މި އަހަރު މިހާތަނަށް 35،225 ޕާސްޕޯޓް ހެއްދުމަށް އެދި ހުށަހެޅިއިރު، 31،434 ޕާސްޕޯޓް ދޫކޮށްފައިވާއިރު، ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ އަހަރަކުވެސް ސްކޫލް ކުރު ޗުއްޓީ ދުވަސްވަރާއި، ބޮޑު ޗުއްޓީގެ އިތުރުން، އީދު ބަންދު ދުވަސްވަރު ގާތްވުމުން، ޕާސްޕޯޓް ހައްދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ.

މިފަހަރުވެސްވީ އެހެންނެވެ. މެއި މަހާއި، ޖޫން މަހުގެ މިހާތަަނަށް ޕާސްޕޯޓް ހައްދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ.

އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 35،225 ޕާސްޕޯޓަށް އެދި ހުށަހެޅިއިރު، 31،434 ޕާސްޕޯޓް ދޫކޮށްފައި ވެއެވެ. މި އަހަރު މިހާތަނަށް އެންމެ ގިނައިން ޕާސްޕޯޓަށް އެދި ހުށަހަޅާފައި ވަނީ މެއި މަހުގައެވެ. އެެއީ 10،455 އެވެ. އޭގެ ތެރެއިން 8،055 ޕާސްޕޯޓް ދޫކޮށްފައި ވެއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ކިޔާއިރު އިތުރު ވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 7،002 ޕާސްޕޯޓް ހެއްދުމަށް ހުށަހެޅިއިރު، 4،750 ޕާސްޕޯޓް ދޫކޮށްފައި ވެއެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލު "ވަގުތު"އަށް ކުރިން ވިދާޅުވީގޮތުގައި، މީގެ ކުރިން އާންމުކޮށް ދޫކުރަމުން ދިޔައީ ދުވާލަކަށް 160-170 ޕާސްޕޯޓެވެ. ނަމަވެސް ބާރުބޮޑުވެ ފަހުން 280 އެއްހާ ޕާސްޕޯޓް ދޫކުރަމުންދާ ކަމަށާއި އަދި ދުވާލަކު 300 އަށްވުރެ ގިނަ މީހުން ޕާސްޕޯޓް ހައްދަން އެދޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަަ އަހަރު 61،955 ފަރާތަކުން ޕާސްޕޯޓް ހައްދަން ހުށަހެޅިއިރު، 56،326 ޕާސްޕޯޓް ދޫކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުޑަމިންވަރު

    އަލަށް ހައްދާ ޕާސްޕޯޓު ހަދައިދޭން ތަންކޮޅެއް ގިނަ ވަގުތު ބޭނުންވިޔަސް، މުއްދަތު ހަމަވެގެން އާކުރާ ޕާސްޕޯޓު، ހުރިހާ ކަމެއް ފުރިހަމަކޮށްފައި ހުށަހެޅުމުން، ލަސްވެގެން، ހުށަހަޅާ ދުވަސްނޫން އަނެއް ދުވަހު ހަވާލުކުރެވޭ ވަރު ކުރެވެން ޖެހޭނެ. ރައްޔިތުންގެ މާލިއްޔަތުން، ބޭނުންވާ ހުރިހާ ރިސޯސްއެއް އިމިގްރޭޝަނަށް ހަމަޖައްސައިދީފައި ހުންނަނީ ކަމަކު.

  2. ބަބުރު

    ޕާސްޕޯޓަށް ފެންބޮވާފަމިހުރީ މަގޭދަރިންނަށް ބޭސްފަރުވާކުރަން ރާއްޖެއިންބޭރަށްދާން މިރާއްޖެއިން އައިޖީއެމްއެޗުން ރަށްޔަތުންނަށް ދެނީ އަނިޔާ ވެރިކަމުގަހުރި ޗޯރުއަޅައެއްނުލާ އެތަނަކަށް މެޝިނަރީސްތަށްވަނީ ހަލާކުވެފަ ކާންޖެހެނީ ބަށްޔާނުގުޅޭބޭސް.