ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލިހުގެ އިތުރު މެމްބަރުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އެމްޑީޕީ އަށް ސޮއި ކުރެއްވުމަށް ސޯލްޓް ކެފޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އިތުރު މެމްބަރުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށާއި އަދި އެކަން ހާމަ ކުރައްވާނެ ކަމަށެވެ.

"އަދި އިތުރަށް އާންމު މެމްބަރުން ވެސް ގުޅިވަޑައިގަންނަވާނެ" ރައީސް ވިދާޅުވިއެވެ.

މި ވެރިކަން ފެށުނު އިރު އެމްޑީޕީގައި 65 މެމްބަރުންނާއެކު ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތެވެ.

ނަމަވަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ އެމްޑީޕީގެ މަޖިލިސް މެމްބަރުން އެ ޕާޓީން ވަކިވުމާއި އަދި ވަކި ކުރުމުން އެ ޕާޓީއަށް ސުޕަ މެޖޯރިޓީ ވަނީ ގެއްލިފައެވެ.

ނަމަވެސް އަދިވެސް މެޖޯރިޓީ އޮތީ އެމްޑީޕީގައެވެ.

އެމްޑީޕީއާ ޖާބިރު ގުޅިވަޑައިގެންނެވި އިރު މިނިވަން މެމްބަރުންގެ ގޮތުގައި މަޖިލީހަށް ހޮވި ވަޑައިގަތް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ވަނީ އެމްޑީޕީއަށް ސޮއި ކުރައްވައިފައެވެ.

އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އިސްދޫ ދާއިރާއަށް ހޮވި ވަޑައިގެންނެވި އަލީ ހަމީދު ވެސް މިދިޔަ އޭޕްރީލް މަހު ވަނީ އެމްޑީޕީއަށް ސޮއި ކުރައްވައިފައެވެ.

ހަމަ އެހެންމެ ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމްގެ ސްލޮޓުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ އެ ޕާޓީތަކުން ވަކިވެ އެމްޑީޕީއަށް ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަނާ

    މަސައްކަތެއް ނެތް ވަޒީފާދިނީމާ ގުޅިދާނެ! އެކަމަކު އެއީ ޙަޤީޤީ ގުޅުމެއްނޫން!

    18
  2. ހުސޭނުބޭ

    ތިވާނީ ރައްޔިތުންގެ މަޖިލީހު މެމްބަރުން (ފިރިހެން މެމްބަރުން) މާބަނޑުވީކަމަށް! ހަމަގައިމުވެސް ޕާޓީއަކާ ނުގުޅި ހުރި މެމްބަރެއް މިހާރު ނެތް!

    16
  3. ޜައްޔިތުމީހާ

    ދައުލަތައް ދައްކަންޖެހޭއެތައް މިލިއްންރުފިއާގެ ޓެކްސްނުދައްކާތިބި މެންބަރުން ސަރުކާރު ހިންގާޕާޓީއާގުޅުނީމަ ޓެކްސްދައްކަންނުޖެހުމަކީ ސަރުކާރުން ކޮރޮޕްސަނަނައް އާއެކޭބުނުން

    23
  4. މަންކީ

    އެހެންތަ ދައުލަތުގެ ހާދަލާރިއެކޭ ބައްކޮއްގެން ތިހުރީ ގަނެވިއްކަން ފައިވިދިލާފަ ޗޯރޭ

    20
  5. ޗޯރާ!

    ހަމަ އެބީދައިން ކުރިއަށް އޮތްތަނުގައި އެމްޑީޕީން ގިނަމެމްބަރުންތަކެއް ކެނޑިގެންވެސްދާނެ. އެކަމެއް ނޭގުނުދޯ؟

    20
  6. 123

    ނޮޓް އިންޓްރަސްޓެޑް

    11
  7. ޙަދިސައިބު

    އެމްޑީޕީގެ ލާދީނީ ގޮފި އެގޮތުގައި އެމްޑީޕީގައި އެބައޮތް ބައިބަލް ތަރުޖަމާކުރާ ބޯގަންވިލާޓީމުވެސް އެގޮތުގައި އެމްޑީޕީގައި ސީޕީ އަކީ ލާދީނީ ގޮފީގެ ބޮޑުމީހެއް ފުލުބުންގެ ޔުނީފޯމުގައި އެމްޑީޕީ އެކުޓިވިސްޓެއްގެ ގޮތުގައި ވީމާ ލާދީނީ މީހުން ތިޔަ ޕާޓީއާއި ގުޅޭނީ!

    15
  8. ކޮވިޑް

    ގުޅޭނީކީ ނޫން ޗޯރާ. ގަނެލަންޖެހޭނީ ނޫނީ ބިރުދައްކައިގެން ގަދަކަމުން ފޭރިގަންނަން މިނޫންގޮތެއްނެތް.

    16
  9. ވާނުވާ.

    ގޯއްޗާއި ފްލެޓް ލިސްޓުން ތިމާމެންގެ ނަންތައް އުނިކޮށްލާނެތީ ވަންނާނެ މީހުންވެސް ތިބޭނެ. ބިރުދައްކައިގެން ކަންކަން ކުރުވަން އަބަދު އުޅެނީ.

    14
  10. އަހުމަދު

    ޖާބިރުކަހަލަ ކަނޑު ކޮހުން ގުޅޭނެ.

    14