެސް މުސްލިމުންނަށް ހުއްދަ ކަމެއްނޫން. ކެސިނޯ އަޅަން ގޮވާލި މީހަކާ އެއްބައި ވުމަކީ ކޮންކަހަލަ ކަން ރައްޔިތުންނަށް ވަރަށް ސާފު

  6. ކޮތަރު

    އަދި މިހާތަނަށް އިބޫ އަށް ތަޖްރިބާ ކުރަން ނުޖެހޭ ކިތައްމެ މުސީބާތެއް މި ޖާބިރުގެ ފަރާތުން އިބޫއަށް ޖެހޭނެ. ދެން އުޅެންޖެހޭނީ މި ކަލޭގެ އާއި ހެދި ހަމަނޭވާ ނުލެވިގެން.