ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާ ސަރަހައްދުތައް ބަންދު ވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ކޮންމެ އީދެއްގައިވެސް ބޮޑު ޖަމާއަތުގައި ނަމާދު ކުރުން އޮވެއެވެ. އެ ސަރަހައްދުތަކަށް ގިނަބަޔަކު އެއްވެއެވެ.

އަޟްހާ އީދު ނަމާދު ކުރާ މިސްކިތްތަކުގެ ލިސްޓުގައިވާ ގޮތުން މާލެ ސަރަހައްދުގެ މިސްކިތް ހިމެނޭ ގޮތަށް 29 ތަނެއްގައި އީދު ނަމާދު ކުރާނެއެވެ. މިސްކިތްތަކުގެ ތެރޭގައި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތައް ވެސް ހިމެނެއެވެ.

އަދި މާލޭ މާފަންނު ސްޓޭޑިއަމާއި ހުޅުމާލޭ ސިންތެޓިކް ޓްރެކާއި ހުޅުމާލެ 2ގެ ކްރިކެޓް ސްޓޭޑިއަމް އަދި ވިލިމާލެ ބޯޅަދަނޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ އަޟްހާ އީދު ނަމާދަށް ބަންދު ކުރެވޭ ސަރަހައްދުތައް ހާމަކޮށްފައެވެ. އޭގެ ތެރޭގައި ސްޓޭޑިއަމް ސަރަހައްދު ބަންދު ކުރާނެ ގޮތާއި، އިސްލާމީ މަރުކަޒު ސަރަހައްދު ބަންދު ކުރާނެ ގޮތާއި، ކިންގް ސަލްމާން މިސްކިތް ސަރަހައްދު ބަންދު ކުރާނެ ގޮތް ހާމަކޮށްފައި ވެއެވެ.

އެ މިނިސްޓްރީން ވަނީ ޕާކް ކުރުން މަނާ ސަރަހައްދުތަކާއި، އީދު ނަމާދަށް އަންނަ ފަރާތްތަކުން ޕާރކު ކުރަން ހަމެޖެހިފައިވާ ސަރަހައްދުތަކާއި، 4 ފުރޮޅުލީ އުޅަނދުތަކަށް ބަންދު ކުރެވޭ ސަރަހައްދުތައް ހާމަކޮށްފައެވެ.

އަދި މާލޭ މާފަންނު ސްޓޭޑިއަމާއި ހުޅުމާލޭ ސިންތެޓިކް ޓްރެކާއި ހުޅުމާލެ 2ގެ ކްރިކެޓް ސްޓޭޑިއަމް އަދި ވިލިމާލެ ބޯޅަދަނޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވެއެވެ.