މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި އެކަނިވެރި ބެލެނިވެރިންނާއި އާމްދަނީ މަދުން ލިބޭ އާއިލާތަކަށް އިނާޔަތެއް ދޭން ފަށާނެ ކަމަށް އެމްއެންޕީން ބުނެފިއެވެ.
އެމްއެންޕީން ބުނާގޮތުން އެކަނިވެރި ބެލެނިވެރިންނަށް ދޭ އިނާޔަތް 4،000އަށް ބޮޑުކުރާނެ ވަނީ ނިންމާފައެވެ. އަދި ވަކި މިންވަރަކަށް އާމްދަނީ ނުލިބޭ އެންމެހާ އާއިލާތަކަށް މާލީ އިނާޔަތެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.
މީގެއިތުރުން ނާޒިމްގެ ސަރުކާރެއްގައި ފުރަތަމަ 30 ދުވަހުގެ ތެރޭގައި މަސްވެރި އުޅަނދުތަކަށް އިންޓްރެސްޓް ފްރީ ލޯނުގެ ދަށުން އާރުއެސްޑަބްލިއު ސިސްޓަމާއި ރާޑާ ސިސްޓަމް ދޫކުރަން ފަށާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ނާޒިމްގެ "އުޖާލާ ޒަމާން" މެނިފެސްޓޯގައި އެންމެ މުހިންމު ކަމަކަަށް އިސްކަންދީފައިވާ އެއް ކަމަކީ ބާއްޖަވެރި އާއިލާއެވެ. އަދި އޭގެ ދަށުން ބޯހިޔާވަހި ކަމަށް ވަކިން އިސްކަންދީފައި ވެއެވެ.
އެގޮތުން ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރެއްގައި ސްޓްރެޗާ ލިފްޓެއް ހަރުކޮށް އިމަޖެންސީ ޖަނަރޭޓަރ ސިސްޓަމެއް ބަހައްޓައި ހިޔާ ފްލެޓްތަކުގެ ކުލި 4000 ރުފިޔާއަށް ކުޑަކުރަން މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ. ނާޒިމް ވިދާޅުވީ އެކަންކަން ވެރިކަމުގެ 30 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން ހިޔާވަހިކަމަށް ކުރިމަތިލުމުގައި އޮންނަ ތަފާތުކުރުންތައް ނައްތާލާ، ޝަރުޠުހަމަވުމުގެ މިންގަނޑަށް ބަދަލު ގެނެސް، ދަރިން ނެތް މީހުންނާއި، ކައިވެނި ނުކުރާ ފަރާތްތަކަށްވެސް ކުރިމަތިލެވޭ ގޮތަށް ވެސް ހަމަޖައްސަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން އަހަރަކަށް ހަތަރު ލައްކަ ރުފިޔާއަށް ވުރެ ކުޑަ އާމްދަނީ ލިބޭ އާއިލާތަކަށް (ގޭބިސީއަކަށް) ބޯހިޔާވަހިކަމުގެ ޑައުންޕޭމަންޓް ދެއްކުމުގައި އެހީތެރިކަން ފޯރުކޮށް ދީ ކުލި ދެއްކުމުގެ ގާބިލުކަން ނެތް ފަރާތްތަކަށް ރެންޓް-ސަޕޯޓް ވެސް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެންޕީން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިރު، އެ ޕާޓީގެ ރިޔާސީ ޓިކެޓު ނާޒިމަށް ވަނީ އަރުވައިފައެވެ. ނާޒިމަށް ރިޔާސީ ޓިކެޓް އެރުވީ ޒުވާނަކާއި، އިސްރައްވެސަކާއި، ހާއްސައެހީއަށް ބޭނުންވާ މީހަކާއި، އަންހެނަކާއި، ބެލެނިވެރިއެއްގެ އިތުރުން އާއްމު ފަރުދެއްގެ އިހްސާސްތައް ވެސް ގެނެސްދިނުމަށް ފަހުއެވެ.
ނާޒިމްގެ ކެމްޕޭން ލޯންޗްކޮށް ކެމްޕޭންގެ ސްލޯގަން އަކީ "އުޖާލާ ޒަމާން"މިއެވެ.
މިއީ ވޯޓުގެ ބޭނުމުގަ ނިކަމެތި ރައްޔިތުން މޮޔަހައްދާ، އިތުރަށް ނިކަމެތިކުރަން ޖަހާ މަޅި. މިގޮތައް އިނާޔަތް ދޭއިރަށް ފިހާރަތަކުން އަގުތައް އުފުލާލާނެ. ދާއިމީ ހައްލަކީ އިގްތިސޯދު ރަނގަޅުކުރުން. އެގާބިލުކަން ނާޒިމަކު ނެތް
ނާޒިމަކީ ފައްކާ ބުރާންޗެއް. އިންތިޚާބެއް އޮތަތީ ދެންހަމަ ތެޅިބާލަނީ. ގައުމުގެ ކުރިމަގާމެދު އެއްވެސް ތަސައްވަރެއް ޕުލޭނެއްނެތް. ނާޒިމަކީ މިހުދުމުޚުތާރު ގޮނޑިކޮއްކޮ ސަރުކާރުގެނައުމަށް ކެންޕޭނުކޮށްދިން ޚާއިނެއް. އަހަރެން ވޯޓެއް ނުދޭނަން.
ނުކުލެދޭ މީހުންގެ އެލަވަންސު ބޮޑުކުރާތި
ހިޔާވަހިކަމަށް ކުރިމަތިލުމުގައި އޮންނަ ތަފާތުކުރުންތައް ނައްތާލާ، ޝަރުޠުހަމަވުމުގެ މިންގަނޑަށް ބަދަލު ގެނެސް، ދަރިން ނެތް މީހުންނާއި، ކައިވެނި ނުކުރާ ފަރާތްތަކަށްވެސް ކުރިމަތިލެވޭ ގޮތަށް ވެސް ހަމަޖައްސަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ނޫނިއްޔާ މިގައުމުގައި ވެރިކަމަށް އަންނަން އުޅޭ މީހަކު ހަމަޖެހޭ އިންސާފުވެރި ވާހަކައެއް ނުދައްކާ. މިހާތަނަށް ކޮންމެ މީހަކުވެސް ދައްކާފައި ހުރީ ބަންޑާރަ ކަފަ އަމިއްލަ ބާލީހަށް ލެއްވޭނެހައި ގޮތްގޮތުގެ ވާހަކަ.
ތީ އަދި ކުޑަމިންވަރެއް. ތިޔަށް ވުރެ މާ ބޮޑެތި މައްސަލަތައް މިގައުމުގައި އެބަހުރި ހައްލުކުރަންޖެހޭ. އެކަންކަން ހައްލު ކުރުމަށް ރަނގަޅު ޕުލޭނަކާއެކު ވަކާލާތުކުރާ އެންމެ ސިޔާސީ މީހަކު އަދި ފެނުނީ. ދެން ތިބީ ކޮންމެ ގޮތަކުން ވިޔަސް ވޯޓު ހޯދަން މަރުފަލިޖަހާ ސިޔާސީންތަކެއް. އެހެންޏާ ހިލޭ އެއްޗެހި ބަހައިގެން ނުވަތަ ދައުލަތުގެ ތިޖޫރީން ބަޔަކަށް ފައިސާތަކެއް ދީގެން.
މި 30 ދުވަސް ގުނާނީ ހަފްތާ ބަންދާ އާދީއްތަ ހޯމަ އަންގާރަ ބުދަ ބުރާސްފަތި ނުލައި.
ދިވެހި އެއްވެސް ރައްޔިތަކު މަސައްކަތެއްނުކޮށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ވަރުގެ އެލަވަންސެއްދޭން ނިންމަންވީ ނޫންތޯ،
އޭރުން ދެން އެއައްވުރެ އިތުރަށް ތަނަވަސް ކަމުގައި އުޅެންބޭނުންވާ މީހަކު މަސައްކަތް ކުރާނީ،
މިގޮތް މާ ރަނގަޅުނޫންތޯ.
ވައުދުވެވިދާނެ އަނގަ އޮތިއްޔާ، ވައުދު ފުއްދޭނެބާ
މީނައަށް ކޮން އެލަވަންސް އެއްތަ ބޮޑު ކުރެވޭނީ 30 ދުވަހު. އެއުޅެނީ ގެންގުޅޭ މުވައްޒަފުން އަށް މުސާރަ ނުދެވިގެން. ތަންތަނަ އަރާ ފޮނި އަގަޅާނީ ކަމެއްނުވާނެ.
ޢިނާޔަތްތައް ބޮޑު ކޮށްފައި ޓެކްސް 10 އިންސައްތައަށް ބޮޑުކުރަން ނަހަދާތި. ކޮންމެ ވެރިޔަކުވެސް މިހަދާ ގޮތަކީ ވެންމަސް ވެނަށް ކާންދެނީ.
ނާޒިމް ވަރެއް ނެތޭ.... ފުރިހަމަ ތާއީދު
މަސައްކަތް ކުރާ މީހުންގެ މުސާރައަށް ބަދަލެއް ގެންނާނެ ކަމެއް ނެތް ޓީޗަރުންނާ ނަރުހުން ފިޔަވާ! ދެންތިބީ ދިވެހި ރައްޔިތުންނެއް ނޫން!
ނާޒިމްގެ ތަފާތު ބަލާލުން ރަގަޅު އަބަދު އެއްބައެއްގެ ފަހަތުން ދުވުމުގެ ބަދަލުގައި ނާޒިމްގެ ވެރިކަމެއް ދިވެހެިން ބަލާލުނ ކިހިނެތްވާނެތޯ
ބޮޑުކުރަންވީ ޢިނާޔަތްހެއްެޔެވެ. ސަރުކާރުގައި އެތައް އަހަރެއް ހޭދަކޮށް ރިޓަޔަރވާން ގާތްވެފައިވާ އިދާރީ މުވައްޒަފުން މުޅި އުމުރު އެކުރި މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް އެއްވެސް ސަރުކާރަކުން ނުދިނެވެ. ބައެއް ދާއިރާތަކުން 20000، 34000 ޑިގުރީ މީހަކަށް ދޭއިރު އިދާރީ ސިވިލްސާވަންޓުންނަށް ދެނީ އެންމެ 7000ރ އެވެ. އެއީ މިޒަމާނުގަ ކޯއްޗެއް ހެއްެޔެވެ. ބުރަކޮށް މަސައްކަތްކުރާ މަސައްކަތު މީހުންނަށް އެދެނީ ކޯއްޗެއް ހެއްެޔެވެ. ބައެއް ދާއިރާތަކުން ޑިގުރީ ހެދުމުން 20000ރ އެވެ. އެކަމަކު އެޗްއާރުން ޑިގުރީ ހަދައި އޮފީހުގެ އިދާރީ މަސައްކަތްކުރާ މުވައްޒަފަށް މުސާރައަށް 7000 ރ ކިރިޔާ ހަމަވުމުން ،މިއީ އިންސާފެއްނޫނެވެ. އޭގެއިން ކަރަންޓުބިލާއި ނެޓާއި ފަނަށް ދައްކާއިރަށް އޮިންނަނީ ހުސްވެފައެވެ. މުސްކުޅިންނަށް 7000ރ ދޭ ވާހަކަ ަދއްކާއިރު 55 އަހަރާއި 65 އަހަރާއި ދެމެދުގައި ކަމެއްނުކުރެވޮ ބަލިވެ ބިކަވެފައިވާ މީހުންނަށް އިތުރު އެއްޗެއް ދިނިއްޔާ މާރަނގަޅުވާނެެވެ.
އެޗިހި ބާހާ ވާހަކަ ނުދައްކާ ދައުލަތުގެ ބަޖެޓް އިތުރު ވާނެ ގޮތެއްކިޔާބަލަ.